ބީއެމްއެލް އިން ސެން ކްލާސްތަކަށް އެހީތެރިވެދީފި

Loading

Facebook
Twitter
WhatsApp

 

 

ބޭންކް އޮފް މޯލްޑިވްސް ( ބީއެމްއެލް) އިން ރާއްޖޭގެ ބައެއް ސުކޫލުތަކުގައި ހިންގާ ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށާ އެގޮތުން ހާއްސަ އިސްކަމެއްދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް މި ހަދިޔާކުރި އާލާތްތަކަކީ ކުދިންގެ ގާބިލުކަމާއި، އެހެންމީހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.

ބޭންކުން ވަނީ ނުވަ ސްކޫލެއްގެ ސެން ކުލާސްތަކަށް ތަކެތި ހަދިޔާކޮށްފައެވެ. ބޭންކުން ބުނީ އެ ކްލާސްތަކުގައި 330 އަށްވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިން ކަމަށެެވެ.

މިތަކެތި ހަދިޔާކުރި ސްކޫލްތަކަކީ ށ. ފުނަދޫ ސްކޫލާއި ހޮޅުދޫ މޭނާ ސްކޫލާއި، ނައިފަރު މަދްރަސަތުލް އިފްތިތާޙާއި، ކ. ގުރައިދޫ ސްކޫލާއި އއ. އުކުޅަސް ސްކޫލާއި އދ. އަތޮޅު ތަޢުލީމީ މަރުކަޒާއި، ލ.ގަން އިހައްދޫ ސްކޫލާއި، ގއ. އަތޮޅު ސްކޫލާއި ގދ. މަޑަވެލި ސްކޫލަށެވެ.

މިއަހަރު ބޭންކުން ސެން ކްލާސްތަކަށް މި ތަކެތި ހަދިޔާކޮށްފައިމިވަނީ ”އިންޓަރނޭޝަނަލް ޑޭ އޮފް އެޑިޔުކޭޝަން“ ފާހަގަ ކުރަމުންދާ ދުވަހުގައެވެ.

މިވޭތުވެދިޔަ ދެއަހަރުތެރޭ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ރާއްޖޭގެ 29 ސްކޫލެއްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް