ހުއްދަ ނެތި ގެއަކަށް ވަތް މީހަކަށް ތިން މަސް ދުވަހުގެ ޖަލުހުކުމެއް

Loading

Facebook
Twitter
WhatsApp

 

 

ހުއްދަ ނެތި ގެއަކަށް ވަން މީހަކު ތިން މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ހުއްދަ ނެތި ގެއަކަށް ވަނުމާއި ގުޅިގެން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ހއ. ދިއްދޫ، މާފޮޅޭގެ، އަލީ އިމްރާނަށެވެ. އޭނާގެ މަށްޗަށް ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.

އޭނާގެ މަށްޗަށް ދައުލަތުން އުފުލާފައިވަނީ އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށުގެ ދައުވާ އެވެ.
އޭނާ ވަނީ ހއ. ދިއްދޫ، ދޮންފަތްބަގީޗާގެއަށް ޖެނުއަރީ 21، 2018 ގައި ހުއްދަ ނެތި ވަދެފައި ކަމަށް ވެސް ދައުލަތުން ބުނެއެވެ.

އަލީ އިމްރާން ދައުވާ އަށް އިއުތިރާފްވުމުގެ ސަބަބުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ އަދަބު ލުއި ކުރުމަށްފަހު އެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބު އިއްވެވި ހުކުމްގައި ވަނީ ތިން މަހާއި 18 ދުވަހަށް އަލީ އިމްރާން ޖަލަށްލުމަށެވެ.

ހުއްދަ ނޫން ތަނަކަށް ވަންނަ މީހަކަށް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ އަދަބަކީ ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް