ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރަން ބަޔަކާ ހަވާލުކޮށްފި

Loading

Facebook
Twitter
WhatsApp

 

ބ.ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީ ހޯގާޑް ޕްރައިވެޓް ލިމިޓެޑާއި މިއަދު ހަވާލުކޮށްފިއެވެ.

ކުޑަރިކިލު ގޮޑުދޮށް ހިމާޔަތްކުރަން ހައުސިން މިނިސްޓްރީން އެމްޓީ ހޯގާޑް ޕްރައިވެޓާއި ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާގޮތަށެވެ.

މިއެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓްރީ ޒީނިޔާ އަހްމަދެވެ. ހޯގާޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީނިއަރ ޕްރޮޖެކްޓް މެނޭޖަރ ޖޯގަން ފެލްބޯގް ސްކަރަފްއެވެ.

14.7  މިލިއަން ރުފިޔާގެ މި މަޝްރޫގެ ދަށުން ކުޑަރިކިލު އިރުމަތީ ފަރާތުން 100 މީޓަރގެ 3 ތިން ބްރޭކް ވޯޓަރއަކާއި 150 މީޓަރު 1 ބްރޭކް ވޯޓަރއާއެކު ޖުމްލަ 450 މީޓަރުގެ ބްރޭކް ވޯޓާއެއްލުމަށް ވަނީ ނިންމާފައެވެ.

އަދި މީގެ އިތުރުން އެ ރަށުގެ އިރުމަތީ ފަރާތާއި ދެކުނު ފަރާތުން ގޮނޑުދޮށަށް ފަސްއަޅައި ބީޗް ޕްރޮފައިލް ކުރުމުގެ މަސައްކަތްވެސް މިމަޝްރޫއުގެ ދަށުން ކުރެވިގެންދާނެއެވެ.

600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ކުޑަރިކިލުގެ ބިމުގެ ބޮޑުމިނަކީ 16.3 ހެކްޓަރެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް