ވޯލް ސްޓްރީޓްގައި ކަންކަން އިއުލާން ކުރުމަށް ޖަހާ ރަނުގެ ރަނގަބީލު ރައީސް ޓްރަމްޕް ”ވަގަށް“ ނަންގަވައިފި

އެމެރިކާގެ މާލީ ކަންކަން އިއުލާން ކުރާ މައި ހަބް، ވޯލްސްޓްރީޓް ގައި މުހިންމު ކަމެއް އިއުލާން ކުރުމުގެ ކުރިންޖަހާ ރަނުގެ ރަނގަބީލު ރައީސް ޓްރަމްޕް ”ވަގަށް“ ނަންގަވާފައިވާ ކަމަށް ޚަބަރު ލިބެއެވެ. ހޯމަ ދުވަހު ޓްރަމްޕް ވަނީ ކުޑަކުދިން ގެ ނަމުގައި ފައިސާ ފަހަށް ރައްކާކުރުމަށް ހިންގާ ޚާއްސަ ޕްރޮގްރާމް،“ޓްރަމްޕް އެކައުންޓް“ގެ ފެށުން ވައިޓް ހައުސްގެ އޯވަލް އޮފީހުން އިއުލާން ކުރައްވާފައެވެ.މިކަމަށްޓަކާ ސަރުކާރުން ވަނީ ވޯލްސްޓްރީޓް ގައި އެކަމަށް ޖަހާ ޚާއްސަ ރަނުގެ ރަނގަބީލު ވައިޓްހައުސް އަށް […]
އަމިއްލަ ބައްޕައަށް އަލްވަދާއު ކިޔާލުމުގެ ހައްގުންވެސް މަހުރޫމްވެއްޖެ!

އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށްޓަކައި އެތައް މިލިއަން ބަޔަކު މުޅި އީރާނުގައި ޖަމާވެއްޖެއެވެ. އަސަރުގަދަ ޖަނާޒާގެ ރަސްމިއްޔާތުތަކުގެ ތެރޭގައި ދުނިޔޭގެ ލީޑަރުންނާއި، އިސް އޮފިޝަލުންނާއި، ބޮޑެތި ގުރޫޕުތަކުން މަގުތައް ފުރާލާފައިވާއިރު، އެކަކު ނެތުމުން ގިނަ ބައެއްގެ ހިތްތައް ކުދިކުދިވެ، ސުވާލުތައް އުފެދުނެވެ. އެއީ ޚާމަނާއީގެ އަމިއްލަ ދަރިފުޅު، އީރާނުގެ އައު އެންމެ މަތީ ވެރިޔާ މުޖުތަބާ ޚާމަނާއީއެވެ. ގިނަ ބަޔަކަށް ޖަނާޒާގެ އެންމެ ހިތާމަވެރި ބަޔަކީ، މުޖުތަބާއަށް […]
އެމެރިކާ ޑޮލަރުގައި ސޮއިކުރުމުގެ ޝަރަފް ލިބުނު ފުރަތަމަ ރައީސަކަށް ޓްރަމްޕް

އެމެރިކާގައި އަލަށް ތައާރުފް ކުރެވޭ 100 ޑޮލަރު ބޭންކު ނޫޓުގައި އެގައުމުގެ 250 ވަނަ މިނިވަން ދުވަހާ ދިމާކޮށް މިހިނގާ ޖުލައިމަހުގެ 3 ވަނަދުވަހު މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ސޮއިކުރެއްވުމުގެ ޝަރަފް ލިބިވަޑައިގެންފިއެވެ. އާންމުގޮތެއްގައި އެމެރިކާ ޑޮލަރުގައި ސޮއި ކުރައްވަނީ މާލީއްޔަތާ ބެހޭ ވަޒީރާއި ޓްރެޒަރަރއެވެ. މިއީ އެމެރިކާގެ ރައީސަކު އެ ގައުމުގެ ފައިސާގައި ސޮއިކުރެއްވި ފުރަތަމަ ފަހަރެވެ. އެމެރިކާގެ މާލީ ވަޒީރު ސްކޮޓް ބެސެންޓް ދެކިވަޑައިގަންނަވާގޮތުގައި 100 ޑޮލަރ ނޫޓުގައި ރައީސް ޓްރަމްޕް ސޮއިކުރެއްވުމަކީ […]
ހުރުމުޒް ކަނޑުއޮޅީގެ ދަތުރުތައް އީރާނާއި އޮމާނުން ގުޅިގެން ހިންގުމަށް އެއްބަސް ވެއްޖެ

އެމެރިކާއާއި އީރާނުން ސުވިޒަރލޭންޑުގައި އެއްބަސްވެފައިވާ މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގެ 5 ވަނަ މާއްދާގެ މައްޗަށް ބިނާކޮށް އީރާނާއި އޮމާނުން ހޮރްމުޒް ކަނޑުއޮޅިން ކުރާ ދަތުރުތައް ގަވައިދަކަށް ފެއްތުމަށް އެއްބަސްވެވިއްޖެކަމުގައި ޗައިނާގެ އޮފިޝަލުންތަކަކާއެކު ބޭއްވުނު ބައްދަލު ކުރެއްވުމެއްގައި އީރާނުގެ މަޖިލީސްގެ ރައީސް މުހަންމަދި ބާޣިރު ގަލިބާފް ވިދާޅުވެއްޖެއެވެ. އެމް އޯ ޔޫ ފަނިކޮށްލުމަށްޓަކައި އިސްރާއީލުން މަކަރުވެރި ގިނަ އުކުޅުތަކެއް ބޭނުންކުރަމުން ގެންދާ ކަމަށާއި އެކަމަކު ގަލްފުގެ ގައުމުތަކުންނާއި އަހަރެމެން އިސްރާއީލަށް އެ ފުރުސަތު ނުދޭނެކަމަށް އެމަނިކުފާނު އިތުރަށް ވިދާޅުވިއެވެ. […]
އެއީ ހަމައެކަނި ޖަނާޒާއެއް ނޫނެވެ.

ސަންދޯއް ހުރީ ކުރިމަތީގައި ބެހެއްޓިފައެވެ. ހުދު ކަފުނުގައި އޮޅާލެވިފައިވާ ހިމޭން ޖިސްމެކެވެ. އެކަމަކު، އެއީ ހަމައެކަނި ޖަނާޒާއެއް ނޫނެވެ. އެއީ ފުރިހަމަ ދާސްތާނެކެވެ. އެ ދާސްތާނުގައި، އޭނާ އިމްތިޙާނުގެ ކަނޑުތައް ހުރަސްކުރިއެވެ. އިންޒާރުތަކާއި، ބިރުދެއްކުމުގެ ޠޫފާންތައް ތަޖުރިބާ ކުރިއެވެ. ހުރަސްތަކުގެ އަލިފާނުގައި އަނދައި ހުލިވިއެވެ. އެކަމަކު، އޭނާގެ ޔަޤީންކަމުގެ ވޮށް ދުވަހަކުވެސް ނިވުނަކަ ނުދެއެވެ. މިއަދު އޭނާގެ ލޯ ވަނީ މެރިފައެވެ. އެކަމަކު، އެ ލޮލުން ފޯރުކޮށްދިން މެސެޖު މިއަދުވެސް ދިރި އެބަހުއްޓެވެ. މިއަދު އޭނާގެ ތުންފަތް […]
އެކުވެރި ގައުމުތަކަށް ލުއިދީ، ހޮރްމޫޒްއިން ފީނަގަން އީރާނުން ނިންމައިފި

ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރުގެ އަތުން ސާވިސް ފީއެއް ނަގަން ނިންމާފައިވާކަން އީރާނުން ކަށަވަރުކޮށްދީފިއެވެ. އަދި މެދުއިރުމަތީގެ ފަހުގެ ހަމަނުޖެހުންތަކުގައި ތެހެރާނަށް ތާއީދުކުރި ގައުމުތަކަށް މި އާ ނިޒާމުގެ ދަށުން ހާއްސަ އިނާޔަތްތަކެއް ލިބިދާނެ ކަމަށް ވެސް އެ ގައުމުން ވަނީ އިޝާރާތްކޮށްފައެވެ. މިކަން އިއުލާންކޮށްފައިވަނީ، ފަހުގެ ހަމަނުޖެހުންތައް ނިމުމަކަށް ގެނައުމަށް އެމެރިކާއާއެކު ވެވުނު ފުރަތަމަ އެއްބަސްވުމަށްފަހު، އިސްތިރާތީޖީ ގޮތުން މުހިންމު އެ ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުން އީރާނުން ނިމުމަކަށް ގެނައުމާ ގުޅިގެންނެވެ. އެ […]
އަންހެނުން ބަލިވެއިނދެ ވިހާ ”މަސް“ ގަނެ، ސްމަގްލް ކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި

ޕާކިސްތާނުގައި، އަންހެނުން ބަލިވެއިނދެ ވިހާ ”މަސް“ ގަނެ، ސްމަގްލް ކުރާ މައްސަލައެއް ފުލުހުން ބަލަން ފަށައިފި ކަމަށް ޚަބަރު ލިބެއެވެ. މި“މަސް“ ބޭނުން ކުރަނީ މުސްކުޅި ނުވާގޮތް ހެދުމަށް ޖަހާ އިންޖެކްޝަންގައި ބޭނުން ކުރުމަށް ކަމަށް ވެއެވެ.ޕާކިސްތާންގެ ފެޑަރަލް އިންވެސްޓިގޭޝަން އޭޖެންސީން ހާމަ ކޮށްފައިވާ ގޮތުގައި އެތައްބަޔަކު ގުޅިގެން ހިންގާ މިޖަރީމާގައި،މިފަރާތްތަކުން ކޮންމެ މަހަކުވެސް އެކިހޮސްޕިޓަޓަލް ތަކުން 200 ކިލޯއެއްހާ ”މަސް“ ގަންނަމުންދާކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. މިގޮތުން ގަންނަ ”މަސް“ ބޭރަށް ފޮނުވުމުގެ ކުރިން ހިއްކާ […]
އީރާނުން އެތައް ހާސް ކަށްވަޅެއް ތައްޔާރުކުރަނީ؟ މިވަނީ ކިހިނެއްބާ؟

ކުރީގެ އެންމެ މަތީ ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީއަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރުމަށް އެތައް މިލިއަން މީހުން ޖަމާވަމުންދާއިރު، އީރާނުގެ ފަހުގެ ތާރީޚުގައި ހިންގާ ސަލާމަތީ އަދި ކުއްލި ނުރައްކަލުގެ އެންމެ ބޮޑު އެއް އޮޕަރޭޝަން އެގައުމުން ވަނީ ފަށާފައެވެ. ކަމާބެހޭ ފަރާތްތަކުން މަސްލަހަތު އޮތް ކަމަށް ދެއްކި ނަމަވެސް، އެތައް ދުވަހަކަށް ދެމިގެންދާ ޖަނާޒާގެ ހަރަކާތްތަކުގެ ތެރޭގައި ބޮޑު ހާދިސާއެއް ހިނގައިފާނެ ކަމަށް ބަލައި އޮފިޝަލުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޖަރުމަނުގެ ނޫހެއް […]
1000 ދުވަހުގެ ހަނގުރާމަ: އިޒްރޭލަށް ފަލަސްތީނު ބަލިނުކުރެވުނީ ކީއްވެ؟

މިފަހުން ގައްޒާގައި ހަނގުރާމަ ފެށުނުތާ އެއްހާސް ދުވަސް ފުރުނުއިރުވެސް، މި ހަނގުރާމައިގެ ސިޔާސީ، އިންސާނީ އަދި ސްޓްރެޓީޖިކް ނަތީޖާތަކާ މެދު ބައިނަލްއަގުވާމީ ދުނިޔޭގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. ޖުލައި 3 ވަނަ ދުވަހު ފުރުނު މި މުއްދަތާއެކު، މުޅި ހަނގުރާމައިގައި އިޒްރޭލުން އަސްކަރީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދާފައިވީ ނަމަވެސް، އެ ގައުމުން ކަނޑައެޅި މަގްސަދުތައް ހާސިލުކުރެވުނުތޯ ކުރެވޭ ބަހުސްތައް ވަނީ އަލުން ފެށިފައެވެ. ގައްޒާގެ ބޮޑު ބައެއް ސުންނާފަތިކޮށް، އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައި ވީ […]
ޖަލުން މިނިވަންވިޔަސް ކަރުނަ ނުހިކޭ: ފަލަސްތީނުގެ އާއިލާތައް އަދިވެސް ތިބީ ވަކިވެފައި!

އިސްރާއީލުގެ ޖަލުތަކުން ފަލަސްތީނުގެ މައުސޫމް ރައްޔިތުން މިނިވަންވުމަކީ އެތައް އާއިލާއަކަށް ލިބުނު ހިތްހަމަޖެހުމަކަށް ވީ ނަމަވެސް، ދަތުރުފަތުރު ކުރުމަށް އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، މިނިވަންވިތާ މަސްތަކެއް ވީއިރުވެސް އާއިލާތަކާ ބައްދަލުނުވެވި ވަނީ ހިތްދަތިކަމާ ކުރިމަތިލާން ޖެހިފައެވެ. މީގެ ތެރޭގައި ހިމެނޭ އަމްޖަދު އައްނައްޖާރަކީ، 10 އަހަރު ޖަލުގައި ހޭދަކުރުމަށްފަހު، ޖެނުއަރީ 2025 ގައި އިސްރާއީލާއި ހަމާސްއާ ދެމެދު ބަދަލުކުރެވުނު އެއްބަސްވުމުގެ ދަށުން މިނިވަންވި މީހެކެވެ. ނަމަވެސް، އަމިއްލަ ގެއަށް ދިއުމުގެ ބަދަލުގައި، މިނިވަންވި އެހެން އެތައް ސަތޭކަ […]