އިންޑޮނީޝިޔާގެ ސެންޓްރަލް ސުލަވެސީ ޕްރޮވިންސަށް6.7ގެބާރު މިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.އަންގާރަދުވަހު ހެނދުނު އައި ބިންހެލުމާއި ގުޅިގެން ބާރުގަދަ އާފްޓަރ ޝޮކްތައްވެސް އައިސްފައިވާކަމަށް ޚަބަރު ލިބެއެވެ.
ހަތަރު ލައްކައެއްހާމީހުންގެ އާބާދީ އެއް އޮންނަ ޕާލޫސިޓީ އަށް އައި ބިންހެލުމުގައި މިނެޓެއްހާއިރުވަންދެން ވަރަށް ބޮޑަށް ހެލުންތައް އައި ކަމަށް ވެއެވެ.
އެކި ދިމާދިމާލުން އިމާރާތްތަކަށް ގެއްލުންތައް ލިބުނު ކަމަށް ރިޕޯޓް ކޮށްފައިވާއިރު،ބައެއް ހޮސްޕިޓަލް ތަކުން އައިވީ ގުޅާފައިވާ ބަލިމީހުންވެސް ބޭރަށް ނެރެފައި ވެއެވެ.
ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން މައުލޫމާތު ދީފައިވާ ގޮތުގައި ޕާލޫ ސިޓީ އާއި ހަތާވީހަކަށް މޭލުދުރަށް އައި ބިންހެލުން ފެށިފައިވަނީ ބިމުގެ ދިހަވަރަކަށް ކިލޯމީޓަރު އަޑިންނެވެ.ދެވަނައަށް އެންމެ ބާރުގަދަ ހެލުން 5.2ގެ ބާރުމިނުގައި އައިސްފައިވާއިރު، ސުނާމީގެ ނުރައްކަލެއް ނެތްކަމަށް ޚަބަރު ލިބެއެވެ.
އިންޑޮނީޝިޔާ އޮންނަ ތަނުގެ ގޮތުން އެގައުމަށް ބިންހެލުން އައުމަކީ އާންމު ކަމެކެވެ.
![]()
