ޔާމިން ބަންދުގައި ހުރި މުއްދަތުގެ އިނާޔަތަށް 6.6 މިލިއަން ހޯއްދަވަން އެދިވަޑައިގެންފި

Loading

Facebook
Twitter
WhatsApp

 

 

ކުރީގެ ރައީސް  އަބްދުއްލާ ޔާމިން އަބްދުލް ގައްޔޫމް ބަންދުގައި ހުންނެވި ދުވަސްތަކުގައި މައްޗަށް އިއްވާފައިވާ ޖަލު ހުކުމުން ވީއްލުމާއި ގުޅިގެން ބަންދުގައި ހުންނެވި ދުވަސްތަކުގެ އިނާޔަތުގެ ގޮތުގައި 6.6 މިލިއަން ރުފިޔާ ހޯއްދަވަން ފިނޭންސް މިނިސްޓްރީގައި އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނުގެ މައްޗަށް އިއްވި ޙުކުމް ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާތީ އެމަނިކުފާނުގެ ވަކީލުންގެ ފަރާތުން އެދިފައިވަނީ އެމަނިކުފާނު ބަންދުގައި ހުންނެވި މުއްދަތަށް ލިބެންޖެހޭ އެންމެހާ ޢިނާޔަތްތައް ލިބިގަތުމަށެވެ. އެގޮތުން ގާތްގަނޑަކަށް 6.6 މިލިއަން ރުފިޔާ ހޯއްދެވުމަށް ވަކީލުންގެ ފަރާތުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީއަށް ހުށައަޅުއްވާފައެވެ.

ރައީސް ޔާމީން މައްޗަށް ކުރިމިނަލް ކޯޓުން ފަސް އަހަރުގެ ޖަލު ހުކުމެއް 2019 އިއްވާފައި ބަންދުގައި ހުންނެވުމަށްފަހު އެމަނިކުފާނުގެ މައްޗަށް ކުރިމިނަލް ކޯޓުން އިއްވި ޖަލު ހުކުމް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހަފްތާގެ އަންގަރަ ދުވަހު އެ ހުކުމް ބާތިލް ކޮށްފައެވެ.

ރައީސް ޔާމީނަށް ދައުލަތުގެ ބަޖެޓުން ދެމުން އައި އިނާޔަތްތައް ކަނޑައިލީ ނޮވެމްބަރު 28، 2019 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމާ ގުޅިގެންނެވެ.

ރައީސުލް ޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ރައްކާތެރިކަމާ އިނާޔަތްތަކާ ބެހޭ ގާނޫނުގައި ވާގޮތުގައި ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދޭން ޖެހެއެވެ. އަދި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު 50،000ރ. ދޭންޖެހޭއިރު އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގާނަމަ އެ އޮފީހުގެ ހަރަދުތަކަށް މަހަކު ދައުލަތުގެ ބަޖެޓުން 175،000ރ. ދޭން ޖެހެ އެވެ. މީގެ އިތުރުން ވެސް ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ދޭން ޖެހެއެވެ.

ރަައީސް ޔާމިން ބަންދުގައި ހުންނެވި އިރުގެ އިނާޔަތަށް އެދިފައިވާއިރު، އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތުން އިނާޔަތްދިނުމަށް ބަޖެޓް ކޮށްފައިވަނީ ތިން ރައީސުންނަށެވެ. އެއީ ރައީސް ނަޝީދާއި ރައީސް މައުމޫނާއި ރައީސް ޑރ. މުހައްމަދު ވަހީދަށެވެ. މި ތިން ރައީސުންނަށް ބަޖެޓުގައި ހިމަނާފައި ވަނީ ޖުމްލަ 11.7 މިލިއަން ރުފިޔާއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް