އެމެރިކާގެ ބާރުން އެމިރެޓްސްގެ ބޭންކުތަކުގައި ހިފާއްޓާފައިހުރި އީރާނުގެ ފައިސާ

ޔުނައިޓެޑް އެރެބް އެމިރެޓްސްގައި ހިފާއްޓާފައި ހުރި އީރާނުގެ އެތައް ބިލިއަން ޑޮލަރެއް އަނބުރާ އީރާނަށް ދިނުމަށް އެމިރެޓްސް އިން އެއްބަސް ވެއްޖެކަން މިދިޔަ ހުކުރު ދުވަހު ދުބާއި އަދި ލަންޑަނުން ރޮއިޓާރސް ޚަބަރު ދީފިއެވެ. އެމިރެޓްސް އިން މި ފިޔަވަޅު އަޅާފައިވަނީ އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އެމިރެޓްސް އަށް ލިބެމުންދާ ބޮޑެތި ގެއްލުން ތަކުގެ ސަބަބުން ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ. އަދި ހަނގުރާމަ ހުއްޓުވުމަށްޓަކައި އެމެރިކާއާއި އީރާނުން […]
ނެސްލޭ ކުންފުނިން އުފައްދާ މެގީ ނޫޑްލްސް ޕެކެޓްގައި ކުދި ސޫފިތަކެއް ހުންނަ ކަމަށް ދެކެވޭ ވާހަކަ އެކުންފުނިން ދޮގުކޮށްފި

ނެސްލޭ ގެ އިންޑިޔާ ކުންފުނިން އުފައްދާ މެގީ ނޫޑްލްސް ޕެކެޓް ތަކުގައި ކުދި ސޫފިތަކެއް ހުންނަ ކަމަށް ދެކެވޭ ވާހަކަ އެކުންފުނިން ދޮގު ކޮށްފިއެވެ. ނެސްލޭ އިންޑިޔާއިން ހުކުރު ދުވަހު މިހެން ބުނެފައިވަނީ މެގީ ނޫޑްލްސް ގައި ފަނިއަޅާފައި ހުންނަކަމަށް ބުނެ ސޯޝަލް މީޑިޔާގައި ބަޔަކު ކުރި ޕޯސްޓެއްގެ ކަންތައް ބަލާނެ ކަމަށްބުނެ އިންޑިޔާގެ ފުޑް ސޭފްޓީ އެންޑް ސްޓޭންޑަރޑްސް އޮތޯރިޓީ އޮފް އިނޑިޔާއިން ނެސްލޭ އަށް ނޯޓިސް ދިނުމާއި ގުޅިގެންނެވެ. ނެސްލޭ އިންޑިޔާއިން ބުނެފައިވަނީ މިފަދަ […]
ހަމަލާތަކުގެ ތެރެއިން ޓްރަމްޕާއި އީރާނުގެ ސިއްރު ”ޑީލް“ދުނިޔޭގެ އެންމެ ނުރައްކާތެރި އެއް ހަނގުރާމައަށް

ހައްލެއް ލިބިދާނެ ފަދަ ކުރިއެރުމެއް ފެންނަން އޮތްއިރު، ލުބުނާނުގައި ހަމަނުޖެހުންތައް ކުރިއަށްދިޔަ ނަމަވެސް އަދި މެދުއިރުމަތީގެ މަސްރަޙު ނުތަނަވަސްކޮށް އޮތް ނަމަވެސް، ސުލްޙައިގެ އެއްބަސްވުމަކާ ކުރިއަށްވުރެ ގާތްވެފައިވާ ކަމުގެ އިޝާރާތް އެމެރިކާއާއި އީރާނުން ވަނީ ދީފައެވެ.އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވީ، އެމެރިކާއާއެކު އޮތް ހަނގުރާމަ ނިމުމަކަށް ގެނައުމަށް އަމާޒުކޮށްފައިވާ ފަހުމުނާމާ ނިންމުމާ ”މިހާ ބޮޑަށް ދުވަހަކުވެސް ގާތްނުވާ“ ކަމަށެވެ. ނަމަވެސް، އެއްބަސްވުން އަދި ނިހާއީ ސިފައެއްގައި ނިމިފައިނުވާކަމަށް ވިދާޅުވެ، މަޝްވަރާތައް ނިމެންދެން މީޑިއާތަކުން އަމިއްލަ […]
އިންޑިޔާގެ ބިހާރުގައި ހުރި 132ފޫޓު އުސް މޮބައިލް ފޯން ޓަވަރެއް ވަގަށް ނަގައިފި

އިންޑިޔާގެ ބިހާރުގައި ހުރި 132ފޫޓު އުސް މޮބައިލް ފޯން ޓަވަރެއް ވަގަށް ނެގުމާއި ގުޅިގެން ފުލުހުން މައްސަލަ ބަލަމުން ދާކަމަށް ޚަބަރު ލިބެއެވެ. ބިހާރުގެ ބޫޒަރު ޑިސްޓްރިކްޓްގައި ހިނގާފައިވާ މިވައްކަމުގައި 15 ކޭވީއޭ ޖެނަރޭޓަރަކާއި ޓަވަރާގުޅޭ ޓެލެކޮމް އިކްއިޕްމަންޓް ތަކެއްވެސް ވަގަށް ނަގާފައިވާ ކަމަށް ވެއެވެ. އެތައް އަހަރެއް ވަންދެން އެއްތަނެއްގައި ހުރި ޓަވަރު ވަގަށް ނެގިކަންވެސް ނޭގި ގެއްލިފައި ވުމުން އެޑިސްޓްރިކްޓްގެ އާންމުންނާއި އަދި އިދާރާތަކުން ހައިރާންކަން ފާޅުކުރަމުން ދާކަމަށް ވެއެވެ. ޓަވަރު ހުރި ތަނުގައި […]
ވަރޑް ކަޕްއާއި ދިމާކޮށް ނިއުޔޯކް އަށް ”އައިސް“ އެޖެންޓުން ފޮނުވުމަށް ޓްރަމްޕް ކުރި މަސައްކަތް މަމްދާނީ ހުއްޓުވައިފި

ވަރޑް ކަޕްއާއި ދިމާކޮށް ނިއުޔޯކް އަށް ”އައިސް“ އެޖެންޓުން ފޮނުވުމަށް ރައީސް ޓްރަމްޕް ކުރި މަސައްކަތް މޭޔަރ މަމްދާނީ ހުއްޓުވައިފި އެވެ. އައިސް އެޖެންޓުންނަކީ އެމެރިކާގައި އިމިގްރޭޝަން އެންޑް ކަންސްޓަމްސް އެންފޯސްމަންޓް އޭޖެންޓުންގެ ނަމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ގުންޑާ ފައުޖެކެވެ. މިފައުޖުން އާންމު ގޮތެއްގައި ކުރާ މަސައްކަތަކީ އެހެން ގައުމު ތަކުން އެމެރިކާއަށް ބަދަލު ވެފައިވާ މީހުންގެ ދިރިއުޅުން ދަތިކޮށް އެމީހުން ގަދަބާރުން ގައުމުން ފޮނުވާލުމެވެ. މިއީ ރައީސް ޓްރަމްޕް ގެ ޚާއްސަ އެންގުމަކަށް ކުރާ […]
ގްލޯބަލް އޯޑަރ އަލަށް ފަރުމާކުރުން އެމެރިކާ ބައިވެރި ކުރުމަކާ ނުލައި

މި ވަގުތު ދުނިޔޭގައި ފެށިގެން ހިނގަމުންދާ އެންމެ މުހިންމު ބައްދަލުވުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ބައިވެރިކުރުމަކާ ނުލައި އަރމީނިއާގެ ޔެރެވާންގައި ކުރިއަށް ދާކަން މީޑިއާތަކަށް ހާމަވެއްޖެއެވެ. އެ ބައްދަލު ކުރެއްވުމުގައި ބައިވެރިވަމުން ގެންދަވާ ޔޫރަޕްގެ 40 ގައުމެއްގެ ސިޔާސީ އެންމެ އިސް މަންދޫބުންގެ ކުރިމައްޗަށް ހުށައެޅިފައިވާ މައްސަލަތަކުގައި ގޮތެއް ނިންމުމަށް އއެމެރިކާގެ ރައިސް ނެތިގެން ވަގުތު ބޭކާރުކުރަން ބޭނުމެއް ނުވެއެވެ. ދައުވަތު ދީފައިވާ ޔޫރަޕްގެ ގައުމެއްގެ ގޮތުގައި ނުބެލެވޭ ހަމައެކަނި ގައުމަކީ ކެނެޑާއެވެ. ޒެލެންސްކީ އާއި […]
ދުނިިޔޭގެ ފުޓްބޯޅަ މެޗުތަކުގެ ޓިކެޓް އަގުބޮޑުކަމުން ގިނަގޮނޑިތަކެއް ފެންނަނީ ހުސްކޮށް

މެކްސިކޯގެ ގޮޑަލަޔާރާ ފުޓުބޯޅަ ސްޓޭޑިއަމްގެ ގޮނޑިތައް ފުރިފާކަމަށް ފީފާއިން ބުނަމުން ގެންދިޔަކަމުގައިވިޔަސް ބުރާސްފަތި ދުވަހު ބޭއްވުނު ދެކުނު ކޮރެއާއާއި ޗެކް ރިޕަބްލިކްގެ މެޗްގައި ގިނަގޮނޑިތަކެއް ހުރީ ހުސްކޮށް ކަމުގައި ފެންނަ ފޮޓޯތަކުން އެނގިއްޖެއެވެ. ދި އެޓްލާންޓިކުން ޚަބަރުދީފައިވާގޮތުގައި ސްޓޭޑިއަމްގެ އެކި ހިސާބުގައި ގިނައަދަދެއްގެ ހުސްގޮނޑި ފެންނަމުން ދިޔައިރު ވީ އައި ޕީ ގައި ގިނަ ގޮނޑިތަކެއްވެސް ހުރީ ފަޅުކޮށެވެ. ފީފާއިން ރިޕޯރޓްކޮށްފައިވާ ގޮތުގައި ގޮޑަލަޔާރާ ފުޓުބޯޅަ ސްޓޭޑިއަމްގެ ފުލް ކެޕޭސިޓީ އަކީ 46000 އެވެ. މެޗް ބެލުމަށްޓަކައި […]
އީރާން އާރާސްތުކުރަން އެންމެ ފުރަތަމަ އެހީތެރިވި ޔޫރަޕްގެ ގައުމަކަށް ސްޕޭން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އީރާނަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރަން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން ގައުމެއްގެ ޝަރަފް ސްޕޭނުން ލިބިގެންފިއެވެ. ސްޕޭނުން މިފަހަރު އީރާނަށް ފޯރުކޮށްދީފައިވަނީ އެއް ކްރޯޑް ޔޫރޯގެ ދީލަތި އެހީއެކެވެ. ސްޕޭނާއެކު ޔޫރަޕްގެ އެހެން ގައުމުތަކުންވެސް އީރާން އަލުން އާރާސްތުކުރުމަށްޓަކައި އެހީތެރިވެ ދިނުމަށް ސްޕޭންގެ ޚާރިޖީވަޒީރު ޖޯސެ މެނުއަލް އަލްބަރެސް ގެންދަވަނީ ގޮވާލައްވަމުންނެވެ. އެމަނިކުފާނު ވިދާޅުވަމުންގެންދަވަނީ ދުނިޔޭގެ ސަލާމަތާއި ރައްކާތެރިކަމާއި ދޭދޭ ގައުމުތަކުގެ އިސްތިގްލާލް ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މަގުބަންދުކޮށް […]
އީރާނުން އެމެރިކާގެ 18 އަމާޒަކަށް ރޭގަނޑު ދިން ހަމަލާގެ ތަފްސީލް

އީރާނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން އާ ވައިގެ ހަމަލާތަކަކާ ގުޅިގެން، މެދުއިރުމަތީގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އީރާނުން ބަދަލުހިފުމުގެ ހަމަލާތަކެއް ދިނުމާއެކު، އެމެރިކާއާއި އީރާނާ ދެމެދު އޮތް ހަމަނުޖެހުން ނުރައްކާތެރި އާ މަރުހަލާއަކަށް ވަދެފިއެވެ. އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އައި.އާރް.ޖީ.ސީ އިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހުގެ ފަތިހުގެ ވަގުތެއްގައި ބަހްރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ ސިފައިންނާ ގުޅުންހުރި އެތައް އަމާޒުތަކަކަށް ބެލިސްޓިކް މިސައިލާއި ޑްރޯން ހަމަލާތަކެއް ވަނީ ދީފައެވެ. […]
އެެމެރިކާގެ ހަމަލާއަށްފަހު އީރާނު ބޮޑު ކާރިސާއެއްގެ ތުންފަތްމަތީ!

އީރާނަށް އެމެރިކާއިން ދިން އާ ހަމަލާތަކެއްގައި، އެތައް ހާސް އާންމުންނަށް ފެން ފޯރުކޮށްދޭ މުހިންމު ވަސީލަތްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ބުނުމާ ގުޅިގެން، ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އަންގާރަ ދުވަހުގެ ރޭ ދިން މި ހަމަލާތަކަކީ ހޮރްމޫޒް ކަނޑުއޮޅި ކައިރިން އެމެރިކާގެ އަޕާޗޭ ހެލިކޮޕްޓަރެއް ވައްޓާލުމާ ގުޅިގެން ދިން ހަމަލާތަކެކެވެ. ވޮޝިންޓަނުން މި އޮޕަރޭޝަން ސިފަކުރީ އީރާނުގެ އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ހިންގި ”އަމިއްލަ ދިފާއީ“ ހަރަކާތެއްގެ ގޮތުގައެވެ. ނަމަވެސް، […]