ޒުވާނުން ބިނާ ކުރުމަށް ޔޫތު މިނިސްޓްރީއާއި އާރުޑީސީން ޕްރޮގްރާމެއް ފަށަނީ

Loading

Facebook
Twitter
WhatsApp

ޒުވާނުން ބިނާ ކުރުމަށް ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)  އާއި ޔޫތު މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައިދިނުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތައް ގުޅިގެން ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.

ސަރުކާރުގެ ފަރާތުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ޔޫތް މިނިސްޓްރީ އަދި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ.

އާރުޑީސީ  އާ އެކު މިއަދު ވި އެއްބަސް ވުމުގެ ދަށުން 65 ޒުވާނުންނަށް ފުރުސަތު ދިނުމަށް ވަނީ ނިންމައިފައެވެ. މިނިސްޓްރީން ބުނީ  އެޒުވާނުންނަށް ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވަންސެއް ކުންފުނިން ހަމަޖައްސަދޭން އެއްބަސްވެފައިވާ ކަމަށެވެ.

އާރްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއި ކުރައްވާފައިވަނީ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކް (މޫކޭ) އެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލް އެވެ.

ހަ މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮގްރާމުގައި ގައުމީ ސަނަދުގެ ސެޓްފިކެޓް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެ އެވެ.

މި ޕްރޮގްރާމްގެ  ދާއިރާތައް

  • އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނަންސް
  • ފްރޮންޓް އޮފީސް
  • ކޮމްޕެނީ އެޑްމިނިސްޓްރޭޝަން
  • ސައިޓް ސުޕަވިޝަން
  • އިންވެންޓްރީ މެނޭޖްމަންޓް
  • އޮޓޮމޭޓިވް މެއިންޓެނަންސް
  • ރެފްރިޖަރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް
  • ކޮމްޕިއުޓާ ހާޑްވެއާ އެންޑް ނެޓްވޯކިން
  • ވެލްޑިން
  • ކާޕެންޓްރީ
  • މޭސެންރީ
  • ޕްލަމްބިން
  • ހެވީ ވެހިކަލް އޮޕަރޭޝަން
  • ޕެއިންޓިން

މިއީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ޒުވާނުންގެ ތެރެއިން ހަވާސާގައި ދިރިއުޅޭ ޒުވާނުންނާއި އަދި ޖުމްލަކޮށް ދެޖިންސުގެ ޒުވާނުންނަށް އަމާޒްކޮށްގެން ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް އަހުލުވެރި ކުރުވައި، އަދި ޒުވާނުންނަކީ ގައުމުގެ އިގްިސާދީ ތަރައްގީއާއި އިޖްތިމާއީ ހަމަޖެހުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ޒުވާނުންނަށް މަސައްކަތު މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ޔޫތު މިނިސްޓްރީން ބުނެއެވެ.

ޔޫތު މިނިސްޓްރީން  ބުނީ އެ މިނިސްޓްރީން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން މިހާތަނަށް 11 ކުންފުންޏެއްގައި 250 އަށްވުރެ ގިނަ ޒުވާނުން ވަނީ ޕްރޮގްރާމުގައި ފުރިހަމަކޮށްފައިވާކަމަށެވެ.


Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް