ޖާބިރު ގިނިކަންޏާ މަޖިލިސް ކުރިމަތީ އިހުތިޖާޖެއް ކުރައްވައިފި

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުއްލާ ޖާބިރު ގިނިކަންޏާ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ކުރިމަތީގައި އިހްތިޖާޖެއް ކުރައްވައިފި އެވެ.

މަޖިލީހުގެ އިދާރާގެ ކުރިމަތީގައި ޖާބިރު ކުރެއްވި އިހުތިޖާޖުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުންނެވެ.

 

ވީޑީއޯއިން ފެންނަ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު މަޖިލީހަށް ހާޒިރު ކުރަން ޖެހޭ ކަމަށާއި، ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ މަގާމުން ވަކި ކުރަން ޖެހޭ ކަމަށް ގޮވާލައްވައި ހަޅޭއްލަވަމުން ޖާބިރު ގެންދެވިއެވެ.

ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވި އިރު އޭނާގެ އަނބިކަނބަލުން ދިޔާނާ ސައީދު ވަނީ އެ ސަރަހައްދަށް ވަޑައިގެން ޖާބިރު އެތަނުން ގެންދިއުމަށް މަސައްކަތް ކުރައްވާފައެވެ. ނަމަވެސް ޖާބިރު އެތަނުން ވަޑައިނުގެންނެވުމުން އެންމެ ފަހުން ދިޔާނާ ވަނީ އެ ސަރަހައްދު ދޫކޮށް ވަޑައިގެންފައެވެ.

އަދި ޖާބިރު ހޫނު އަވީގައި އިންނެވުމުން އާންމުންގެ މީހަކު އޭނާ ހިޔަލަށް ވަޑައިގަތުމަށާއި އަވީގައި އިނުމުން ހަލާކުވާނޭ ބުނުމުން ޖާބިރު ވިދާޅުވީ ރައްޔިތުންގެ ހައްގުގައި އެއަތްވަކީ އާރާމު އެއްޗެއް ކަމަށެވެ.  އަދި ހިޔަލަށް ވަޑައިގަތުމަށް  ދެކޮޅު ހައްދަވާ ސަރުކާރާ ދެކޮޅަށް ބޭއަދަބީ ބަހުރުވައިން އަޑު އުފުއްލަވަމުން އޭނާ ގެންދެވިއެވެ.

 

މިއަދު މެންދުރުގެ ހޫނުގައި ނޫކުލައިގެ ގަމީގަކާއި އެކުލައިގެ ބޫޓެއް ތުރުކުރައްވައިގެން  ހުންނެވި ޖާބިރު އިހްތިޖާޖު ކުރައްވަމުން ގެންދެވި ވަގުތު އަތުގައި އޮތް ފެންފުޅި އަކުން ހަށިކޮޅަށް ފެން އަޅުއްވާ ވެސް ހެއްދެވި އެވެ.

ޖާބިރު މަޖިލީސް ކުރިމަތީ ހުއްޓިހުރެ އަޑުގަދަކޮށް ޝުއޫރުފާޅުކުރައްވައި އިރުކޮޅަކުން އިށީދެވަޑައިގެން އަދި އޭގެ ފަހުން މަޖިލިސް ގޭޓް ކުރިމަތީ ބިންމަތީގައި އޮށޯނެވިއެވެ.

މި ގޮތަށް އިރުކޮޅަކު އިހުތިޖާޖު ޖުރުމަށްފަހު ޖާބިރު ވަނީ އވަނީ އެ ސަރަހައްދު ދޫކުރައްވާ، ވަޑައިގެންފަ އެވެ. އޭނާ އިހުތިޖާޖު ކުރަމުން ދިޔައިރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔަނަމަވެސް އޭނާއަށް ހުރަސްއަޅާފައި ނުވެއެވެ.

Loading

3 Responses

  1. ޖާބިރަކަށް ހުރަހެއް ނޭޅޭނެ ގައުމުގެ ރައީސް އަށް ވެސް. ޖާބިރު މަޖިލިސްގައި ސޯލިޙު ރައީސްއަށް ވަގަށް ގޮވާ ވެރިކަމުން ދުރުކުރަން މަގުމަށްޗށް ނިކުމު ރައީސް މަގާމުން ދުރުކުރަންވެސް ގޮވި. ސޯލިޙު އެވައްކަން ދޮގެއް ނުކުރައްވާ އަދި ތަރުޖަމާނު މެދުވެރިކޮށްވެސް ބަޔާނެއް ނުަނެރޭ. އަނެއް ހަފްތާގައި ޖާބިރަށް ހަދިޔާއެއްގެ ގޮތުގައި ބޮޑުމޮހޮރާ ރަށް ދެއްވީ. ބަޔަކުބުނި އޭރުވެސް ޖާބިރު ހުރީ ބޮއިގެނޭ. މިހާރު ދެން ކޮންމެވެސް ބަދަލެއް އަތުވެދާނެ ތޯއެޗެކެވެ. އެހެނީ މަޖިލިސްގެ ރައީސް އެވަނީ ބުއިން ހުށްޓާލައިފިންކަމަށް ވިދާޅުވެފައެވެ. ބަލަމާ ހިނގާ ވާގޮތެއް.

  2. ގައުމުގެ މަތިފަޑި އެއްކޮށް ގުރޫޕްހަދާފައި ބޮންޏާ ޖާބިރު ބޮއިގެން ކޮންމެކަމެއް ކުރިޔަސް އަޅާލެވޭކަށް ނޯންނާނެ. ރައީސް ސޯލީހު އެއީ ބޯ މީހެއްބާ؟ ފުރެންޑެއްބުނި ސޯލިޙުރައިސްވެސް ބޮޔޯ. ވަﷲ ޢައުލަމް.

  3. ޔަގީން އެ ބޮއިއެއްޗެއް ބޮއިގެން ރަތްދަކަ އަވީގާ. ޕޮލިސްވެސް އަޅައެއް ނުލާނެ. ޓެސްޓެއްވެސް ނުކުރާނެ. ނިކަމެތި މީހުންގެ ފަހަތުން ފަހާދުވާނީ. ގައުމުގައި ވެރިއެއްނެތް. ތިބީ ހުސް ގެރިން. އެޑްވައިޒަރަކީ ގެރިއަށް އަޅުކަން ކުރާ މޯޑީ ޔޯލަ.

Leave a Reply to މޫސާ މުހައްމަދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް