ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަނި

ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މާކެޓިންގެ ދެ ކެމްޕެއިނެއް ފަށައިފިއެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އިން ވިދާޅުވީ މޯލްޑިވްސް އޮންލައިން ރޯޑް ޝޯގެ ނަމުގައި ކުރިއަށްގެންދާ މާކެޓިން ކެމްޕެއިނެއްގެ އިތުރުން ވީޗެޓު މެދުވެރިކޮށް ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ. އޮންލައިން ރޯޑް ޝޯ ކުރިއަށް ގެންދަނީ ތިން ބަޔަކަށް ކަމަށާއި އެގޮތުން އެ ހަރަކާތުގައި ވެބިނާއަކާއި، އޮންލައިން އެގްޒިބިޝަނަކާއި ވަން އޮން ވަން ބައްދަލުވުންތައް ކުރިއަށް ގެންދާނެ […]
އައި.ޔޫ.އެމް ގެ ”އިޤްރަ“ ބުކްފެއަރ މިފަހަރު ވަރޗުއަލްކޮށް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ގެ ބުކްފެއަރ ”އިޤްރަ“ ވަރޗުއަލްކޮށް ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. ވަރޗުއަލްކޮށް މިބުކްފެއަރ ބާއްވަނީ އެކަމަށް ޙާއްސަ ވެބްސައިޓެއް މެދުވެރި ކޮށެވެ. އެކަމަށް ޙާއްސަކޮށް ތައްޔާރުކުރި މި ވެބްސައިޓް މިހާރުވަނީ އިފްތިތާޙް ކޮށްފައެވެ. މިވެބްސައިޓް އިފްތިތާޙް ކޮށްދެއްވައިފައިވަނީ އައި.ޔޫ.އެމްގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މި ވެބްސައިޓް އިފްތިތާޙްކޮށްދެއްވީ އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. ވަރޗުއަލްކޮށް ބޭއްވުމަށް ހަމަޖެހިފައިވާ މި ބުކްފެއަރ […]
ހޯމް މިނިސްޓަރ ޢިމްރާންގެ އިތުބާރުނެތް ކަމުގެ މައްސަލަ މާދަމައަށް އެޖެންޑާ ކޮށްފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ. މާދަމާ ބާއްވާ ޖަލްސާގެ އެޖެންޑާގައި އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހިމަނާފައިވީ ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްއިން މިއަދު ބޭއްވި ބައްދަލުވުމުގައި ފާސްކޮށްފައިވަނީ އިމްރާންގެ އިތުބާރު އޮތް ކަމަށެވެ. އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެއްދީ އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީއިންނެވެ. އެ ގަރާރުގައި 11 މެންބަރަކު ސޮއިކުރައްވާފައިވެއެވެ. އެއީ އިދިކޮޅު ކޯލިޝަންގެ […]
ކޮންމެ އިންސާނަކަށްވެސް ކޮވިޑް ވެކްސިން ފޯރުކޮށްދިނުމަށް ސަޢުދީ ރަސްގެފާނު ގޮވާލައްވައިފި

ދުނިޔޭގެ އެންމެންނަށްވެސް ކޮވިޑް-19 ވެކްސިން ހަމަހަމަކަމާ އެކު ލިބޭނެކަން ޔަގީން ކުރަން ޖީ20 ގައުމުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށް ސަޢުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ވިދާޅުވެއްޖެ އެވެ. ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ 20 ގައުމު ހިމެނޭ ސަމިޓު މި އަހަރު ބާއްވަނީ ވަރޗުއަލްކޮށެވެ.އަދި އެ ސަމިޓު ފައްޓަވައިދެއްވަމުން ސަލްމާން ރަސްގެފާނު ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ޖީ20ގެ ލީޑަރުންނަށް ސަޢުދީއަށް ވަޑައިނުގެންނެވޭތީ ހިތާމަ ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. […]
ގޭހާއި ތެޔޮ ހޯދަން ކުރާ މަސައްކަތް ތުރުކީއިން އިތުރުކޮށްފި

މެޑިޓަރޭނިއަން ކަނޑުގައި ގޭހާއި ތެޔޮ ހުރިތޯ ބަލަން ސާވޭކުރާ މުއްދަތު ތުރުކީން އިތުރުކޮށްފި އެވެ. ގްރީސް ކައިރިން ތެލާއި ގޭސް ހޯދުމަށް ތުރުކީން މީގެ ކުރިން މަސައްކަތް ކުރުމުން އެމައްސަލަ ހޫނުވިއެވެ. އެ މައްސަލައިގައި ސާވޭކުރުމަށް ބޭނުންކުރާ އުޅަނދު އޮރުޖް ރެއިސް އަލުން އަނބުރާ ތުރުކީގެ ސަރަހައްދަށް ގެނައެވެ. ނަމަވެސް ފަހުން ތުރުކީން އަލުން ވަނީ އެ އުޅަނދު އަނެއްކާވެސް އެ ސަރަހައްދަސް ފޮނުވައިފަ އެވެ. އަދި އެ އުޅަނދު މިމަހުގެ 29 އާ ހަމައަށް އެ […]
ކުރީގެ ރައީސް ޔާމީންގެ ޖަލު ހުކުމަށް އަހަރެއް ވުމާއި އެކު އިދިކޮޅުން މުޒާހަރާއަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލިތާ އަހަރެއް ވުމާ ދިމާކޮށް އެ މަނިކުފާނު މިނިވަންކުރަން ގޮވާލައި މުޅި ރާއްޖޭގައި މުޒާހަރާކުރަން ނިންމައިފި އެވެ. އިދިކޮޅު ކޯލިޝަނުން ބޭއްވި ނިއުސް ކޮންފަރެންސްގައި، ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް އަމަލުނުކުރާ ނަމަ އެ ކޯލިޝަނުން ވެސް އެ އުސޫލުތަކަށް ތަބާނުވާނެ ކަމަށެވެ. ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ މިންގަނޑުތަކަށް ނުބަލައި […]
ރާއްޖެ-އީޔޫ ޕޮލިސީ ޑައިލޮގް ބައްދަލުވުން ހޯމަ ދުވަހު ބާއްވަނީ

ރާއްޖެ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ގުޅިގެން އަހަރަކު އެއްފަހަރު ބާއްވާ ޕޮލިސީ ޑައިލޮގް ބައްދަލުވުމުން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ. ވަރޗުއަލްކޮށް ކުރިއަށް ގެންދާ މި ބައްދަލުވުމުގައި މައިގަނޑުކޮށް މަޝްވަރާކުރާނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސާދަށް ލިބުނު ގެއްލުމުން އަރައިގަންނަން ރާއްޖެއިން މެދުނުކެނޑި ކުރަމުން އަންނަ މަސަައްކަތާ ގުޅިގެން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން އެކި ދާއިރާތައް ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް މި ބައްދަލުވުމުގައި މަޝްވަރާކުރާނެ އެވެ. އޭގެ ތެރޭގައި […]
މިނިސްޓަރ މަލީހުގެ އިތުބާރުނެތް ކަމަށް ހުށައަޅަނީ

ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލްގެ އިތުބާރު ނެތް ކަމުގެ ވޯޓު ކުރިއަށް ގެންދަން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މިއަދު ނިންމައިފި އެވެ. މިގޮތަށް ނިންމީ އެމްޑީޕީން ބޭއްވި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގަ އެވެ. މަލީހް މަގާމުން ދުރުކުރުމުގެ މައްސަލައިގައި ނިންމީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ހުށަހަޅައިގެން ކުރިއަށް ގެންދާށެވެ. ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި މަލީހަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ ޕީޖީ އަށް ހުށަހެޅީ، […]
މާޗު 6ގައި ކައުންސިލް އިންތިޚާބު ބާއްވަނީ

ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން 2021ވަނަ އަހަރަށް ލަސްކުރި ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބު 2021ވަނަ އަހަރުގެ މާޗުމަހުގެ 6ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ. ރާއްޖެޓީވީގެ ރޭގެ ”ފަލަ ސުރުހީ“ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިޚާބު ބާއްވާނެ ތާރީޚް ކަނޑައެޅުން ހާއްސަ ޤާނޫނުން ލާޒިމްކުރަނީ، ކޮވިޑާއި ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު […]
އިންޑިއާގައި އަނެއްކާވެސް ކުޑަ ކުއްޖަކު ރޭޕްކޮށް މަރާލައިފި

އިންޑިއާގައި އަނެއްކާވެސް ކުޑަ އަންހެން ކުއްޖަކު ރޭޕް ކޮށްލުމަށްފަހު އެކުއްޖާ މަރާލާފައި ޖަންގަލީގެ ތެރެއަށް އެއްލާލާފައި އޮއްވާ ފެނިއްޖެއެވެ. މިފަހަރު ރޭޕްކޮށް މަރާލައިފައި އޮއްވައި ފެނުނީ އުމުރުން ފަސްއަހަރުގެ ތުއްތު ކުއްޖެކެވެ. އިންޑިއާގެ އޮފިޝަލުންނާއި ހަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އިންޑިއާގެ އޮޑިއްސާ ސްޓޭޓްގައި އަންހެން ކުއްޖަކު ގެއްލިގެން އާއިލާ އިން އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށީ ބުރާސްފަތި ދުވަހު ފެށިކަމަށެވެ. އަދި އެކުއްޖާ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނީ ހުކުރު ދުވަހު ކަމަށެވެ. އަންހެން […]