ކެއުމަށް ބޭނުން ކުރުމަށް ވަގަށް ނަގާފައިވާ އެތައްސަތޭކަ ބުޅާ ފުލުހުން މިނިވަން ކޮށްފި

ވިއެޓްނާމްގައި ކެއުމަށް ބޭނުން ކުރުމަށް ވަގަށް ނަގާފައިވާ ހަތަރު ސަތޭކައަށް ވުރެގިނަ ބުޅާ ފުލުހުން މިނިވަން ކޮށްފި އެވެ. އެނިމަލް ވެލްފެއާ ގްރޫޕަކުން މައުލޫމާތު ދީފައިވާ ގޮތުގައި ކެއުމަށް ބުޅާމަސް ބޭނުންކުރާ ގްރޫޕަކުން ބުޅާ ވަގަށް ނަގާ މައްސަލަ އޭގެ ކުރިން ވަނީ އިދާރަކުން ބަލާ ތަހުގީގް ކޮށްފައެވެ. ހޯޗީމިން ސިޓީ ގެފުލުހުންނާ ހަވާލާދީ ލިބޭ ހަބަރުތައް ބުނާ ގޮތުގައި މަސްކެއުމަށް ކަތިލުމަށްޓަކާ ބުޅާ ވަގަށް ނަގާ ކްރިމިނަލް ގްރޫޕަކުން ކުރަމުން އައި ކަންތައް ހުއްޓުވާ މިކަމުގައި […]
ސުލްހައިގެ އެއްބަސްވުން އަނެއްކާވެސް ނާޒުކު ފައްތަރެއްގައި

ހަނގުރާމަ ހުއްޓާލުމަށް އޮތް ފިއްތުންތަކަށް އިޒްރޭލުން ދެކޮޅުހަދައި، ލުބުނާނާއި ސޫރިޔާގައި އަދިވެސް ހަނގުރާމަ ކުރިއަށް ގެންދިއުމަށް އިސްރާއިލުން ނިންމައިފިއެވެ. ބައިނަލްއަގުވާމީ ފިއްތުންތައް އިތުރުވަމުންދިޔަ ނަމަވެސް އަދި ސަރަހައްދީ ނުތަނަވަސްކަން ކުޑަކުރުމަށް އެމެރިކާއާއި އީރާނާ ދެމެދު ދާދިފަހުން އެއްބަސްވި ސީޒްފަޔަރއާ ހިލާފަށް، ލުބުނާނާއި ސޫރިޔާގެ ހިފާފައިވާ ސަރަހައްދުތަކުން އިޒްރޭލު ފަހަތަށް ނުޖެހޭނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއުލާނުކޮށްފިއެވެ.ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަތަންޔާހޫ ވިދާޅުވީ، ލުބުނާނުގެ ދެކުނުގައި އޭނާ ސިފަކުރެއްވި ”ސެކިއުރިޓީ […]
އިންޑޮނީޝިޔާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑޮނީޝިޔާގެ ސެންޓްރަލް ސުލަވެސީ ޕްރޮވިންސަށް6.7ގެބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.އަންގާރަދުވަހު ހެނދުނު އައި ބިންހެލުމާއި ގުޅިގެން ބާރުގަދަ އާފްޓަރ ޝޮކްތައްވެސް އައިސްފައިވާކަމަށް ޚަބަރު ލިބެއެވެ. ހަތަރު ލައްކައެއްހާމީހުންގެ އާބާދީ އެއް އޮންނަ ޕާލޫސިޓީ އަށް އައި ބިންހެލުމުގައި މިނެޓެއްހާއިރުވަންދެން ވަރަށް ބޮޑަށް ހެލުންތައް އައި ކަމަށް ވެއެވެ.އެކި ދިމާދިމާލުން އިމާރާތްތަކަށް ގެއްލުންތައް ލިބުނު ކަމަށް ރިޕޯޓް ކޮށްފައިވާއިރު،ބައެއް ހޮސްޕިޓަލް ތަކުން އައިވީ ގުޅާފައިވާ ބަލިމީހުންވެސް ބޭރަށް ނެރެފައި ވެއެވެ.ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ޕާލޫ […]
ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް އީލޯން މަސްކު

ދުނިޔޭގެ މަހުޖަނު އީލޯން މަސްކް، ފުރަތަމަ ޓްރިލިއަނަރު ގެ ގޮތުގައި ފާހަގަ ކުރެވިއްޖެއެވެ. އިލޯންމަސްކަށް މިލަގަބް ލިބިފައިވަނީ އޭނާގެ ސްޕޭސް އެކްސް އަދި ޓެސްލާ ކުންފުނިން ލިބޭ އާމްދަނީ ހުކުރުދުވަހު 1.5 ޓްރިލިއަން ޑޮލަރަށް އެރުމާއި ގުޅިގެންނެވެ. މިރެކޯޑާއި އެކު އީލޯން މަސްކްގެ އާމްދަނީ ވަނީ 160 ވަރަކަށް ގައުމެއްގެ މުޅި ޖީޑީޕީ އަށް ވުރެ މަތި ވެފައެވެ.2025 ވަނަ އަހަރު އެމެރިކާގެ ޖީޑީޕީ 30.6 ޓްރިލިއަން ޑޮލަރު ގައި ހުރިއިރު މަސްކުގެ މުއްސަނދިކަން މިވަނީ މުޅިއެމެރިކާގެ […]
ޕާކިސްތާނަށް ޗުއްޓީ އަށް ގޮސްހުރި އޮސްޓްރޭލިޔާގެ ކުޑަކުއްޖަކު ގަޔަށް ފުލުހުން ބަޑިޖަހާ މަރާލައިފި

ޕާކިސްތާނަށް ޗުއްޓީ އަށް ގޮސްހުރި އޮސްޓްރޭލިޔާގެ ކުޑަކުއްޖަކު ގަޔަށް ފުލުހުން ބަޑިޖަހާ މަރާލުމާއި ގުޅިގެން މައްސަލަ އަވަހަށް ބަލާދިނުމަށް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސެ ގޮވާލައްވައިފިއެވެ.އުމުރުން 9 އަހަރުގެ ހާނިއާ އަހުމަދު ކިޔާ ކުޑަކުއްޖާ ޕާކިސްތާނަށް ދިޔައީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރުމަށެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ޕަންޖާބް ޕްރޮވިންސް ގައި ހިނގި މިހާދިސާ ގައި ހާނިޔާގެ އާއިލާ ދަތުރު ކުރި ކާރަށް ހަތިޔާރު އެޅި ވަގުންގެ ބަޔަކު ހަމަލާދީ ކާރު ހިފެހެއްޓުމާއި ގުޅިގެން ވަގުންނާއި […]
އެމެރިކާ އިން ދިން ހަމަލާއާއެކު އިންޑިއާއާ އޮތް ގުޅުން ހީނަރުވެއްޖެ!

އެމެރިކާއިން، އިންޑިއާގެ ތެޔޮ އުފުލާ ބޯޓަކަށް ދިން ހަމަލާއެއްގައި 3 މީހަކު މަރާލައިފިއެވެ. އޮމާން ކަނޑުން ދަތުރުކުރި، އިންޑިއާގެ 24 ފަޅުވެރިން ތިބި ވިޔަފާރި އުޅަނދަކަށް އެމެރިކާ ސިފައިން ދިން ނުރައްކާތެރި އެ ހަމަލާ އަމާޒުވީ، ދެ ހަފުތާގެ ތެރޭގައި ދިން 60 އެއްހާ އަނގަބަހުގެ އިންޒާރާއި އަސްކަރީ އެކި ސިގްނަލްތަކަށް އެ އުޅަނދުން އިޖާބަނުދިނުމުން ކަމަށް އެމެރިކާގެ އޮފިޝަލުން ވަނީ ބުނެފައެވެ. އިންޑިއާ އާއި އެމެރިކާއާ ދެމެދު ހާރިޖީ ނުތަނަވަސްކަން އުފެދުނު މި ހާދިސާގައި، އިންޑިއާގެ […]
އެމެރިކާ-އީރާން: 100 ދުވަހުގެ ހަނގުރާމައަށްފަހު ތާރީޚީ ސުލްހައަކަށް!

100 އަށްވުރެ ގިނަ ދުވަހުގެ ކުރިމަތިލުންތަކަށްފަހު، އެމެރިކާއާއި އީރާނުން ތާރީޚީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. މިއާއެކު މުޅި މެދުއިރުމައްޗަށް ހަމަޖެހުން އައުމަށާއި، ދުނިޔޭގެ އެންމެ މުހިންމު އެއް ކަނޑުގެ ދަތުރުފަތުރުގެ މަގު އަލުން ހުޅުވިގެންދާނެ ކަމުގެ އުންމީދު ވަނީ އާވެފައެވެ. ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށްފަހު، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ވެވޭ އެއްބަސްވުމުގައި އަންނަ ހުކުރު ދުވަހު ސޮއިކުރާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިޢުލާނު ކުރައްވާފައެވެ. […]
އިޒްރޭލުން ޣައްޒާގެ ނަސްލު ނައްތާލަން ކުރިން ރޭވިގޮތުގެ ތަފްސީލު

އިޒްރޭލުގެ ނޫހެއް ކަމަށްވާ ”ހާރެޓްޒް“ އިން ފާހަގަކޮށްފައިވާ އާ ތަހުގީގަކާއެކު، ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި ހަނގުރާމައިގެ އަސްލާ މެދު އުފެދިފައިވާ ބަހުސްތައް އަލުން ވަނީ ހޫނުވެފައެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއަދު ފެންނަމުންދާ ހާދިސާތަކަކީ މީގެ އެތައް އަހަރެއް ކުރިން އެކުލަވާލާފައިވާ ސިޔާސަތުތަކާއި ރޭވުންތަކެއްގެ ނަތީޖާއެވެ.މި ބަހުސް އިތުރަށް ވަރުގަދަވެގެން ދިޔައީ 1967 ވަނަ އަހަރުގެ ހަ ދުވަހުގެ ހަނގުރާމައިގައި ބައިވެރިވި އިޒްރޭލު ސިފައިންގެ ކުރިން ހާމަނުކުރާ ބަޔާންތަކެއް ފެންމަތިވުމާ ގުޅިގެންނެވެ. އަބްރަހަމް ޝަޕީރާ ލިޔެފައިވާ […]
އިސްރާއީލުގެ ޔަހޫދީން، ތުރުކީއަކީވެސް ޢަދާވާތްތެރި ދައުލަތެއް ކަމަށް އިއުލާނުކޮށްފި!

މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކާ ގުޅިގެން ސަރަހައްދީ ދެ ބާރުގެ މެދުގައި ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އިސްރާއީލުގެ ޕާލަމެންޓް މެންބަރަކު ތުރުކީއަކީ ”ޢަދާވާތްތެރި ދައުލަތެއް“ ކަމަށް އާންމުކޮށް އިއުލާނުކުރުމާއެކު، ދެ ގައުމުގެ ގުޅުން އިތުރަށް ގޯސްވެއްޖެއެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަންކުރާ ލިކޫޑް ޕާޓީގެ މެންބަރެއް ކަމަށްވާ އެރިއަލް ކެލްނާ މި މޭރުމުން ވާހަކަދެއްކެވީ ’ގަލޭ އިސްރާއީލް‘ ރޭޑިއޯއަށް ދެއްވި އިންޓަވިއުއެއްގައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ތުރުކީއަކީ ”ހުރިހާ ގޮތަކުން ބެލިޔަސް ޢަދާވާތްތެރި ދައުލަތެކެވެ.“ އަދި ތުރުކީގެ […]
ސިއްރު އެއްބަސްވުމެއް؟ އީރާނުގެ ފައިސާގެ މައްސަލާގައި ޔޫއޭއީ ހޫނުފެނަށް!

އީރާނުގެ ފްރީޒްކޮށްފައިވާ އެތައް ބިލިއަން ޑޮލަރު ދޫކޮށްލުމަށް ޔުނައިޓެޑް އެރަބް އެމިރޭޓްސް ”ޔޫއޭއީ“ އިން އެއްބަސްވެފައިވާ ކަމަށް ބުނާ ރިޕޯޓަކާ ގުޅިގެން މެދުއިރުމަތީގެ ސަމާލުކަން އަނެއްކާވެސް މިކަމަށް ހުއްޓިފައިވާއިރު، އަބޫދާބީން ވަނީ މި ތުހުމަތުތައް ވަރުގަދައަށް ދޮގުކޮށްފައެވެ. ރޮއިޓާސްއިން ހަވާލާދީފައިވާ މަސްދަރުތަކުން ބުނާ ގޮތުގައި، މަސްރަހު ފިނިކުރުމަށާއި އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް ކުރެވޭ މަސައްކަތުގެ ދަށުން، އީރާނާ ގުޅުންހުރި 10 ބިލިއަނާއި 20 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއްގެ ފައިސާ ދޫކޮށްލުމަށް […]