އެމެރިކާ ނޭވީ ފްލީޓުގައި ބާދަގަނޑަށް އެހެލަންޖޭހޭ ސަބްމެރިން ގިނަވެއްޖެ

އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތަކުގައި ބާދަގަނޑު ގިނަވެ އުފެދެމުންދާ ހުސްތަން އަލުން ފުރޭނެގޮތެއް ހޯދުމާ ދޭތެރޭ ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި މުސްކުޅިކުރަން ޖެހިފައިވާ އޯހައިއޯ ކްލާސްގެ ހަތަރު ގައިޑެޑް މިސައިލްއާއި ބާރަވަރަކަށް ޓިކޮންޑެރޯގާ ކްލާސްގެ ކްރޫޒަރ ސަބްމެރިން މުސްކުޅިކުރަންޖހޭ އުމުރަށް އައުން އިތުރު ބޮލުރިހުމަކަށް ވެއްޖެއެވެ. އެ ސަބްމެރިންތައް އެއްފަރާތްކުރުމުގެ ސަބަބުން އެމެރިކާ ނޭވީންގެ 2080 ވަރޓިކަލް ލޯންޗް ސިސްޓަމް އެއްފަހަރާ މަދުވެގެންދާނެއެވެ. މި ގެއްލުމަކީ ފިނި ހަނގުރާމައިގެފަހުން އެމެރިކާ ނޭވީންގެ ބާރު އެންމެބޮޑަށް ދަށަށް ދިއުން […]

ހައްޖުގެ ކަންކަމަށް ތައްޔާރުވުމަށް މަގުހެދުމާއި އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގައިފި

މި އަހަރުގެ ހައްޖުގެ ކަންކަމަށް ތައްޔާރުވުމުގެ ގޮތުން ސައޫދީއަރަބިއްޔާގެ މައްކާ އަދި އެހެންވެސް މުހިންމު ތަންތަނުގައި މަގުހެދުމާއި އުމްރާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގައިފި އެވެ. ސައޫދީ މިނިސްޓްރީ އޮފް މުނިސިޕަލިޓީޒް އެންޑް ހައުސިންގ ގެ ފަރާތުން ހިންގި މަޝްރޫއު ތަކުގައި 11 މިލިއަން މީޓަރުގެ މަގުހެދުމަށް ހަމަޖެހިފައިއޮތް ކަމަށް އެފަރާތުން ބުނެފައި ވެއެވެ.މީހުން އެންމެ ބައިބޯވާ ސަރަހައްދުތަކަށް އަމާޒު ކޮށްގެން މަގުހެދުމާއި މަގުތަކުގެ ފެންވަރު ރަގަޅު ކުރުމަށް ޚާއްސަ ޕްރޮގްރާމެއް މިއަހަރު ހިންގާފައި މިވަނީ ޓްރްފިކް […]

އުދައިދު މިލިޓްރީބޭސްއަށް އީރާނުން ދިން ހަމަލާގައި ނުދައްކާ ވާހަކަ

ގަތަރުގެ އަލް އުދައިދު އެއާރބޭސްއަށް އީރާނުން ދިން ހަމަލާގެ ޚަބަރުތައް ބައިނަލް އަގްވާމީ މީޑިއާތަކުން ވަނީ ފެނިފައެވެ. އެކަމަކު އެއީ ކިހާވަރެއްގެ ހަމަލާއެއްކަން ބައިނަލް އަގްވާމީ ބޮޑު އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ. ނުވަތަ ހާމަކުރަން ބޭނުމެއް ނުވިއެވެ. އެހެންނަމަވެސް މިފަހަރު އެ ޚަބަރުތައް ހާމަކޮށްދީފައިމިވަނީ ނިއުސް ވަރަޔ އެކްސް އިންނެވެ. އަލް އުދައިދު އެއާރބޭސްއަކީ ގަލްފް ސަރަހައްދުގައި ގާއިމްކޮށްފައިހުރި އެންމެބިޔަ އަދި އެމެރިކާއަށް އެންމެ މުހިންމު މިލިޓްރީ މަރުކަޒެވެ. އެ މިލިޓްރީ ބޭސްއަށް ދިން ހަމަލާގެ […]

އެމެރިކާއިން މަންމައަކަށް ޖެއްސި ހާލު: ތުއްތު ދަރިފުޅު މަރުވެއްޖެ!

އެމެރިކާގެ އިމިގްރޭޝަން ނިޒާމުގެ ތެރެއިން ހިނގައިދިޔަ ހިތާމަވެރި ހާދިސާއަކާ ގުޅިގެން ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުން ވަނީ އަމާޒުވެފައެވެ. މި ހާދިސާގައި ހޮންޑިއުރަސްގެ މަންމައަކު އޭނާގެ ދެ އަހަރުގެ ދަރިފުޅާ ވަކިން ޑީޕޯޓްކޮށްލުމަށްފަހު، ފަހުން އެ ކުއްޖާ ރަހުމުކުޑަ ގޮތަކަށް މަރާލާފައިވާކަން ވަނީ އެނގިފައެވެ. އޯލިން ޖޯޝުއާ ހެނާންޑޭޒް ރޭއިސް ނަމަކަށް ކިޔާ މި ތުއްތު ކުއްޖާ މަރުވީ މިދިޔަ މާރިޗު މަހު ފްލޮރިޑާގައި އޭނާގެ ބޮޑުބޭބެއާ އެކު އުޅެނިކޮށެވެ. އޮފިޝަލުން ހާމަކުރި ގޮތުގައި، އެ ކުއްޖާއަށް […]

އެބޯލާގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މުޅި ދުނިޔެ ސަމާލުކަމަށް

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރު.ސީ) އާއި އެގައުމުގެ އަވަށްޓެރި ޔުގެންޑާގައި ހަލުވިކަމާއެކު އެބޯލާ ވައިރަސް ފެތުރެމުންދާތީ، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބައިނަލްއަގުވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފިއެވެ. މި ބަލީގައި މިހާތަނަށް ގާތްގަނޑަކަށް 90 މީހުން މަރުވެފައިވާއިރު، އެފްރިކާގެ އެހެން ސަރަހައްދުތަކަށް ބަލި ފެތުރިދާނެކަމުގެ ބިރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ. މި ފަހަރުގެ އައުޓްބްރޭކް ފެށިފައިވަނީ ކޮންގޯގެ އިރުމަތީ އިތޫރީ ޕްރޮވިންސުންނެވެ. މި ބަލި ފެތުރެނީ އެބޯލާގެ ނާދިރު ބާވަތެއް ކަމަށްވާ […]

ޓްރަމްޕްގެ އިންޒާރުތަކާއި އެކުވެސް ތައިވާންގެ މިނިވަންކަން އެގައުމުން އަނެއްކާވެސް އިއުލާންކޮށްފި

ތައިވާން އަކީ އަމިއްލަ މިނިވަން މުސްތަގިއްލު ގައުމެއްކަމަށް އެގައުމުން އަނެއްކާވެސް އިއުލާން ކޮށްފިއެވެ.ތައިވާން އަކީ ޗައިނާގެ ދަށުގައިވާ ކޮލޮނީ އެއްކަމަށް ޗައިނާއިން ދައުވާ ކުރަމުންދާއިރު،ޗައިނާއަށް ކުރެއްވި ދަތުރުފުޅަކަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތައިވާނުން މިނިވަންކަން އިއުލާން ކޮށްގެންނުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ. އަދި ތައިވާން އަށް އެމެރިކާއިން ވިއްކާގޮތަށް އޮތް 11 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމާބެހޭގޮތުން އަދި ގޮތެއް ނުނިންމާކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައި ވެއެވެ.ސެލްފް-ޑިފެންސް ނުވަތަ އަމިއްލަ ދިފާއުގައި ބޭނުންކުރާނެ […]

މެދުއިރުމަތީގެ ހަނގުރާމައާ ބެހޭގޮތުން ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް!

އީރާނުގެ ހަނގުރާމައާ ގުޅިގެން ބްރިކްސް އިއްތިހާދުގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ. އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ މެދު މެންބަރު ޤައުމުތަކަށް އެއްބަސްވުމަކަށް ނާދެވި، މި ހަފުތާގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ބްރިކްސްގެ މުހިންމު ބައްދަލުވުން ނިމިގެންދިޔައީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ. މި ސަމިޓުން ހާމަވެގެންދިޔައީ، އީރާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެ، އިއްތިހާދުގެ ތެރޭގައި އޮތް ބައިބައިވުން އިންތިހާއަށް ބޮޑުވެފައިވާ މިންވަރެވެ. ދެ […]

ޔަހޫދީން ފަލަސްތީނުގެ ނަސްލު ނައްތާލަން ހަނގުރާމަކުރާތާ 78 އަހަރު!

ކޮންމެ އަހަރެއްގެ މޭ މަހުގެ 15 ވަނަ ދުވަހަކީ ފަލަސްތީނުގެ ބިމުގައާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ”ނަކްބާ ދުވަސް“ ފާހަގަކުރާ ދުވަހެވެ. މިއީ ހިތާމައާއި، ހަނދާންތައް އާކުރުމާއި، އަދި އިސްތިއުމާރާ ދެކޮޅަށް ތެދުވުމުގެ ދުވަހެކެވެ. އަރަބި ބަހުން ”ނަކްބާ“ ގެ މާނައަކީ ”ކާރިސާ“ އެވެ. މި ބަސް ނިސްބަތްވަނީ 1948 ވަނަ އަހަރު އިޒްރޭލުގެ ދައުލަތް އުފެއްދުމަށްޓަކައި، ޒަޔަނިސްޓް ހަނގުރާމަވެރިން ފަލަސްތީނުގެ ރަށްތައް ސުންނާފަތިކޮށް، އެތައް ހާސް އާއިލާއެއް އެމީހުންގެ އަމިއްލަ ވަޒަނުން […]

މެދުއިރުމަތީގެ ހަނގުރާމައިގެ ރާޅުތައް ޔޫރަޕްގެ ގޮނޑުދޮށާ ހަމަޔަށް

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އީރާނުގެ އިގްތިސާދު އިނދަ ޖައްސާލުމުގެ ގޮތުން އެގައުމުގެ އެއްވެސް ބަނދަރަކަށް ކަނޑުމަގުން ދަތުރުކުރުން މަނާކޮށް އެމެރިކާގެ ކަނޑު ސިފައިންގެ ބާރުތަކުން ގެންދަނީ އެކަން ކަށަވަރު ކުރަމުންނެވެ. އެކަމަކު ބައެއް މީޑިއާތަކުން ހާމަކުރަމުން ގެންދާ ގޮތުގައި އެމެރިކާގެ ފިޔަވަޅުތައް މިހާރުވެސް ދަނީ ފޭލިވަމުންނެވެ. އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ރާޅުތައް މެދުއިރުމަތީގެ ހަނި ކަނޑުއޮޅިތަކުން ނިކުމެ ޔޫރަޕްގެ ގޮނޑުދޮށްތަކަށް ބީއްސަން ފަށައިފިއެވެ. މިހާތަނަށް އެ ރާޅުތަކުގައި ސުނާމީއެއްގެ […]

ބާސެލޯނާގެ ލަމީން ޔަމާލް، ލަ ލީގާގެ ކާމިޔާބީގައި ވިހުރުވާލީ ފަލަސްތީނުގެ ދިދަ!

ދުނިޔޭގެ ސަމާލުކަން ހުއްޓުނު ވަގުތެއްގައި، ބާސެލޯނާގެ އެންމެ ޒުވާން އަދި އުންމީދީ ތަރި ލަމީން ޔަމާލް، ހޯމަ ދުވަހު ބޭއްވި ލަ މީގާ ކާމިޔާބީގެ އުފާފާޅުކުރުމުގެ ތެރޭގައި ފަލަސްތީނުގެ ދިދައެއް ހޫރުވައި، ފުޓްބޯޅައިގެ ކާމިޔާބީއާއެކު ސިޔާސީ ވަރުގަދަ މެސެޖެއް ދީފިއެވެ. ބާސެލޯނާގެ މަގުތަކަށް ގާތްގަނޑަކަށް 750,000 ސަޕޯޓަރުން ޖަމާވެ، ކްލަބުގެ ތަށީގެ ކާމިޔާބީ ފާހަގަކުރަމުން ދިޔައިރު، އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ވަނީ ހުޅުވާލެވިފައިވާ ބަހެއްގެ މަތީގައި ހުރެ ދިދަ އުފުލާލާފައެވެ. އަދި ފަހުން އެ […]