މާލެ އިން ގިނަ އަދަދެއްގެ ކޮޓަރި ކުއްޔަށް ހިފަން އަރަބިއްޔާ ސްކޫލުން  އިއުލާންކޮށްފި

  އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އިން ގިނަ އަދަދެއްގެ ކޮޓަރި ކުއްޔަށް ހިފަން އިއުލާންކޮށްފިއެވެ. އެސްކޫލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލަށް ގެންނަ އަޒްހަރު މުދައްރިސުންނަށް މާލެއިން 20 ކޮޓަރި 10 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ އަދި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ 8:00 އިން 12:00 އަށް އެ ސްކޫލުގެ ރިސެޕްޝަނަށް ނަންނޯޓް ކުރެއްވުމަށް […]

އިސްދޫ ކައުސިލުން ރައްޔިތުންނަށް ލޯން ދެނީ

  ލ. އިސްދޫ ރައްޔިތުންނަށް ރަށުކައުންސިލުން ލުއި ލޯން ދޫކުރުމަށް ނިންމައިފިއެވެ. އިސްދޫ ކައުސިލުން ބުނީ މި ލޯން ޕްރޮގްރާމަކީ ރައްޔިތުންގެ  ދިރިއުޅުމުގެ ފެންވަރު މިހާރަށްވުރެ މަތިކުރުމަށާއި ކުއްލިއަކަށް ކުރަންޖެހޭ މުހިންމު ކަންކަން ފަސޭހަކަމާއިއެކު ފުރިހަމަކުރުމަށް މަގުފަހިކޮށްދީ އަބުރުވެރި ހަރުދަނާ އަދި ފުދުންތެރި މުޖުތަމައު އެއް ބިނާކުރުމުގެ މަގްސަދުގައި ދޫކުރުމަށް ނިންމާފައިވާ ލޯން އެހީއެއް ކަމަށެވެ. މި ލުއި ލޯނު ދޫކުރަން ނިންމާފައިވަނީ މަހެއްގެ މަށްޗަށް ލިބޭ އާމްދަނީ އަށް ބަލާފައި ކަމަށް ވެސް ކައުންސިލުން ބުނެއެވެ. […]

ބީއެމްއެލް އިން ސެން ކްލާސްތަކަށް އެހީތެރިވެދީފި

    ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ރާއްޖޭގެ ބައެއް ސުކޫލުތަކުގައި ހިންގާ ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ. ބީއެމްއެލް އިން ބުނީ މިއީ ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާ އެގޮތުން ހާއްސަ އިސްކަމެއްދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް މި ހަދިޔާކުރި އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެންމީހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެކުދިންގެ […]

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ދެ މީހަކު ހޯދަނީ

    ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ދެ މީހަކު ހޯދުމަށް އެ މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވަނީ ކ. މާލެ/ ހ. ސޯސަންމީޑް، ޢަބްދުއްލާ ހަސަން ( 65އ) އަދި ކ. މާލެ/ މ. ވިލާތުކުންނާރުގެ، ހަސަން ރަފްހާން (35އ) އެވެ. ފުލުހުން ބުނީ އެ ދެ މީހުން ހޯދަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް […]

އައްޑޫސިޓީ މިސްކިތަކަށް ބޮޑުކަމުދިޔަކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި

    އައްޑޫސިޓީ މިސްކިތަކަށް ބޮޑުކަމުދިޔަ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރުކޮށްފައިވަނީ 47 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ފުލުހުންގެ ބަންދުން ދޫކޮށްލީ އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށް ޑޮކްޓަރަށް ދެއްކުމުން، އޭނާ ޖަލުގައި ބަހައްޓިފިނަމަ އިތުރަށް ހާލަތު ގޯސްވާނެ ކަމަށް ޑޮކްޓަރުން ލަފާދިނުމާ ގުޅިގެން ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެމީހާ ރަނގަޅަށް ބަލަހައްޓަން އޭނާގެ […]

ޝައިޚް ހަސީނާ ރާއްޖެ ވަޑައިގަންނަވަނީ

  ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި، މި މަހު 22ން 23 އަށް ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ. ރައީސް އޮފީހުން ބުނީ ޝައިޚް ހަސީނާގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މި އަހަރުގެ މާރޗް މަހު ބަންގްލަދޭޝަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެރުވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށެވެ. ‎އެ ކަމަނާގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށް ވަނީ ހަމަޖެހިފައިވާއިރު  މި ވާހަކަފުޅުތަކުގައި، ދެ ގައުމުގެ […]

119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Maldives Dhivehi News

    119 ކިލޯގެ މަސްތުވާތަކެތި ފާއިތުވެދިޔަ 48 ގަޑިއިރުތެރޭ އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ( ސީޕީ)  މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ. ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ 28 ޕެކެޓްގެ މަސްތުވާތަކެތި އަތުލައިގެންފައި ކަމަށެވެެ. އަދި އޭގެ ފަހުން ހިންގި އޮޕަރެޝަނެއްގައި އިތުރު 91 ޕެކެޓް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ ޕެކެޓް ތަކުގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 119 ކިލޯ […]

މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ، ކަށުނަމާދު އިސްލާމީ މަރުކަޒުގައި

Maldives Dhivehi News

    ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ އެވެ.   ހުސައިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ މެންދަމުގެވަގުތެއްގައެެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 53 އހަރެވެ. ހުސައިން ވަހީދުގެ މަށްޗަށް ކުރެވޭ ކަށުނަމާދު ބާއްވަނީ އިސްލާމީ މަރުކަޒުގައި މިއަދު މެންދުރުނަމާދުގެ ފަހުގައެވެ. ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައިވެސް ގިނަ […]

މައްޗަންގޯޅި އަވަށު އޮފީސް ފަޅާލައި ވައްކަން ކޮށްފި

Maldives Dhivehi News

    މައްޗަން ގޯޅި އަވަށު އޮފީސް ފަޅާލައި އެ އޮފީހުން ވައްކަން ކޮށްފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮފީސް ފަޅާލައި ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ވަނީ އެ އޮފީހުން ފައިސާ ވަގަށް ގެންގޮސްފައެވެ. ނަމވެސް މި ފައިސާ އާއި ބެހޭ ތަފްސީލެއް އަދި ލިބިފައި ނުވެއެވެ. ފުލުހުން ބުނީ މައްޗަންގޯޅީ އަވަށު އޮފީސް ފަޅައި ލުމާއި ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މި ވައްކަމާއި ގުޅިގެން ފުލުހުން […]

ރައީސް ޔާމިނަށް، ޝަރީފް ދެއްވި ރައްދުން އިންތިހާބު ފޭރިގެންފައިވާކަން ޝައްކެއްނެތްމިންވަރަށް ޔަގީން ވެއްޖެ: ޝިޔާމް

    އިދިކޮޅުން ރޭ ބޭއްވި “ ކޮތަރުކޮށި“ ޖަލްސާގައި އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ޝަރީފަކީ ޚާއިނެއްކަމަށް ވިދާޅުވެ ރައީސް ޔާމިން ދެއްކެވި ވާހަކަފުޅަށް ޝަރީފް ދެއްވި ރައްދުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރާވައިގެން  ފޭރިގެންފައިވާ ކަން ޝައްކެތް ނެތް މިންވަރަށް ޔަގީން ވެއްޖެ ކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ. ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޝަރީފަކީ އަރާހުރި ހާއިނެއް ކަމަށެވެ. […]