ގާނޫނާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޯޓެއް ހިފަހައްޓައިފި

Loading

Facebook
Twitter
WhatsApp

ގާނޫނާހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް ހިފަހައްޓައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އެމްއެންޑީއެފުން މިއަދު ބުނީ ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރަމުންދިޔަ ލަންކާގެ މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ހިފަހައްޓާފައިވާ ކަމަށެވެ.

މި މަސްބޯޓްގައި ޖުމްލަ 6 ފަޅުވެރިން ތިބި ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފްން ބުނީ މި މަސްބޯޓުގެ މައުލޫމާތު ކޯސްޓްގާޑަށް ހިއްސާކޮށްފައިވަނީ ”އަލަމާ 2“ ނަމަކަށް ކިޔާ ދޯންޏަކުންކަމަށާ، މަސްބޯޓު ހިފަހައްޓާފައިވަނީ މ. މުލިން 76 ނޯޓިކަލް މޭލު އިރުން ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް