ގަދަކަމުން ގެންގޮސް ރޭޕްގެ ޝިކާރައަކަށްވި ކަމަށްބުނާ އަންހެންމީހާ ފުލުހަކަށް ހަށި ވިއްކައި ފޭރުނުކަމުގެ ތުހުމަތު

މާލޭ މަގުމަތިން ދަނިކޮށް ގަދަކަމުން ގެއަކަށް ވައްދާ ރޭޕްގެ ޝިކާރައަކަށްވި ކަމަށް ބުނާ އަންހެން މީހާ ފުލުހަކަށް ހަށިވިއްކައި ފޭރުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ. މި އަންހެން މީހާ ހައްޔަރުކުރީ ދެ ފިރިހެނަކާ ބައިވެރިވެގެން އެހެން ފިރިހެނެއްގެ އަތުން ފޭރުނު ކަމަށް ތުހުމަތުކުރާ މައްސަލައެއްގަ އެވެ. މި މައްސަލައިގައި އަންހެންމީހާ ފުލުސް މީހާއާއާ އެކީ މއެކަހެރިކޮށް އޮއްވާ އަންހެން މީހާގެ ލޯބިވެރިޔާ ކަމަށް ބުނާ ފިރިހެނަކާއި އަދި އެހެން […]
ޔާމިން ބަންދުގައި ހުރި މުއްދަތުގެ އިނާޔަތަށް 6.6 މިލިއަން ހޯއްދަވަން އެދިވަޑައިގެންފި

ކުރީގެ ރައީސް އަބްދުއްލާ ޔާމިން އަބްދުލް ގައްޔޫމް ބަންދުގައި ހުންނެވި ދުވަސްތަކުގައި މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން ވީއްލުމާއި ގުޅިގެން ބަންދުގައި ހުންނެވި ދުވަސްތަކުގެ އިނާޔަތުގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ހޯއްދަވަން ފިނޭންސް މިނިސްޓްރީގައި އެމަނިކުފާނު އެދިވަޑައިގެންފިއެވެ. އެމަނިކުފާނުގެ މައްޗަށް އިއްވި ޙުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާތީ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން އެދިފައިވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި މުއްދަތަށް ލިބެންޖެހޭ އެންމެހާ ޢިނާޔަތްތައް ލިބިގަތުމަށެވެ. އެގޮތުން ގާތްގަނޑަކަށް 6.6 މިލިއަން ރުފިޔާ […]
ގުރުއާނުގެ އިލްމާއި ބެހޭ ކޯސްތައް ހިންގަން ބަޔަކާއެކު ސޮއިކޮށްފި

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް މެދުވެރިކޮށް ގުރުއާނުގެ އިލްމާބެހޭ ކޯސްތަކެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ގުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޟީލަތުއްޝައިޚު އިލްޔާސް ޖަމާލެވެ. އިލްމު އިންސްޓިޓިއުޓްގެ ފަރާތުން މި އެއްބަސްވުމުގައު ސޮއިކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަލީ އަހުސަނެވެ. މި އެއްބަސްވުމުގެ ދަށުން ގިރާތު ދާއިރާގެ ސެޓްފިކެޓް ލެވަލްތަކުގެ ކޯސްތަކާއި ގިރާއަތު ދާއިރާއިން […]
ކުޅުދުއްފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. އެމްއެންޑީއެފްއިން ބުނީ ކުޅުދުއްފުށީ ސިޓީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރަށުގައި ހުންނަ ”މެސްކޮޓް ގަރާޖް“ ގައި ކަމަށާ އަލިފާނުގެ ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ލިބިފައިވަނީ ރޭ 02:48 ހާއިރުކަމަށެވެ. މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަގުތުން ހަރަކާތްތެރިވާން ފެށިކަމަށާއި، މިގޮތުން ކުރި މަސައްކަތުން ރޭ 03:45 ހާއިރު ވަނީ އަލިފާން ނިއްވާލާފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފްން […]
ހުއްދަ ނެތި ގެއަކަށް ވަތް މީހަކަށް ތިން މަސް ދުވަހުގެ ޖަލުހުކުމެއް

ހުއްދަ ނެތި ގެއަކަށް ވަން މީހަކު ތިން މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ. ހުއްދަ ނެތި ގެއަކަށް ވަނުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ހއ. ދިއްދޫ، މާފޮޅޭގެ، އަލީ އިމްރާނަށެވެ. އޭނާގެ މަށްޗަށް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އޭނާގެ މަށްޗަށް ދައުލަތުން އުފުލާފައިވަނީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ. އޭނާ ވަނީ ހއ. ދިއްދޫ، ދޮންފަތްބަގީޗާގެއަށް […]
މިސްކިތަށް ކުޑަކަމު ދިޔަ މީހާ އަށް އެއްމަހާއި 19 ދުވަހުގެ ޖަލު ހުކުމެއް

އިސްލާމީ މަރުކަޒުގެ ނަމާދުކުރާ ސަރަހައްދަށާއި ހުކުރު މިސްކިތް އަދި ރައީސް އޮފީސް ކުރި މަށްޗަށް ކުޑަކަމު ދިޔަ މީހާގެ މައްޗަށް އެއްމަހާއި 19 ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފި އެވެ. މިމައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ މ. ޝޭޑޯހީމް ހަސަން ޒިޔާދެވެ. އޭނާގެ މަށްޗަށް ހުކުމް ކުރީ މިދިޔަ އޮކްޓޯބަރު ތިންވަނަ ދުވަހުގެ އެކި ވަގުތުތަކުގައި އިސްލާމީ މަރުކަޒާއި ހުކުރު މިސްކިތާއި ރައީސް އޮފީހުގެ ދޮރުމައްޗާއި އަދި ޖުމްހޫރީ މައިދާނަށް ކުޑަކަމުދިޔަ މައްސަލާގައި ދައުލަތުން އުފުލި ދައުވާއާއި ގުޅިގެންގެންނެވެ. […]
ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުއައްޒަފުން ވަކިކުރަން ނޯޓިސްދީފި

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 ސިވިލް ސާވިސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން އެ މީހުންނަށް ނޯޓިސް ދީފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މި ހިޔާގައި މަސައްކަތް ކުރާ މުއައްޒަފުން ވަކިކުރަން އެމީހުންނަށް ނޯޓިސް ދީފައިވަނީ މިއަދުއެވެ. ޖެންޑާއިން ބުނި ގޮތުގައި އެ މުވައްޒަފުން ވަކިކުރަނީ ވިލިމާލޭ ކުޑަ ކުދިންގެ ހިޔާގައި ތިބި ގިނަ ކުދިންތަކެއް ފަހުން ޖެންޑާ މިނިސްޓްރީން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ […]
ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންވެއްޖެ

މ. މުލީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ ގެއަށް ގެއްލުންތަކެއް ވެއްޖެއެވެ. ރަށު ކައުންސިލުން ބުނީ މި އަލިފާނުގެ ހާދިސާ ހިންގާފައިވަނީ އެރަށު މާފަހިގޭ ރޭ ހަތެއްޖެހިއިރުގައި ކަމަށެވެ. ކައުންސިލުން ބުނީ އަލިފާނުގެ ހާދިސާ ހިނގީ އެގޭގެ ވަކިން ހަދާފައިހުރި މަސްކައްކާ ބަދިގެއެއްގައި މަސްކައްކަމުން ދިޔަ ވަގުތެއްގައި ކަމަށާ ނަމަވެސް އަލިފާން ރޯވިއިރު އެބަދިގޭގައި މީހަކު ނޫޅޭކަމަށެވެ. މިހާދިސާގައި އެ ބަދިގެއާ އިންވެގެން ހުރި ކޮޓަރީގެ ފާރުގެ އިތުރުން ގޭގައި ބަހައްޓާފައިހުރި ދެ ފެންތާނގީވެސް […]
ޕޯސްޓު މެދުވެރިކޮށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ ތުހުމަތުގައި ފުލުހުން މީހަކު ހައްޔަރުކޮށްފި އެވެ. މިމައްސަލައާއި ގުޅިގެން މިއަދު ހައްޔަރުކުރީ ލ. ގަން، މުކުރިމަގު، އަލިވާގެ، އަލީ ޝިފާއު (33 އ) އެވެ. ޝިފާއު ހައްޔަރުކޮށްފައިވަނީ އޭނާގެ ނަމުގައި ރާއްޖެ އައި ޕާރުސަލެއްގައި މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ހުރުމާއި ގުޅިގެންނެވެ. ފުލުހުން ބުނީ އެ ޕާރުސަލުގައި ހުރި ތަކެއްޗަކީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވި އެ ތަކެތީގެ ޓެސްޓް ހެދުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެޓަން ފެޓަމިން އަށް […]
މޯލްޑިވިއަނުން ބަންގުލަދޭޝް އާއި ރާއްޖެއަށް ކުރާ ދަތުރުގެ އަގު ހެޔޮކޮށްފި

މޯލްޑިވިއަނުން ބަންގުލަދޭޝްގެ ޑާކާ އާއި މާލެ އާ ދެމެދު ކުރާ ދަތުރުގެ އަގު ހެޔޮކޮށްފި އެވެ. މޯލްޑިވިއަނުން ބުނީ މޯލްޑިވިއަނުން މާލެ އާއި ޑާކާ ދޭތެރޭގައި ދަތުރުކުރާ ފަރާތްތަކަށް މިހާރު ލަގެޖް އެލަވެންސްވެސް 40 ކިލޯއަށް އިތުރު ކޮށްފައިވާނެ ކަމަށެވެ. އަދި އެއްކޮޅަށް 225 ޑޮލަރަށް ޓިކެޓް ވިއްކަން ހަމަޖައްސާފައިވާ އިރު ދެކޮޅު ޓިކެޓުގެ ވިއްކާ އަގަކީ 406 ޑޮލަރުކަމަށް ވެސް އެ އެއާލައިނުން ބުނެއެވެ. ޤައުމީ އެއާލައިން މޯލްޑިވިއަންއިން ބަންގަލަދޭޝްގެ ޑާކާ އާއި […]