ގުރުއާނުގެ އިލްމާއި ބެހޭ ކޯސްތައް ހިންގަން ބަޔަކާއެކު ސޮއިކޮށްފި

Loading

Facebook
Twitter
WhatsApp

 

ކީރިތި ގުރުއާނާބެހޭ ގައުމީ މަރުކަޒުން އިލްމް އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް މެދުވެރިކޮށް ގުރުއާނުގެ އިލްމާބެހޭ ކޯސްތަކެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ގުރުއާނާބެހޭ މަރުކަޒުގެ ފަރާތުން ސޮއިކުރެއްވީ އެމަރުކަޒު ހިންގުމާ ޙަވާލުވެ ހުންނެވި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޟީލަތުއްޝައިޚު އިލްޔާސް ޖަމާލެވެ.

އިލްމު އިންސްޓިޓިއުޓްގެ ފަރާތުން މި އެއްބަސްވުމުގައު ސޮއިކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް އަލީ އަހުސަނެވެ.
މި އެއްބަސްވުމުގެ ދަށުން ގިރާތު ދާއިރާގެ ސެޓްފިކެޓް ލެވަލްތަކުގެ ކޯސްތަކާއި ގިރާއަތު ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކޯސްތައް ހިންގުމަށް ވަނީ ނިންމާފައިވާއިރު އަންނަ ޖެނުއަރީ މަހު ކޯސްތައް ފެށުމަށް ވަނީ ނިންމާފައެވެ.

 

އިލްމު އިންސްޓިޓިއުޓްން ބުނީ އަމާޒަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ގުރުއާނުގެ އިލްމު ފެތުރުންކަމަށެވެ.

އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސުން ވަނީ ރާއްޖޭގައި 100 ހާފިޒުން ބިނާކުރާނެކަމަށް ވެސް އިއުލާންކޮށްފައެވެ.

 

 500 އަށްވުރެ ގިނަ ދަރިވަރުންނާއެކު އަންނަ ހަފްތާގައި ހާފިޒުން ބިނާކުރުމުގެ ކޯސްތައް ފެށުމަށް ވެސް އެ އިންސްޓިޓިއުޓުން ވަނީ ނިންމާފައެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް