އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދާ ނޫޅެށެވެ!

އަދި ތިޔަބައިމީހުން ބިމުގައި ފަސާދަ އުފައްދައި ނޫޅޭށޭ، އެއުރެންނާ ދިމާއަށް ބުނެފިނަމަ، ތިމަންމެންނީ، ހަމަ إصلاح ކުރަންއުޅޭ ބަޔަކީމުއޭ، އެއުރެން ބުނެތެވެ.
”وَإِذَا قِيلَ لَهُمْ لَا تُفْسِدُوا فِي الْأَرْضِ قَالُوا إِنَّمَا نَحْنُ مُصْلِحُونَ“
ދަންނާށެވެ! ހަމަކަށަވަރުން، އެއުރެންނީ، ހަމަ ފަސާދަ އުފައްދާ މީހުންނެވެ. އެހެނެއްކަމަކު، އެއުރެންނަށް އެކަން ނޭނގެނީއެވެ.
(އަލް ބަޤަރާ:12-11)
أَلَا إِنَّهُمْ هُمُ الْمُفْسِدُونَ وَلَٰكِن لَّا يَشْعُرُونَ
ބިމުގަ ކަރަޕްޝަން (ފަސާދަ) ހިންގުން ﷲ ނުރުއްސަވާއިރު ކަރަޕްޝަން ހިންގާ ވައްކަންކޮށް ކުރާ ތަރައްގީވެސް ހަމަ ރަނގަޅުކަމަށް ބުނެ އެފަދަ މީހުނަށް ބަޔަކު އަތްޖަހާ ތައުރީފުކޮށް ވާގިވެރިވެ އެމީހުންނަށް ސަޕޯޓްކުރުން އެއީ ﷲ ނަހީކުރެއްވިބޮޑު މުންކަރާތަކަށް އެހީތެރިވަނީ ކަމުގައި ނުވަނީހެއްޔެވެ؟ ނޫނީ ފާސިގު ވެރިންގެ ފަސާދައިގަ އެފަދަ ރައްޔިތުން ބައިވެރި ވުންކަމަށް ނުވޭހެއްޔެވެ؟
އަޅުގަނޑު އެދެނީ ބުއްދީގެ އަހުލުވެރީން ކަމުގައި އަހަރެމެން ލައްވާ އަދި ލޮބުވެރި ރަޢްޔިތުން ހެޔޮމަގު ހިޔާރު ކުރެއްވުމެވެ.
ހެޔޮބަސް ބުނެ ހެޔޮޢަމަލު ކުރުމަށް ވާގިދިނުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ކަމެކެވެ.
ދިވެހި ރާއްޖެއިން ކަރަޕްޝަން ނައްތާލެވޭނީ ރައްޔިތުން ﷲ އަށް ތަގުވާޥެރިވެ ފަސާދަ ކުރާ ވެރިންނަށް ނޫ ނެކޭ ބުނެގެންނެވެ.
ﷲ ނަހީކުރެއްވި އެންމެހާ ފާފަތަކުން ދުރުހެލިވެ ތެދުވެރިބަޔަކަށް ވެގެންކަން ކަށަވެރެވެ.
– ޑރ.މުހައްމަދު އާތިފް -–
–
![]()
Comments are reviewed before publication. You can write in English or Dhivehi.




One Response