119 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

 

 

119 ކިލޯގެ މަސްތުވާތަކެތި ފާއިތުވެދިޔަ 48 ގަޑިއިރުތެރޭ އަތުލައިގެންފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް ( ސީޕީ)  މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ސީޕީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ފުލުހުން ވަނީ 28 ޕެކެޓްގެ މަސްތުވާތަކެތި އަތުލައިގެންފައި ކަމަށެވެެ. އަދި އޭގެ ފަހުން ހިންގި އޮޕަރެޝަނެއްގައި އިތުރު 91 ޕެކެޓް މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

ސީޕީ ވިދާޅުވީ ޕެކެޓް ތަކުގައި ބަންދުކޮށްފައި ހުރި މަސްތުވާތަކެތީގެ ބަރުދަނުގައި 119 ކިލޯ ހުރި ކަމަށެވެ.

ސީޕީ ވިދާޅުވާ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުލުހުން މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވުވައި އޭގެއިންނެވެ. އެ ޓެކްސީން ފުލުހުން ވަނީ 28 ޕެކެޓް މަސްތުވާތަކެތި އަތުލައިގެންފައެވެ. ވަކި ވަކިން ބަންދުކޮށްފައިހުރި އެ ޕެކެޓްތަކުގެ ކޮންމެ ޕެކެޓެއްގައި އެއް ކިލޯ ހުރި ކަމަށްވެއެވެ.

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް