ޖާބިރު ގިނިކަންޏާ މަޖިލިސް ކުރިމަތީ އިހުތިޖާޖެއް ކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުއްލާ ޖާބިރު ގިނިކަންޏާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އިހްތިޖާޖެއް ކުރައްވައިފި އެވެ.
މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ޖާބިރު ކުރެއްވި އިހުތިޖާޖުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.
ވީޑީއޯއިން ފެންނަ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވައި ހަޅޭއްލަވަމުން ޖާބިރު ގެންދެވިއެވެ.
ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވި އިރު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން އެންމެ ފަހުން ދިޔާނާ ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.
އަދި ޖާބިރު ހޫނު އަވީގައި އިންނެވުމުން އާންމުންގެ މީހަކު އޭނާ ހިޔަލަށް ވަޑައިގަތުމަށާއި އަވީގައި އިނުމުން ހަލާކުވާނޭ ބުނުމުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެއަތްވަކީ އާރާމު އެއްޗެއް ކަމަށެވެ. އަދި ހިޔަލަށް ވަޑައިގަތުމަށް ދެކޮޅު ހައްދަވާ ސަރުކާރާ ދެކޮޅަށް ބޭއަދަބީ ބަހުރުވައިން އަޑު އުފުއްލަވަމުން އޭނާ ގެންދެވިއެވެ.

މިއަދު މެންދުރުގެ ހޫނުގައި ނޫކުލައިގެ ގަމީގަކާއި އެކުލައިގެ ބޫޓެއް ތުރުކުރައްވައިގެން ހުންނެވި ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވި ވަގުތު އަތުގައި އޮތް ފެންފުޅި އަކުން ހަށިކޮޅަށް ފެން އަޅުއްވާ ވެސް ހެއްދެވި އެވެ.
ޖާބިރު މަޖިލީސް ކުރިމަތީ ހުއްޓިހުރެ އަޑުގަދަކޮށް ޝުއޫރުފާޅުކުރައްވައި އިރުކޮޅަކުން އިށީދެވަޑައިގެން އަދި އޭގެ ފަހުން މަޖިލިސް ގޭޓް ކުރިމަތީ ބިންމަތީގައި އޮށޯނެވިއެވެ.
މި ގޮތަށް އިރުކޮޅަކު އިހުތިޖާޖު ޖުރުމަށްފަހު ޖާބިރު ވަނީ އވަނީ އެ ސަރަހައްދު ދޫކުރައްވާ، ވަޑައިގެންފަ އެވެ. އޭނާ އިހުތިޖާޖު ކުރަމުން ދިޔައިރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަނަމަވެސް އޭނާއަށް ހުރަސްއަޅާފައި ނުވެއެވެ.
![]()
Comments are reviewed before publication. You can write in English or Dhivehi.




3 Responses