އިސްދޫ ކައުސިލުން ރައްޔިތުންނަށް ލޯން ދެނީ

Loading

Facebook
Twitter
WhatsApp

 

ލ. އިސްދޫ ރައްޔިތުންނަށް ރަށުކައުންސިލުން ލުއި ލޯން ދޫކުރުމަށް ނިންމައިފިއެވެ.

އިސްދޫ ކައުސިލުން ބުނީ މި ލޯން ޕްރޮގްރާމަކީ ރައްޔިތުންގެ  ދިރިއުޅުމުގެ ފެންވަރު މިހާރަށްވުރެ މަތިކުރުމަށާއި ކުއްލިއަކަށް ކުރަންޖެހޭ މުހިންމު ކަންކަން ފަސޭހަކަމާއިއެކު ފުރިހަމަކުރުމަށް މަގުފަހިކޮށްދީ އަބުރުވެރި ހަރުދަނާ އަދި ފުދުންތެރި މުޖުތަމައު އެއް ބިނާކުރުމުގެ މަގްސަދުގައި ދޫކުރުމަށް ނިންމާފައިވާ ލޯން އެހީއެއް ކަމަށެވެ.

މި ލުއި ލޯނު ދޫކުރަން ނިންމާފައިވަނީ މަހެއްގެ މަށްޗަށް ލިބޭ އާމްދަނީ އަށް ބަލާފައި ކަމަށް ވެސް ކައުންސިލުން ބުނެއެވެ.

ލޯނުގެ ގޮތުގައި 75000 ރުފިޔާ އާއި 500000 ރުފިޔާ އާއި ދެމެދުގައި ލޯން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

 

ކައުސިލުން ބުނީ ލޯނަށް އެދި ހުށަހެޅޭނީ އެ ރަށުގައި ރަށްވެހިވެފައިވާ މީހުންނަށވެ. އަދި މީގެ އިތުރުން އަލަށް ރަށްވެހިވެފައިވާ މީހުން ރަށްވެހިވެފައިވާ ދުވަހުން ފެށިގެން މީލާދީ ހަ މަސް ވެފައިވާ އެ ރަށުގެ ރަށްވެހިންގެ ތެރެއިން 18  އަހަރާއި 55 އަހަރާއި ދެމެދުގެ ރައްޔިތުންނަށް ވެސް ލޯނަށް އެދެވޭނެކަމަށް ވެސް ކައުންސިލުން ބުނެއެވެ.

މި ލޯނު ދޫކުރުމަށް ހަމަޖައްސާފައިވަނީ ލޯނު ދޫކުރާ ދުވަހުން މީލާދީ ގޮތުން ދެ އަހަރު މުއްދަތަށްވުރެ ދިގު ނޫން މުއްދަތެއްގެ ތެރޭގައި ލޯނު އަނބުރާ ދައްކާގޮތަށެވެ.

ކައުންސިލުން ބުނީ ލުއި ލޯން ޕްރޮގްރާމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ލޯންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށެވެ

ލޯނަށް އެދޭ ފަރާތްތަކުން ލޯނަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތަކާއި އެކު މި މަހު 28 ވަނަ ދުވަހުގ12:00 ކުރިން ހުށަހަޅަން ޖެހެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް