މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ، ކަށުނަމާދު އިސްލާމީ މަރުކަޒުގައި

Loading

Facebook
Twitter
WhatsApp
Maldives Dhivehi News

 

 

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ އެމްޑީޕީގެ މަޖިލީސް މެންބަރު ހުސައިން ވަހީދު އަވަހާރަވެއްޖެ އެވެ.

 

ހުސައިން ވަހީދު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ މެންދަމުގެވަގުތެއްގައެެވެ.

އަވަހާރަވިއިރު އުމުރުފުޅަކީ 53 އހަރެވެ. ހުސައިން ވަހީދުގެ މަށްޗަށް ކުރެވޭ ކަށުނަމާދު ބާއްވަނީ އިސްލާމީ މަރުކަޒުގައި މިއަދު މެންދުރުނަމާދުގެ ފަހުގައެވެ.

ހުސެއިން ވަހީދު ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާތާ ވަނީ ގިނަ ދުވަސްތަކެއް ވެފައެވެ. އަދި ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައިވެސް ގިނަ ދުވަސްތަކެއް ހުސެއިން ވަނީ ހޭދަކުރައްވާފައެވެ.

އަވަހާރަވީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެ ރޭ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.

ބައްޔަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރުގައި އަހަރެއްހާ ދުވަހު ހުންނެވުމަށްފަހު އަލުން މަޖިލީހުގެ ޖަލްސާތަކުގައި ހުސެއިން ބައިވެރިވެޑައިގެންނެވީ މިއަހަރުގެ މާރިޗު މަހުގެ 29 ގައެވެ.

ހުސައިން އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ސިޔާސީ ގޮތުން އެކުގައި މަސައްކަތް ކުރެއްވި ބޭފުޅުންނާއި ސަރުކާރުގެ އިސްވެެރިން ގެންދަވަނީ ތައުޒިޔާ ވިދާޅުވަމުންނެވެ.

ހުސައިންގެ ތިން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ދެ އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅެކެވެ. އަދި އަނބިކަނބަލުންވެސް ދުނިޔޭގައި އެބަ ހުންނެވިއެވެ.

ވަރަށް ގިނަ ދުވަސްތަކަކަށް ފަހު މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ހުސައިން ވަހީދު ބައިވެރިވެވަޑައިގެންނެވިއެވެ. އެ ޖަލްސާގައި ހުސައިން ވަނީ އޭނާ އާލާސްކަންފުޅާ އުޅުއްވާ ކަން ފާހަގަކުރައްވާ އޭރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފަ އެވެ. އަދި މިދިޔަ ދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުވި އެންމެންނަށް ހުސައިން ވަނީ ޝުކުރު ވެސް އަދާކުރައްވާފަ އެވެ.

ހުސައިން ވަނީ ވަހީދު 17 ވަނަ މަޖިލީހަށްވެސް އިންތިހާބުވެވަޑައިގެން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވާފައެވެ. ށ. ފޯކައިދޫއަަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރު ހުސައިން ވަހީދަކީ ކާމިޔާބު ވިޔަފާރިވެރިއެއްވެސް މެއެވެ.

ހުސެއިން ވަހީދު އަވަހާރަވުމުން ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އަދި އާންމުންގެ ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް