ޕްލީޒް ޕިކަޕް ދަ ކޯލް

އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ވިލާގަނޑު އަނެއްކާވެސް ބާރުގަދަ ތޫފާނަކަށް ބަދަލުވަމުންދާ މިވަގުތުގައި ޑިޕްލޯމެޓިކް ޗެނަލްތަކުން އެންމެ ގިނައިން ފެންނަމުންދާ މެސެޖަކީ “ ޕްލީޒް ޕިކަޕް ދަ ކޯލް “ ކަން ހާމަވެއްޖެއެވެ. ބައެއް ސުރުޚީ ތަކުގައި އެމެރިކާއިން އަމާންދޭން ބޭނުންވާކަމަށް ބުނަމުންދާއިރު އެއީވެސް ހަގީގަތެއް ކަމުގައި ނުބެލެވެއެވެ. ކަށަވަރު ކުރެވޭ ހަމައެކަނި ޚަބަރަކީ ވަގުތީ ގޮތުން ހަނގުރާމަ ހުއްޓާލަން ސުވިޒަރލޭންޑުގައި އެމެރިކާއާއި އީރާނުން ވެވުނު އެއްބަސްވުމުގައި ގިނަ ރެނދުތަކެއްއަޅައި ކޮންމެ ވަގުތެއްގައިވެސް އޭގެ ބައިތައް […]
އެމެރިކާއާއި-އީރާނުގެ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިންމާލީތަ؟ ދެން ވާނީ ކިހިނެއް؟

އެމެރިކާ އާއި އީރާނާ ދެމެދު ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ ނުސީދާ މަޝްވަރާތައް ބޮޑު ކުރިއެރުމަކާ ނުލައި ނިމިއްޖެއެވެ. ނަމަވެސް، މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތަކުން މި މަޝްވަރާތަކަކީ ”އެދެވޭ ކުރިއެރުންތަކެއް“ ލިބުނު ބައްދަލުވުންތަކެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު، ދެ ފަރާތުން ވެސް ވަނީ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އެއްބަސްވެފައެވެ. ފަންނީ ފެންވަރުގައި ބޭއްވުނު މި މަޝްވަރާތައް ކުރިއަށްދިޔައީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު އަސްކަރީ ނުތަނަވަސްކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މީގެ ތެރޭގައި ސްޓްރެޓީޖިކް ގޮތުން މުހިންމު ހޯރްމުޒް ކަނޑުއޮޅިއާ ގުޅުންހުރި […]
ބޭސްވެރިކަމުގެ ނަމުގައި 229,000 މީހުން މަރުވާން ދޫކޮށްލަން އެމެރިކާ ސަރުކާރުން ސޮއިކުރީތަ؟

އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެފައިވާ ބޭހުގެ ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން އިތުރު 229,000 މީހުން މަރުވެދާނެ ކަމުގެ އިންޒާރު އާ ދިރާސާއަކުން ދީފިއެވެ. އިނގިރޭސިވިލާތާއި އެމެރިކާއާ ދެމެދު ވެފައިވާ ފާމަސޫޓިކަލް ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ކުރިމަތިވެދާނެ ދިގު މުއްދަތުގެ ނޭދެވޭ އަސަރުތަކާ މެދު އާ ދިރާސާއަކުން ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ. މި ދިރާސާގައި އިންޒާރު ދީފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް އަށް ކުރިމަތިވާނެ އިތުރު ޕްރެޝަރުގެ ސަބަބުން، ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި […]
އިރާގުގައި ކޮރަޕްޝަނާއި ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް

އިރާގުގައި ގައި ކޮރަޕްޝަނާއި ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ޕާލަމެންޓު ގެ މެންބަރެއްގެ ގެއިން އެތައް ބިލިޔަން ޑޮލަރާއި ، އިރާޤު ފައިސާއާއި އެތައް ބިލިޔަން ދީނާރާއި އެތަކެއްބައިވަރު ރަން ހޯދައިފިއެވެ.މީޑިޔާ ރިޕޯޓުގައިވާ ގޮތުން އިރާޤު ޕާލަމެންޓު މެންބަރު عالیہ ناصف ގެ ޗެކް ކުރުމުގެ ތެރޭގައި ވަނީ ، ވިހި މިލިޔަން އިރާޤު ދީނާރު( ގާތްގަނޑަކަށް 1.55) ކުރޯޑު އެމެރިކާ ޑޮލަރު) ނަޤުދު ފައިސާ އާއި 27000 ހާސް ކުރޯޑު ދީނާރުގެ ރަން އަތުލައިގަނެފައެވެ. މަޢުލޫމާތު ލިބޭގޮތުން […]
ދަނޑުމަތިން ނުފެނުނަސް، 2026 ގެ ވޯލްޑް ކަޕްގެ އެއް ވިންދަކީ ފަލަސްތީނު!

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަލަސްތީނުގެ ގައުމީ ފުޓްބޯޅަ ޓީމު ކޮލިފައި ނުވި ނަމަވެސް، ތަފާތު ސަބަބަކާ ހުރެ ފަލަސްތީނު ވެފައިވަނީ މި މުބާރާތުގައި އެންމެ ގިނައިން ދެކެވުނު އެއް ވާހަކައަށެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބޭއްވުނު މެޗުތަކުގައި ފަލަސްތީނުގެ ދިދަތައް ތަކުރާރުކޮށް ސްޓޭޑިއަމްތަކުން ފެނިގެންދިޔައިރު، ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ފުޓްބޯޅައިގެ މި ބޮޑު މައިދާނުގެ ބޭނުން ހިފައި، ގާޒާގެ ރައްޔިތުންނާ އެކު ތިބިކަން ހާމަކޮށްފައެވެ. މި ހަރަކާތްތައް ހަމައެކަނި އެއް […]
4 ދުވަސް ފަހުން، އިމާރާތްތަކުގެ އަޑިން ބަފައަކާއި ދަރިއަކު ދިރިތިއްބާ ސަލާމަތްކޮށްފި!

ވެނެޒުއޭލާއަށް އައި ބާރުގަދަ ދެ ބިންހެލުމެއްގައި އެ ގައުމުގެ ބައެއް ސަރަހައްދުތައް ސުންނާފަތިވިތާ ގާތްގަނޑަކަށް ހަތަރު ދުވަސް ފަހުން، އިމާރާތްތަކުގެ ކުނިބުނީގެ ދަށުން ބަފައަކާއި އޭނާގެ ފުރާވަރުގެ ފިރިހެން ދަރިފުޅު ދިރިތިއްބާ ފެނިއްޖެއެވެ. މިއީ ލެޓިން އެމެރިކާގެ ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާތަކުގެ ތެރެއިން އުންމީދީ ވަގުތުކޮޅެކެވެ. އެ ގައުމުގެ ވެރިރަށް ކަރަކަސްގެ އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު ދުރުގައި އޮންނަ ކަރަބަލެޑާ ނަމަކަށް ކިޔާ ރަށުން މި ދެމީހުން ފެނިފައިވަނީ ފަރަންސޭސިވިލާތާއި […]
’ސިއްހަތަށް ރަނގަޅު‘ ކަމަށް ބެލެވޭ 3 ކާނާއެއްގައި ފޮރުވިފައިވާ ހިތުގެ ބަލީގެ ނުރައްކާ

ސިއްހަތަށް ރަނގަޅު ކަމަށް އިޝްތިހާރުކުރާ ގިނަ ކާނާތަކަކީ ހީކުރާ ވަރަށްވުރެ ހިތަށް ގެއްލުން ހުރި އެއްޗެހި ކަމަށް ވެދާނެއެވެ. ހިތުގެ ބަލިތަކާ ބެހޭ ޚާއްޞަ ޑޮކްޓަރެއް ކަމަށްވާ ޑރ. ކައިލާ ލާރާ-ބްރައިޓިންގާ ވިދާޅުވާ ގޮތުގައި، އާންމުކޮށް ބޭނުންކުރާ ބައެއް ތަކެއްޗަކީ ”ހެލްތު ހޭލޯ“ ނުވަތަ ސިއްހަތަށް ރަނގަޅު އެއްޗެއްގެ ގޮތުގައި ދައްކައިގެން އޮޅުވާލާފައިވާ ތަކެއްޗެވެ. މީގެ ސަބަބުން، މީހުންނަށް ހީވަނީ އެމީހުން އިޚްތިޔާރު ކުރަނީ ރަނގަޅު ކާނާ ކަމަށެވެ. ނަމަވެސް ހަގީގަތުގައި އެތަކެތީގެ ސަބަބުން ހިތުގެ ބަލިތަކުގެ […]
ފީފާ ވޯލްޑް ކަޕުގެ ރަން ބޫޓު މިފަހަރު ލިބޭނީ ކާކަށްބާ؟

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ގޯލްޑަން ބޫޓަށް ކުރާ ވާދަވެރިކަން އާ ހަރުފަތަކަށް ގޮސްފައިވާއިރު، މުބާރާތުގެ ނޮކްއައުޓް ބުރަށް ދާއިރު ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ލިއޮނަލް މެސީ އާއި ކީލިއަން އެމްބާޕޭ ވަނީ ލަނޑު ލިސްޓުގެ އެއްވަނައިގައި އެއްވަރުވެފައެވެ. ސްވިޑަންއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުން މޮޅުވެ، އެމްބާޕޭ ވަނީ މެސީއާ އެއްވަރުކޮށް، އޭނާ މި މުބާރާތުގައި ޖެހި ލަނޑުގެ އަދަދު ހަޔަކަށް އިތުރުކޮށްފައެވެ. 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގައި […]
އީރާނުގެ ގުޅުންތަކުގައި ގަލްފުގެ ވިސްނުން އެމެރިކާއާ ދުރަށް

ގަލްފުގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ފުށޫއެރުންތަކެއް އަންނަމުންދާކަމަށް ދަ ޓެލިގްރާފް ފަދަ ބައެއް މަޝްހޫރު މީޑިއާ ޕްލެޓްފޯރމްތަކުން ފެންނަން ފަށައިފިއެވެ. ބައެއް ރިޕޯރޓް ތަކުގައިބުނެފައިވާގޮތުން އެމެރިކާއާއި އީރާނުން ހަނގުރާމަހުއްޓާލައި މެދުއިރުމަތީގައި ދާއިމީ ސުލްހައެއް ގާއިމް ކުރުމުގެ މަޝްވަރާތައް ކުރެވެމުންދާއިރު ފަރުދާގެ އަނެއް ފަރާތުގައި ގަލްފުގެ ގައުމުތަކުން އީރާން ބަލައިގަތުމުގެ ވިސްނުމެއް އުފަންވެ އެންމެ ފުރަތަމަ ވާހަކަތައް ފެށިފައިވަނީ އީރާނާއި އޮމާނާ އެކުގައެވެ. އެއަށްފަހު އޮމާނާއި ގަތަރާ ދެމެދުގައެވެ. އަދި އެންމެފަހުން އީރާނާ ސައޫދީ އެރޭބިއާއާއި ދެމެދުގައެވެ. މަޝްވަރާތައް […]
ރަހުމެއް ނެތް އަނިޔާ: މިނިވަންވިއިރު ކޮންމެ މީހަކުވެސް ރޮއްވާލާނެ ފަދަ ހާލަތެއްގައި!

ފަލަސްތީނުގެ ނޫސްވެރިޔާ މުޖާހިދު ބަނީ މުފްލިޙަށް، މިނިވަންކަމުގެ ފެށުމަކަށް ވާނެ ކަމަށް އުންމީދުކުރި ވަގުތު ވެގެންދިޔައީ މާ ވޭންދެނިވި ހަނގުރާމައެއްގެ ފެށުމަށެވެ. ބަންދުން މިނިވަންވިތާ ހަ މަސް ދުވަސް ފަހުން، ތިން ކުދިންގެ ބައްޕަ ކަމަށްވާ މުޖާހިދު އަދިވެސް އޮތީ އައި.ސީ.ޔޫގައި ފަރުވާ ހޯދުމުގައެވެ. އޭނާ މަސައްކަތް ކުރަމުންދަނީ މިނިވަންވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ކުރިމަތިވި ސިކުނޑިއަށް ލޭ ފޭބުމުގެ ނުރައްކާތެރި ހާލަތުން އަރައިގަތުމަށެވެ. މިއަދު އޭނާއަށް ހިނގުމަށާއި، އެއްޗެހި ދިރުވުމަށާއި، އަދި ވާހަކަދެއްކުމަށް ވެސް އެހެން […]