މާލެ އިން ގިނަ އަދަދެއްގެ ކޮޓަރި ކުއްޔަށް ހިފަން އަރަބިއްޔާ ސްކޫލުން  އިއުލާންކޮށްފި

Loading

Facebook
Twitter
WhatsApp

 

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ އިން ގިނަ އަދަދެއްގެ ކޮޓަރި ކުއްޔަށް ހިފަން އިއުލާންކޮށްފިއެވެ.

އެސްކޫލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެ ސްކޫލަށް ގެންނަ އަޒްހަރު މުދައްރިސުންނަށް މާލެއިން 20 ކޮޓަރި 10 މަސް ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފަން ބޭނުންވާ ކަމަށެވެ

އަދި މި ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން ބުރާސްފަތި ދުވަހުގެ 8:00 އިން 12:00 އަށް އެ ސްކޫލުގެ ރިސެޕްޝަނަށް ނަންނޯޓް ކުރެއްވުމަށް ވެސް އެ ސްކޫލުން އެދެއެވެ.

އަރަބިއްޔާއިން ބުނީ  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  އަންނަ ހަފްތާގެ އާދިއްތަ ދުވަހުގެ ހެނދުނު 10:30 ގައި އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ (ކުރީގެ ވަގުތީ ފޮރިން މިނިސްޓްރީ) 1 ވަނަ ފްލޯގެ މީޓިންގ ރޫމްގައި ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް