ޖިންސީ ގޯނާގެ މައްސަލައިގައި އާމިންދިޔެ ބަންދުކުރީ ރަނގަޅަށް: ސްޕްރީމް ކޯޓް

އައްޑޫ ސިޓީގައި އުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި އުމުރުން 59 އަހަރުގެ  އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމި ނިންމުމަށް ސުޕްރީމް ކޯޓުން ތާއީދު ކޮށްފިއެވެ. ހައިކޯޓުން ވަނީ އާމިންދިޔެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު އަމުރަށް ތާއީދުކޮށްފައެވެ. ހައިކޯޓުން ނިންމާފައިވަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ. އެއާ […]

ފޯޖް ޑޮކިއުމެންޓްސް ހުށަހަޅި ކުންފުނި ތަކެއް ބްލެކް ލިސްޓް ކޮށްފި

ފޯޖް ޑޮކިއުމެންޓްސް ހުށަހެޅި ކަމަށް ތުހުމަތުކޮށް ކުންފުނި ތަކެއް ބްލެކް ލިސްޓް ކޮށްފި އެވެ. ފިނޭންސް މިނިސްޓްރީން ބުނީ އެ މިނިސްޓްރީން ލިބިދޭ ބާރުގެ ދަށުން 4 ކުންފުންޏެއް ބްލެކް ލިސްޓް ކޮށްފައިވާ ކަމަށެވެ. ފިނޭންސް މިނިސްޓްރީން ބުނީ އޭގެތެރެއިން ތިން ކުންފުންޏެއް ބްލެކް ލިސްޓް ކޮށްފައިވަނި ފޯޖް ޑޮކިއުމަންޓް ހުށައަޅާފައިވާތީ ކަމަށެވެ. އެ ކުންފުންނި ތަކަކީ އެސްބްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި، އެސްޓޮނިޝް ކްލީނިން ކޮމްޕެނީ އަދި ކޭއެސްއޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ކަމަށެވެ.   […]

ރައީސް ނަޝީދު މެދުވެރިވެ, ރާޖަޕަކްސަގެ އާއިލާއަށް ރާއްޖެއިން ވިލާ އެއް ވިއްކަން ނިންމާފައިވާކަމަށް ބުނާ ވާހަކަ ދޮގުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މެދުވެރިވެ ވަޑައިގެން އަވައްޓެރި ސްރީ ލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އާއިލާއަށް ރިސޯޓަކުން ވިލާއެއް ވިއްކަން ނިންމާފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކޮށްފި އެވެ. ރާޖަޕަކްސަގެ އާއިލާއަށް ރިސޯޓަކުން ވިލާއެއް ވިއްކަން ނިންމާފައިވާ ކަމަށް ބުނެ  ”ދަ މޯލްޑިވްސް ޖާނަލް“ ވަނީ ރިޕޯޓްކޮށްފައެވެ.   އެ ރިޕޯޓްގައި ބުނާ ގޮތުން ރާޖަޕަކްސަގެ އާއިލާ ރައްކާތެރި ސަރަހައްދެއްގައި ތިބުމަށް ބޭނުންވާހިދު އެފަދަ މަގެއް ތަނަވަސް ކުރުމަށް ރައީސް ނަޝީދު […]

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާ އެކީ މަސައްކަތްކުރުމުގެ ޝައުގުވެރިކަން ޑަބްލިއުއެޗްއޯގެ މަންދޫބު ފާޅުކުރައްވައިފި

ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރާ މަސައްކަތްތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުއާ އެކީގައި މަސައްކަތް ކުރުމުގެ ޝައުގުވެރިިކަން ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ ( ޑަބްލިއުއެޗްއޯ) އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑޮކްޓަރ ނާޒްނީން އަންވަރު ފާޅުކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނީ ޑަބްލިއުއެޗްއޯގެ މަންދޫބު ރައީސުލް ޖުމުހޫރިއްޔާގެ އަނބިކަމަބަލުންނާ އެކީ މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވީ އެކަމަނާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުން ކަމަށެވެ. މި ބައްދަލުކުރެއްވުން […]

ވަޒީރުންނާ ސުވާލުކުރުމަށް ދޭ ވަގުތު އިތުރުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާ ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު އިތުރު ސުވާލު ކުރުމަށްލިބޭ ފުރުސަތުގައި ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފިއެވެ. މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ވަޒީރުންނާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބެނީ 20 މިނިޓްގެ ވަގުތެކެވެ. އޭގެ ތެރެއިން ސުވާލު ކުރައްވާ މެމްބަރަށް ވަޒީރާއި ދެ ސުވާލެއް ކުރުމުގެ ފުސަތު ލިބެއެވެ. އެހެން މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބެނީ އެއަށްފަހުއެވެ. މަޖިލީހުގެ ތަޅުމުގައި […]

ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

ކަސްޓަމުގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ. ކަސްޓަމުން ހާމަކުރިގޮތުގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބަނގުރާ އެކުލެވޭ ބިޔަރާއި، ޓޮނިކް އެވެ. އެގޮތުން 50 ބަނގުރާފުޅިއާއި، ބަނގުއާވި އެކުލެވޭ 13471 ބިޔަރު ފުޅިއާއި، ބަނގުއާވި އެކުލެވޭ 137 ބިޔަރު ދަޅާއި، 7،424 ޓޮނިކް ފުޅި ހިމެނޭކަމަށް ވެސް ކަސްޓަމްއިން މައުލޫމާތު ދެއެވެ. މިތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި މީޑިއާގެ ހާޒިރުގައެވެ. މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 […]

ދެކުނުގެ ހަތަރު އަތޮޅުގެ ތެރެއިން ރަށެއްގައި މަސްފެކްޓްރީއެއް ހެދުމަށް ޕްލޭން ކޮށްފައިވޭ: ފިޝަރީޒް މިނިސްޓަރު

ދެކުނުގެ ހަތަރު އަތޮޅުގެ ތެރެއިން ރަށެއްގައި މަސް ފެކްޓަރީއެއް ހެދުމަށް ޕްލޭން ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ. ކޫއްޑޫގައި މަސް ބަހައްޓާ މިންވަރު އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރުން ލަސްވުމާއި ގުޅިގެން މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ […]

ހުޅުމާލެ ކޯޓުގެ މެޖިސްޓްރޭޓް ސިޔާމާ އަށް ފިޔަވަޅު އަޅައިފި

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ސުލޫކީ ފިޔަވަޅު އަޅައިފިއެވެ. ޖޭއެސްސީން ސިޔާމާ އަށް ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ބަންދުގައި ހުރި ފަރާތެއް ބަންދުން ދޫކޮށްލުމަށް ކުރި އަމުރަކާ ގުޅިގެންނެވެ. ޖޭއެސްސީން ބުނި ގޮތުގައި ބަންދުގައި ހުރި މީހަކު ދޫކޮށްލުމަށް ސިޔާމާ އަމުރު ނެރުއްވީ އެފަރާތުގެ ”ކުށުގެ ރެކޯޑު ފިޔަވާ އިތުރު ހެއްކެއް ހުށަހަޅާފައި ނުވާތީ“ ކަމަށް ކަނޑައެޅުމަށްފަހު ކަމަށެވެ. ނަމަވެސް […]

ޖިގްގެ މެންބަރަކަށްވެ، ގަން އެއާޕޯޓް އިތުރު ހަރުފަތަކަށް

އެއާޕޯޓްތަކުން ވިއްކާ ތެލުގެ ފެންވަރު ގިންތިކުރާ ބައިނަލް އަގްވާމީ ޖަމިއްޔާ އެއް ކަމަށްވާ ފިއުލް ޖޮއިންޓް އިންސްޕެކްޝަން ގްރޫޕް ( ޖިގް)ގެ މެންބަރަކަށް އައްޑޫ ސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓު ވެ، އިތުރު ކުރިއެރުމެއް ހޯދައިފި އެވެ. މި އީ ޖިގް މެމްބަރުކަން ލިބުނު ރާއްޖޭގެ ފުރަތަމަ އެއާޕޯޓެވެ. ގަން އެއަރޕޯޓުން ބުނީ އޭވިއޭޝަން ފިއުލް ދާއިރާގައި ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ މެންބަރަކަށްވުމާއެކު ”ޖިގް-12“ ގިންތިއަށް ފެތޭވަރަށް އެއާޕޯޓުގެ ފެންވަރު މިހާރު މަތިކޮށްފައިވާކަމަށެވެ. ޖޮއިންޓް އިންސްޕެކްޝަން ގްރޫޕުގެ […]

ތުއްތު ދަރިފުޅު މަރާލިކަން އެކުއްޖާގެ މަންމަގެ މަށްޗަށް ސާބިތު ވެއްޖެ

 ށ. ފުނަދޫ، ދިނަށަ، އުމުރުން ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒު ގަޔަށް ވަޅިން ހަމަލާދީ މަރާލިކަން އެކުއްޖާގެ މަންމަ އާމިނަތު ޝާހިދާގެ މައްޗަށް ސާބިތުވެއްޖެއެވެ. ވަޅިން ހަމަލާދީ ޝައިހާ މަރާލާފައި ވަނީ 2016 ވަނައަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ށ. ނޫމަރާ ރީޑަސްވިލާ ގޭގެތެރޭގައެވެ. ޝައިހާގެ ކަރުގެ ތިން ތަނަކަށާއި ވާތު ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށާއި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ދީފައިވާ ޒަޚަމްތަކާއެކު ޖުމްލަ 10 ތަނަކަށް ޒަހަމްތަކެއް ލިބިފައިވާ […]