ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރަނި

Loading

Facebook
Twitter
WhatsApp

ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މާކެޓިންގެ ދެ ކެމްޕެއިނެއް ފަށައިފިއެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން އިން ވިދާޅުވީ މޯލްޑިވްސް އޮންލައިން ރޯޑް ޝޯގެ ނަމުގައި ކުރިއަށްގެންދާ މާކެޓިން ކެމްޕެއިނެއްގެ އިތުރުން ވީޗެޓު މެދުވެރިކޮށް ޗައިނާގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކެމްޕެއިނެއް ފަށާފައިވާ ކަމަށެވެ.

އޮންލައިން ރޯޑް ޝޯ ކުރިއަށް ގެންދަނީ ތިން ބަޔަކަށް ކަމަށާއި އެގޮތުން އެ ހަރަކާތުގައި ވެބިނާއަކާއި، އޮންލައިން އެގްޒިބިޝަނަކާއި ވަން އޮން ވަން ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ވިދާޅުވިއެވެ.

މިވެބިނާގައި ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްގެ ގޮތުގައި ޓޫރިސްޓުންނަށާއި ޓުއަރ އޮޕަރޭޓަރުންނަށް އިސްތިހާރު ކުރާނެ ކަމަށާއި ރޯޑް ޝޯގެ ތެރެއިން ކުރިއަށް ގެންދާ އޮންލައިން އެގްޒިބިޝަން، އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރުސީ އިން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީ އިން ވަނީ ވީޗެޓުގައި ޗައިނާ ޓްރެވަލް ޓްރޭޑް އިންފޮމޭޝަން ޕޯޓަލް އެއް ލޯންޗުކޮށްފައެވެ. ޗައިނާގެ 1.2 ބިލިއަން މީހުން ބޭނުންކުރާ މި ޕްލެޓްފޯމުގައި ލޯންޗު ކުރި ޕޯޓަލް އިން ރާއްޖޭގެ ފަތުރވެރިކަމާ ގުޅޭ ފަހުގެ ހަބަރުތައް ހިއްސާކޮށް ރާއްޖެ އަށް ދަތުރުކުރުމާ ގުޅޭ މައުލޫމާތު ހިއްސާ ކުރާނެއެވެ.

ޗައިނަ އަކީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގައި އެންމެ މުހިއްމު އެއް މަންޒިލެވެ. މިދިޔަ 2019 ވަނަ އަހަރު ޗައިނާ އިން 284,029 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް