ކުޅުދުއްފުށީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

Loading

Facebook
Twitter
WhatsApp

 

 

ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި  ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ކުޅުދުއްފުށީ ސިޓީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެރަށުގައި ހުންނަ ”މެސްކޮޓް ގަރާޖް“ ގައި ކަމަށާ އަލިފާނުގެ ހާދިސާގެ  ރިޕޯޓް އެމްއެންޑީއެފް ލިބިފައިވަނީ ރޭ 02:48 ހާއިރުކަމަށެވެ.

މި ހާދިސާގެ ރިޕޯޓް ލިބުމާއެކު ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަގުތުން ހަރަކާތްތެރިވާން ފެށިކަމަށާއި، މިގޮތުން ކުރި މަސައްކަތުން ރޭ 03:45 ހާއިރު ވަނީ އަލިފާން ނިއްވާލާފައިކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފްން ބުނީ  އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދުން އަލިފާން ކޮންޓްރޯލް ކުރިފަހުން އެސަރަހައްދުން ދުން އަރާތީ މިއަދު ހެނދުނު 06:30 ހާއިރު އެ ސަރަހައްދަށް ގޮސް އެތަނަށް ފެން ޖަހާ ދުންގަނޑު ކޮންޓްރޯލް ކޮށްފައިވާކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވިނަމަވެސް އަލިފާން ރޯވި ގަރާޖަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ލިބިފައެވެ.

މިހާދިސާގައި އެ ގަރާޖްގައި ވެހިކަލް ދޮންނަން ބޭނުންކުރާ ބައި ބޭނުން ނުކުރެވޭވަރަށް އަނދާހުލިވެފައިވާއިރު، ސްޕެއާޕާޓްސް ބަހައްޓާފައި ހުންނަ ބަޔަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް