ކޮވިޑް19: އިތުރު 128 މީހަކު ފައްސިވެއްޖެ!

މިއަދު ކޯވިޑް19 އަށް ފައްސިވެފައިވަނީ 128 މީހުންނެވެ. މިއަދު ފެނުނު ކޭސްތަކުގެ ތެރެއިން 69 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 14 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 45 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. މިއަދުގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 82,950 އަށް އަރައިފައެވެ. އޭގެ ތެރޭގައި 1,936 އެކްޓިވް ކޭސް ހިމެނޭއިރު 19 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ހުޅުމާލޭ ޖަލުގައި ހުރި ގައިދީއަކު ކުއްލިގޮތަކަށް ނިޔާވެއްޖެ!

ހުޅުމާލެ ޖަލުގައި 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ތަންފީޒު ކުރަމުންދިޔަ މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. ކަރެކްޝަނަލް ސާވިސް އިން ވިދާޅުވީ މިރޭ ނިޔާވީ ގދ. ވާދޫ/ ޖަނަވަރީގެ މުޙައްމަދު އަސްލަމް ކަމަށެވެ. އެއީ އުމުރުން 40 އަހަރުގެ މީހެކެވެ. އަސްލަމަކީ މަސްތުވާތަކެތީގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޛުކުރަމުންދިޔަ ފަރާތެއް ކަމަށާއި ނިޔާވިއިރު އޭނާއަކީ ބޮޑު ބައްޔަކަށް ބޭސްފަރުވާ ކުރަމުންދިޔަ ފަރާތެއް ނޫންކަމަށް ވެސް ކަރެކްޝަންސްއިން ވަނީ ފާހަގަ ކޮށްފައެވެ. އޭނާ މިރޭ ގާތްގަނޑަކަށް 18:00 […]
ސްޓްރާޑާ އަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދެނީ!

ނިއުޕޯޓު ވިއުގެ މައި ކުންފުނި ކަމަށްވާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އެދޭނެ ކަމަށް ބުނެ، އެ ކުންފުނީގެ ފަރާތުން މާލެސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފިއެވެ. ސްޓްރާޑާއިން މާލެ ސިޓީ ކައުންސިލާ ދެކޮޅަށް ދައުވާ ކުރަން ނިންމައިފައި ވަނީ އެ ކުންފުނިން ލޮނު ޒިޔާރަތްކޮޅުގައި ތަރައްޤީކޮށްފައިވާ ބްރިޖު ވިއުއިންގް ޕްލެޓްފޯމާއި އިންވެގެން ހަދައިފައިވާ ގުދަނެއްގެ ތެރޭގައި ހުރި މުދާތައް މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ޤަވާއިދާ ހިލާފަށް ގެންގޮސްފައިވާ […]
ކޮވިޑް19: އިތުރު 138 މީހަކު ފައްސިވެއްޖެ!

އިއްޔެ ކޯވިޑް19 އަށް ފައްސިވެފައިވަނީ 138 މީހުންނެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 72 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 15 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 51 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 82,822 އަށް އަރައިފައެވެ. އޭގެ ތެރޭގައި 2,037 އެކްޓިވް ކޭސް ހިމެނޭއިރު 17 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
ޔުނައިޓެޑަށް އެނބުރި އައުމަށްފަހު ފުރަތަމަ މެޗުގަ ރޯނާލްޑޯގެ ދެ ގޯލް!

ޖުމްލަ 12 އަހަރަށްފަހު އެނބުރި މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެ ކުޅުނު ފުރަތަމަ މެޗުގައި ދެ ލަނޑު ޖަހާ ޔުނައިޓެޑް އަށް ފަސޭހަ މޮޅެއް ހޯދައިދީފިއެވެ. ޔުނައިޓަޑްގެ ދަނޑުގައި މިރޭ ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު ޕްރިމިއާ ލީގުގެ މެޗު ޔުނައިޓެޑް ކާމިޔާބުކޮށްފައިވަނީ 4-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން ޔުނައިޓެޑް ވަނީ ތާވަލް ގެ އެއްވަނަ އަށް އަރާފައެވެ. މި މެޗްެގެ ފުރަތަމަ ގޯލް ރޮނާލްޑޯ […]
ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން ފަށައިފި!

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތް ކޮށްފައިވާ ”ހިޔާ“ ފްލެޓްތައް ކުއްޔަށް ދޫކުރަން ފަަށައިފިއެވެ. ހިޔާ ފްލެޓްތައް ކުއްޔަށް ދޫކުރަން އިސްތިހާރު ކުރަމުން ދަނީ ފްލެޓްތަކުގެ ފިނިޝިން އާއި އަދި އެހެނިހެން ބައެއް ކަންކަން ފުރިހަމަ ވެސް ނުވަނީހެވެ. ފްލެޓްތައް ކުއްޔަށް ދޫކުރަން އިސްތިހާރު ކުރަމުން ދަނީ ފޭސްބުކް ޕޭޖުތަކާއި ވައިބާ ގުރޫޕްތަކުގަ އެވެ. ހިޔާ ފްލެޓް ކުއްޔަށް ދޭން އިސްތިހާރު ކޮށްފައި ވަނީ 10،000 ރުފިޔާ އަށެވެ. ހިޔާ ފްލެޓްތަކުގެ ފިނިިޝިންގެ ހަރަދާއެކު […]
ދަރިވަރުންނަށް ހާއްސަކޮށް މާލެ-ހުޅުމާލެ ސުކޫލު ބަސް ތައާރަފް ކުރަނީ!

ހުޅުމާލޭގައި ދިރިއުޅޭ ދަރިވަރުން މާލޭގެ ސްކޫލު ތަކަށް ދިއުމުގެ އިންތިޒާމު ހަމަޖައްސައި ދޭން ސްކޫލް ބަސް ތައާރަފު ކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ. ސްކޫލް ބަސް ޕްރޮގްރާމް ހިންގަން ނިންމާފައި ވަނީ ހިޔާ ފްލެޓްތަކަަށް ބަދަލުވާ އައިލާތަކުގެ ދަރިވަރުންނަށް ހާއްސަކޮށްގެންނެވެ. އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ހުޅުމާލޭގައި ހުޅުމާލޭ ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓަށް ބަދަލުވާ ދަރިވަރުންނަށް ހާއްސަކޮށްގެން މާލޭ ސުކޫލުތަކަށް ދިޔުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާކަމަށާއި ސުކޫލު ބަސް ތައާރަފް ކުރުމުގެ […]
2015 އިން ފެށިގެން ފޮތްތަކުގައި މައްސަލަ ހުރި: އެޑިޔުކޭޝަން މިނިސްޓަރު

ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެވިފައި އޮތް އޮތުމަކީ 2015 ވަނަ އަހަރުން ފެށިގެން އޮތް ކުށެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ޤުރުއާން އަދި އިސްލާމް ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް މައްސަލައެއް މިދިޔަ ހަފްތާ ވަނީ ފެންމަތިވެފަ އެވެ. އެއާއެކު އިއްޔަ ވަނީ އަނެއްކާ އިތުރު ގުރޭޑް ތަކެއްގެ ފޮތް ތަކަކުންވެސް މި ކުށް ފެނިފައެވެ. މިކަމާ […]
ކޮވިޑް19: އިތުރު 169 މީހަކު ފައްސިވެއްޖެ!

އިއްޔެ ކޯވިޑް19 އަށް ފައްސިވެފައިވަނީ 169 މީހުންނެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 96 މީހަކު ފައްސިވެފައިވަނީ މީހުން ދިރިއުޅޭ ރަށަކުންނެވެ.އަދި ރިސޯޓްތަކުން 20 މީހަކު ވަނީ ފައްސިވެފައެވެ. އަނެއް 53 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 81,979 އަށް އަރައިފައެވެ. އޭގެ ތެރޭގައި 2,057 އެކްޓިވް ކޭސް ހިމެނޭއިރު 23 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ . މިހާތަނަށް ރާއްޖެ އިން […]
އިސްލާމް ފޮތްތަކުގައި ކުށް ހުރީ ކޮމިޓީން ބަލަންވާ ވަރަށް ނުބެލީމަ: އިސްލާމިކް މިނިސްޓަރު

ރާއްޖޭގެ ސުކޫލުތަކުގައި ދަރިވަރުން ކިޔަވުމަށް ބޭނުންކުރަމުން އަންނަ އިސްލާމާއި ޤުރުއާން ފޮތްތަކުގެ ގިނަ ސޫރަތްތަކެއް ނުބައިކޮށް ލިޔެވިފައިވަނީ އިސްލާމިކް މިނިސްޓްރީ ތެރޭގައި އޮންނަ ފޮތް ފާސް ކުރާ ކޮމިޓީން އެންމެ އެކަށީގެންވާ ވަރަށް ބެލިފައިނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ވިދާޅުވެއްޖެއެވެ. މިފަހަކަށް އައިސް ދަރިވަރުންނަށް ކިޔަވައިދޭން ބޭނުން ކުރާ އިސްލާމް ފޮތްތަކުގައި ގިނަ އާޔަތް ތަކެއް ނުބައިކޮށް ހުރި މައްސަލަތަކެއް ވަނީ މީސްމީޑިޔާގައި އާންމު ވާން ފަށާފައެވެ. ޢެންމެ ފުރަތަމަ […]