ވަޒީރުންނާ ސުވާލުކުރުމަށް ދޭ ވަގުތު އިތުރުކޮށްފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާ ކުރާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު އިތުރު ސުވާލު ކުރުމަށްލިބޭ ފުރުސަތުގައި ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީން ފާސްކޮށްފިއެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާގޮތުން ވަޒީރުންނާ ސުވާލު ކުރުމަށް މެމްބަރުންނަށް ލިބެނީ 20 މިނިޓްގެ ވަގުތެކެވެ. އޭގެ ތެރެއިން ސުވާލު ކުރައްވާ މެމްބަރަށް ވަޒީރާއި ދެ ސުވާލެއް ކުރުމުގެ ފުސަތު ލިބެއެވެ. އެހެން މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ލިބެނީ އެއަށްފަހުއެވެ.

މަޖިލީހުގެ ތަޅުމުގައި ވަޒީރުންނާ އިތުރު ސުވާލު ކުރުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށްބުނެ މެންބަރުން ޝަކުވާ ކުރަށްވާތީ ކަމަށް ވިދާޅުވެ، މިކަމަށް ހައްލެއް ހޯދުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އާންމު ކޮމިޓީގައި އެދިވަޑައިގެންފަ އެވެ.

އެކަމާގުޅިގެން މިއަދު ކުރިއަށްދިޔަ އާއްމު ކޮމިޓީގެ ބައްދަލުވުމުގައި މަޖިލީހުގެ ގަވައިދަށް އިސްލާހު ގެންނަން ނިންމަވައި ވަޒީރުންނާ ސުވާލު ކުރުމަށް މިހާރު ކަނޑައަޅާފައިވާ ވުގުތަށް އިތުރު 10 މިނިޓް އިތުރު ކުރުމަށް ފާސްކުރެއްވިއެވެ.  އެގޮތުން މެމްބަރުން ނިންމީ ވަޒީރުގެ އިއުތިރާޒެއް ނެތް ނަމަ އިތުރު ސުވާލުކުރުން 30 މިނިޓަށް ބަދަލު ކުރުމަށެވެ.

އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ހުށަހަޅުއްވައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ތާއީދުކުރެއްވި އިސްލާހު ފާސްވެފައިވަނީ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް