ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

Loading

Facebook
Twitter
WhatsApp

ކަސްޓަމުގެ ބެލުމުގެ ދަށުގައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.

ކަސްޓަމުން ހާމަކުރިގޮތުގައި ނައްތާލި ތަކެތީގެ ތެރޭގައި ހިމެނެނީ ބަނގުރަލާއި ބަނގުރާ އެކުލެވޭ ބިޔަރާއި، ޓޮނިކް އެވެ. އެގޮތުން 50 ބަނގުރާފުޅިއާއި، ބަނގުއާވި އެކުލެވޭ 13471 ބިޔަރު ފުޅިއާއި، ބަނގުއާވި އެކުލެވޭ 137 ބިޔަރު ދަޅާއި، 7،424 ޓޮނިކް ފުޅި ހިމެނޭކަމަށް ވެސް ކަސްޓަމްއިން މައުލޫމާތު ދެއެވެ.

މިތަކެތި ނައްތާލާފައިވަނީ ކ. ތިލަފުށީ ކުނި ނައްތާލާ ސަރަހައްދުގައި މީޑިއާގެ ހާޒިރުގައެވެ.

މި ތަކެއްޗަކީ ކަސްޓަމްސްގެ އާންމު ޤަވާއިދުގެ 269 ވަނަ މާއްދާގެ ދަށުން ބޮންޑެޑް ވެއަރހައުސްގައި ހުންނަ މުދާ ހަލާކުވުމުން ނުވަތަ މުއްދަތު ހަމަވުމުން ނުވަތަ މިނޫންވެސް ސަބަބަކާހުރެ ނައްތާލުމުގައި ކަސްޓަމްސްއިން އަމަލުކުރާ އުސޫލުގެ ދަށުން ނައްތާލެވުނު ތަކެތިކަމަށް ވެސް ކަސްޓަމް އިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް