04 އަތޮޅު ކައުންސިލް ތަކަށާއި 42 ރަށު ކައުންސިލަށް ސެކްރެޓަރީ ޖެނެރަލުން ހޯދަން އިއުލާން ކޮށްފި

ހަތަރު އަތޮޅެއްގެ އަތޮޅު ކައުންސިލަށާއި 42 ރަށެއްގެ ރަށުކައުންސިލަށް ސެކްރެޓަރީ ޖެނެރަލު( އެސްޖީ)ން ހޯދަން ސިވިލް ސަރވިސް ކޮމިޝަނުން އިއުލާންކޮށްފިއެވެ. ސިވިލް ސާވިސް ކޮމިޝަނުން ބުނީ އެސްޖީން ހޯދަން އިއުލާންކޮށްފައިވަނީ އަދި މިހާތަނަށް އެ މަގާމަށް މީހަކު އައްޔަންކޮށްފައި ނުވާ ކައުންސިލް ތަކާއި އެސްޖީންގެ މަގާމުގައި ތިބި ބައެއް ފަރާތްތަކުން އިސްތިއުފާ ދީފައިވާ ކައުންސިލްތަކަށް ކަމަށެވެ. މި މަގާމަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މި މަހުގެ 29 ވަނަ ދުވަހާއި ހަމައަށް އެ ފުރުސަތު އޮންނާނެކަމަށް ސިވިލް ސަރވިސް […]

ޒުވާނުން ބިނާ ކުރުމަށް ޔޫތު މިނިސްޓްރީއާއި އާރުޑީސީން ޕްރޮގްރާމެއް ފަށަނީ

ޒުވާނުން ބިނާ ކުރުމަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)  އާއި ޔޫތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ. ސަރުކާރުގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޔޫތް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ. އާރުޑީސީ  އާ […]

އެމެރިކާގެ ސަފީރަކަށް އަބްދުލް ޣަފޫރު  

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް މއ.އަތަމާވިލާ، ޢަބްދުލްޣަފޫރު މުހައްމަދު މިއަދު އައްޔަންކުރައްވައިފިއެވެ. ރައީސް އޮފީހުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޣަފޫރަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އެވެ. އަބްދުލްޣަފޫރު މުހައްމަދު އެންމެފަހުން ހުންނެވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމުގައެވެ. އޭގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމާއި އެކުވެރި ދައުލަތްތަކުގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ […]

ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި އާންމުން އަނިޔާކުރި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް

ފިރިހެން ދަރިވަރަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވިގެން ހުޅުމާލޭ ފޭސް ދޭއްގައި އާންމުން އަނިޔާކުރި ގާޒީ ސްކޫލުގެ ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފިއެވެ. އުމުރުން 29 އަހަރުގެ އެ ޓީޗަރަށް ބަންދުގެ މުއްދަތު ފުރަތަމަ ޖެހީ ފަސް ދުވަހަށެވެ. ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ކުރިން ދިން މުއްދަތު އިތުރުކުރުމާ މެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރުކުރުމުންނެވެ. ފުލުހުން އެ ޓީޗަރު ހައްޔަރުކޮށްފައިވަނީ ހިޔާ ފްލެޓްތައް ހުންނަ […]

މުދަލަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގި މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

މީހެއްގެ މުދަލަށް ހުއްދަ ނޫންގޮތެއްގައި ބާރު ހިންގި މައްސަލައަކާ ގުޅިގެން ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ މީހެއްގެ ވަނަވަރު ފުލުހުން އާންމު ކޮށްފިއެވެ.  މި މައްސަލައާއި ގުޅިގެން ފުލުހުން އާންމުކޮށްފައިވަނީ ލ. މާވަށް / ޗަމްޕާގެ، މުހައްމަދު އަލީ (21އ) އެވެ.  ފުލުހުން ބުނީ މުހައްމަދު އަލީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަނީ  ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވަ އެހެންމީހެއްގެ މުދަލަށް ހުއްދަނޫން ގޮތެއްގައި ބާރުހިންގުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި […]

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ

މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އެމީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ. ފުލުހުން އާންމުކޮށްފައިވަނީ ސ. ހިތަދޫ/ އުނިތޮށިގެ، މުހައްމަދު ނާޝިދު (52އ) A052933 އެވެ. ފުލުހުން ބުނީ މުހައްމަދު ނާޝިދު ހޯދަމުން ދަނީ ފުލުހުން ތަހުގީގު ކުރަމުންދާ މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާތީކަމަށެވެ. އަދި އޭނާގެ އާއިލާއަށްވެސް އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ ކަމަށެވެ. ފުލުހުން ވަނީ ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި […]

ކުޑަހުވަދޫ އެއާޕޯޓުން އަތުލައިގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

ދ. ކުޑަހުވަދޫ އެއާޕޯޓުން އަތުލަތްގަތް ގިނަ އަދަދެއްގެ މަސްތުވާތަކެތި  ނައްތާލައިފިއެވެ. ފުލުހުން ބުނީ ނައްތާލާފައިވާ މަސްތުވާތަކެއްޗަކީ  ދ. އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެންގޮސް ހުރި މަސްތުވާތަކެތިކަމަށެވެ. ފުލުހުން މައުލޫމާތުދޭ ގޮތުގައި ނައްތައިލާފައިވަނީ 138 ފުޅި ބަނގުރައާއި 411 ދަޅު ބިޔަރެވެ. މިތަކެއްޗަކީ 2021 ޑިސެމްބަރު 16 އިން މި އަހަރުގެ މެއި 17 ވަނަ ދުވަހުގެ ނިޔަލަށް ދ. އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން ނަގައި ކުޑަހުވަދޫ ޕޮލިސް […]

ވައްކަންކުރި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ވައްކަންކުރި މައްސަލައަކާގުޅިގެން މީހަކު ހޯދުމަށް އެ މީހާގެ ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.  މި މައްސަލައާއި ގުޅިގެން ފުލުހުން ހޯދަމުން ދަނީ  ބ. ގޮއިދޫ / އުނިމާގެ، ޙަސަން ފަޔާޒް (35އ) އެވެ. ފުލުހުން ބުނީހަސަން ފަޔާޒް ހޯދަމުންދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ވައްކަންކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެނކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ އޭނާ ބަންދުގައި ބަހައްޓައިގެން މާދަމާ ހެނދުނު 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް […]

ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް ހިފަހައްޓައިފި

ގާނޫނާހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން މިއަދު ބުނީ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ހިފަހައްޓާފައިވާ ކަމަށެވެ. މި މަސްބޯޓްގައި ޖުމްލަ 6 ފަޅުވެރިން ތިބި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އެމްއެންޑީއެފްން ބުނީ މި މަސްބޯޓުގެ މައުލޫމާތު ކޯސްޓްގާޑަށް ހިއްސާކޮށްފައިވަނީ ”އަލަމާ 2“ ނަމަކަށް ކިޔާ ދޯންޏަކުންކަމަށާ، މަސްބޯޓު ހިފަހައްޓާފައިވަނީ މ. […]

އިންޑިއާއިން ފާޅުގައި މާފަށް އެދުމަށް ދިވެހި ސަރުކާރުން ގޮވާލަންޖެހޭ: އެމްއާރްއެމް

ކީރިތި ރަސޫލާ މުހައްމަދު (ޞޢޥ) އަށް ފުރައްސާރަކޮށް އެކަލޭގެފާނުގެ ކައިވެނިފުޅުތަކަށާއި އިސްލާމީ ރިވެތި އުސޫލުތަކަށް ބަދުބަސް ބުނެ ހަގީގަތާއި ހިލާފު ވާހަކަތަކެއް އަވަށްޓެރި އިންޑިއާގެ ވެރިކަން ކުރާ ބީޖޭޕީ ޕާޓީގެ އިސް ތަރުޖަމާނު ނުޕުރް ޝަރްމާ ދައްކާފައިވާތީ އެގައުމުން ފާޅުގައި މާފަށް އެދުމަށް ދިވެހި ސަރުކާރުން އެދެން ޖެހޭ ކަމަށް އެކަން މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ބުނެފިއެވެ. އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތް ނަބިއްޔާ އަކީ މުސްލިމުންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން […]