ކުޑަކުދިންގެ ހިޔާގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުއައްޒަފުން ވަކިކުރަން ނޯޓިސްދީފި

Loading

Facebook
Twitter
WhatsApp

 

 

ވިލިމާލޭގައި ހުންނަ  ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 ސިވިލް ސާވިސް މުވައްޒަފަކު ވަޒީފާއިން ވަކި ކުރަން އެ މީހުންނަށް ނޯޓިސް ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ މި ހިޔާގައި މަސައްކަތް ކުރާ މުއައްޒަފުން ވަކިކުރަން އެމީހުންނަށް ނޯޓިސް ދީފައިވަނީ މިއަދުއެވެ.

ޖެންޑާއިން ބުނި ގޮތުގައި އެ މުވައްޒަފުން ވަކިކުރަނީ ވިލިމާލޭ ކުޑަ ކުދިންގެ ހިޔާގައި ތިބި ގިނަ ކުދިންތަކެއް ފަހުން ޖެންޑާ މިނިސްޓްރީން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމާއި ގުޅިގެން ވިލިމާލެ ކުޑަކުދިންގެ ހިޔާ ބެލެހެއްޓުމަށް ބޭނުންކުރާ މުވައްޒަފުން މަދުކުރުމަށެވެ.

މިނިސްޓްރީން ބުނީ ކުޑަކުދިންގެ ހިޔާ މީގެ ކުރިން ހުސްކުރުމަށްފަހު އެތަނުގައި މަސައްކަތް ކުރި 71 މުވައްޒަފުންނަށް ނޯޓިސް ދިން ކަމަށެވެ. އަދި އެމީހުންނަށް ޖެންޑާގައި ހުރި ފުރުސަތުތައް ބުނެދިނުމަށްފަހު ބައެއް މުވައްޒަފުންނަށް އެ މިނިސްޓްރީގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައިވެސް ދިން ކަމަށެވެ. ނަމަވެސް މި ފަހަރު ވަކިކުރަން ނޯޓިސް ދިން 21 މުވައްޒަފުންނަށް ނޯޓިސް ދީފައިވަނީ ސިވިލް ސާވިސް ކޮމިޝަނުން ނިންމި ނިންމުމަކަކާއެކުކަމަށް ވެއެވެ.

ކުޑަކުދިންގެ ހިޔާގައި ވަޒީފާއަދާކުރަމުން އައި ގިނަ އަދަދެއްގެ މުއައްޒަފުން ކަނޑައިލުމަށް ނޯޓިސް ދީފައި މި ވަނީ އެތަނުގައި ބަލަހައްޓަމުން ދިޔަ ކުދިންތައް ރަށު ތެރެއަށް ދޫވުމާއި އެކުދިންނާމެދު އިހުމާލުވުމުގެ ގިނަ ހާދިސާތަކެއް ހިނގައިފައި ވަނިކޮށެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް