ކަށި ފީވާ ބަލިން ސަލާމަތްވުމަށް ބޭނުންކުރަންޖެހޭ ކާނާ!

ކަށީގެ ވަރުގަދަކަން ކުޑަވާން ފަށަނީ ކަށި ފީވުމުގެ ބަލީގެ އަލާމާތްތައް ފެނުމުގެ އެތައް އަހަރެއް ކުރިން ކަމަށް މާހިރުން އިންޒާރު ދެއެވެ. އަދި ހަމައެކަނި ކިރު ބުއިމުގެ ބަދަލުގައި، ހުރިހާ އުމުރެއްގެ މީހުންވެސް އެމީހުންގެ ކެއުމާ މެދު އަލުން ވިސްނުމަށް މާހިރުން ބާރުއަޅުއްވައެވެ. ޔުނިވަރސިޓީ އޮފް ސައުތުހެމްޕްޓަންގެ މަސްކިއުލޯސްކެލެޓަލް ހެލްތު ޕްރޮފެސަރ ކޭޓް ވާޑް ވިދާޅުވާ ގޮތުގައި، ކަށީގެ އެންމެ ވަރުގަދަ މިންވަރު ކަނޑައެޅެނީ ކުޑަކުދިންގެ އުމުރާއި ޒުވާން އުމުރުގައެވެ. އޭގެ ފަހުން ކަށީގެ ވަރުގަދަކަން މަޑުމަޑުން […]

ގަލްފް ހަނގުރާމައިގެ ހަމަލާތައް އަނެއްކާވެސް މަޝްވަރާގެ މޭޒަށް އެކަމަކު އީރާނަކަށްނޭނގޭ

ސައޫދީ އެރޭބިއާގެ މީޑިއާއިން ހާމަކޮށްފައިވާ ގޮތުގައި މެދުއިރުމަތީގެ ހާލަތު އިތުރަށް ގޯސްނުވެ ސުލްހަވެރި ހައްލަކަށް ދިއުމަށްޓަކައި މަޝްވާރާގެ މޭޒު އިޚްތިޔާރުކުރުމަށް ބާރު އަޅުއްވައި ރައީސް ޓްރަމްޕަށް ފޯނުން ދަންނަވައިފިއެވެ. ބާރުގަދަ ހަމަލާތަށް އީރާނަށް ދިނުމަކުން އުފެދިގެން އުޅޭ ދެކޮޅުވެރިކަމަށް ހައްލެއް ނުހޯދޭނެކަމަށާއި މަޝްވަރާއަށް އިސްކަން ދިނުމަށް ސައޫދީ ވަލީއަހްދުގެ ފޯން ކޯލްގައި ރައީސް ޓްރަމްޕަށް ބާރު އަޅުއްވާފައިވާކަން ދޭހަވާ މޭރުމަކުން އެކްސިއޯސްގެ ޚަބަރުގައި ބުނެފައިވެއެވެ. އަދި މެދުއިރުމަތީގެ ހާލަތާދޭތެރޭ ސައޫދީ އެރޭބިއާއިން ކަންބޮޑުވުން ފާޅުކޮށް އެމެރިކާއިން ގަސްދުކޮށްފައިވާ […]

އެންމެ ގިނައިން މީހުން ޒިޔާރަތް ކުރާ ތަންތަނުގެ ލިސްޓުގައި މައްކާ އަދި މަދީނާ

2025 ވަނަ އަހަރު 19.5 މިލިއަން ހައްޖު އަދި އުމްރާވެރިން ސައޫދީ އަރަބިއްޔާއަށް ޒިޔާރަތް ކޮށްފައި ވީނަމަވެސް، އެންމެ ގިނައިން މީހުން ޒިޔާރަތް ކުރި ތަންތަނުގެ ލިސްޓުން މައްކާއަށް ލިބިފައިވަނީ 5ވަނަ އެވެ. އަދި މަދީނާއަށް ލިބިފައިވަނީ ހަތްވަނަ އެވެ. 2025 ވަނަ އަހަރު 18.03 މިލިއަން މީހުން އުމްރާގެ އަޅުކަން އަދާ ކުރުމަށް ސައޫދީއަރަބިއްޔާއަށް ޒިޔާރަތް ކޮށްފައިވާއިރު، 1.5 މިލިއަން މީހުން ހައްޖުވުމަށްޓަކާ އެގައުމަށް ގޮސްފައިވެއެވެ. މިއަދަދު ތަކަށް ބަލާއިރު އުމްރާ ގެ އަޅުކަން އަދާކުރުމަށް […]

އީރާނަށް ސަޒާ ދޭނެ އާދަޔާހިލާފު ގޮތްތައް ހޯދަން އެމެރިކާއިން ނިންމައިފި!

އީރާނަށް ހަމަލާދޭނެ އާ ގޮތްތަކެއް ހޯދުމަށް އެމެރިކާ އަސްކަރިއްޔާއިން އާންމުންގެ އެހީތެރިކަމަށް އެދެން ނިންމައިފިއެވެ. އީރާނަށް ”ޕްރެޝަރުކޮށް އަދަބު ދޭނެ އުފެއްދުންތެރި އަދި އާދަޔާ ހިލާފު ގޮތްތަކެއް“ ހޯދުމަށް، އެމެރިކާގެ ސެންޓްރަލް ކޮމާންޑް އިން އާދަޔާ ހިލާފު ފިޔަވަޅެއް އަޅައި، އީމެއިލް މެދުވެރިކޮށް އަސްކަރީ އެނަލިސްޓުންގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ސީއެންއެން އިން ރިޕޯޓްކޮށްފިއެވެ. ސެންޓްކޮމްގެ އިންޓެލިޖެންސް އޮފިސަރަކު މިދިޔަ ހަފްތާގައި މި ހިޔާލު ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، މަސްދަރުތަކުން ބުނާ ގޮތުގައި މިއީ ތެހެރާން އެއްބަސްވުމަކަށް […]

ޓްރަމްޕުގެ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓި، ބަލި ގަބޫލުކުރަން ތައްޔާރުވަނީ ބާ؟

އީރާނާއި މެދުއިރުމަތީގެ ބައެއް ގައުމުތަކާއެކު ޑިޕްލޮމެޓިކް އެއްބަސްވުމަކަށް ދިއުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާތީ، އީރާނަށް ދޭން ރޭވި އަސްކަރީ ހަމަލާ ކެންސަލް ކުރިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރައްވައިފިއެވެ. މި ނިންމުމާއެކު، އަސްކަރީ ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، ސަރަހައްދީ ބޮޑު ހަނގުރާމައެއް ހުއްޓުވިދާނެ ކަމުގެ އުންމީދެއް ވަނީ އުފެދިފައެވެ. ޓްރޫތް ސޯޝަލްގައި އާންމުކުރެއްވި ބަޔާނެއްގައި ޓްރަމްޕް ވިދާޅުވީ، ”ދެވަނަ ބޮޑު ހަނގުރާމައަށްފަހު ނުފެންނަ ފަދަ“ ވަރުގަދަ އަސްކަރީ ބާރެއް ބޭނުންކޮށްގެން އީރާނަށް ހަމަލާދޭން އެމެރިކާ […]

އީރާނަށް ދޭން އުޅުނު ހަމަލާތައް ޓްރަމްޕް މަޑުޖައްސާލައިފި، އެއްބަސްވުމަކާ ގާތަށް!

ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރާ މެދު އުފެދިފައިވާ ނުތަނަވަސްކަން ދެމިއޮތް ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާވެސް އީރާނަށް ދޭން އުޅުނު ވަރުގަދަ ހަމަލާއެއް މަޑުޖައްސާލައިފިއެވެ. އީރާނުގެ އައި.އާރް.ޖީ.ސީ އާ ގުޅުން އޮންނަ ފާރްސް ނިއުސް އެޖެންސީން އާދީއްތަ ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ކަނޑުއޮޅީގެ އުތުރު ކޮރިޑޯގައި ގިނަ އަދަދެއްގެ އުޅަނދުފަހަރު ތާށިވެފައިވާއިރު، އެ ތަކެއްޗަށް ދަތުރުކުރެވެނީ އީރާނު އަސްކަރިއްޔާގެ ހުއްދަ ލިބިގެންނެވެ. ތެހެރާނުން ބުނާ ގޮތުގައި އޮމާންގެ ކަނޑުގެ ސަރަހައްދުން ދަތުރުކުރާ ދެކުނު […]

އީރާން ހަނގުރާމަ ނާޒުކު ފައްތަރަކަށް

އޮގަސްޓް 4 ވަނަ ދުވަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު މަޝްވަރާތައް ކުރިއަށްދާކަން އިޢުލާނުކުރައްވައި، މިއީ ފަސް މަސްދުވަހަށް ދެމިގެންގޮސްފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ތެހެރާނަށް ލިބޭ ”ފަހު ފުރުސަތު“ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، ވޮޝިންޓަނާއެކު އެއްވެސް ސީދާ މަޝްވަރާއެއް ކުރަމުންދާކަމަށް އީރާނުން އިންކާރުކޮށްފައިވެއެވެ. އީރާނުން ބުނިގޮތުގައި އެގައުމުގެ ހާރިޖީ މުއާމަލާތްތައް ހުރީ ހޮރްމޫޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކުގައެވެ. އީރާނުގެ އަސްކަރީ އިސް މުޝީރު މުހްސިން ރެޒާއީ، އެމެރިކާއިން ކަނޑުގެ މަގުން ދަތިކުރުމުގެ […]

އީރާނުން އެމެރިކާގެ ކިބައިން ބަދަލުހިފާނެކަމުގެ އިންޒާރު ދީފި

މެދުއިރުމަތީގައި އަސްކަރީ ނުތަނަވަސްކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި، އީރާނުގެ މަދަނީ ހަކަތައިގެ އިންފްރާސްޓްރަކްޗަރަށް ހަމަލާދިނުމަށް ވޮޝިންޓަނުން ވިސްނަމުންދާ ކަމަށް ރިޕޯޓްތައް ބުނުމާ ގުޅިގެން، އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. އީރާނުގެ ހަނގުރާމަވެރި އަސްކަރީ ކޮމާންޑްގެ އިސްވެރިޔާ މޭޖަރ ޖެނެރަލް އަލީ އަބްދުﷲ، އެމެރިކާއިން މި ސަރަހައްދު ބޮޑު ހަނގުރާމައަކަށް ކޮއްޕަމުންދާ ކަމަށް ތުހުމަތު ކުރެއްވިއެވެ. އަދި އަވަށްޓެރި ގައުމުތަކުން ވޮޝިންޓަނަށް އެހީތެރިކަން ނުދިނުމަށް އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެމެރިކާއަށް […]

ޗައިނާއާއި ރަޝިޔާ އަދި އުތުރުކޮރެއާއާއި އީރާނުން އެކްސިސް އޮފް އެގްރެސަރސް އުފެއްދުން

ރަޝިޔާއާއި ޗައިނާ އަދި އުތުރު ކޮރެއާއާއި އީރާނަކީ މިލިޓްރީ ގޮތުންނާއި އިގްތިސާދީގޮތުން އަދި ސައިބަރ އާއި ޓެކްނޯލޮޖީގެ ރޮނގުންވެސް ވަނީ ވަރުގަދަ އެއްބައިވަންތަ ގުޅުމެއް ގާއިމްކޮށްފައެވެ. އަދި މި ގުޅުމަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ވަރަށްބޮޑު ނުރައްކަލެއްވެސް މެއެވެ. އެ ހަތަރު ގައުމުން ހަރަކާތްތެރިވަމުންގެންދަނީ ދިފާއީ އެއްބަސްވުމެއްނެތި ހަމައެކަނި ސްޓްރާޓިޖީ ގޮތުން ވަރުގަދަ ގުޅުމެއް ގާއިމްކޮށްފައިވާ ބްލޮކެއްގެ ގޮތުގައެވެ. މުސްތަގްބަލްގައި އެއްފަހަރާ އެތައްދިމާލަކުން އަންނަ ހަމަލާތަކަށް އެމެރިކާ ހުށަހޮޅިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް ނިއު […]

ޕާކިސްތާންގައި އަމިއްލަ ހަށިގަނޑު ގޮއްވާލައިގެން މީހަކުދިން ބޮމުގެ ހަމަލާއެއްގައި 14 މީހުން މަރުވެއްޖެ

ޕާކިސްތާންގެ ސްވޮޓް ވެލީގައި، ޕޮލިސް ސްޓޭޝަނެއްގެ ބޭރުގައި ބަޔަކު މުޒާހަރާކުރަމުން ދަނިކޮށް އަމިއްލަ ހަށިގަނޑުގައި ބޮން ހަރުކޮށް ގޮއްވާލައިގެން ދިން ހަމަލާއެއްގައި މަދުވެގެން 14 މީހުން މަރުވެއްޖެ އެވެ.އަފްޣާނިސްތާނާ ގުޅޭ ބޯޑަރާކައިރި ޕްރޮވިންސެއްކަމަށްވާ ޚައިބަރ ޕަޚްތުންޚުވާ ގައި ހަމަލާ ދީފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.ސްވޮޓް ޑިސްޓްރިކްޓްގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ވިދާޅުވި ގޮތުގައި އެމީހާ ބޮން ގޮއްވާލާފައިވަނީ ޕޮލިސް ސްޓޭޝަނަށް ވަންނަން އުޅުމުން ހުއްޓުވާ ބަލާފާސްކުރަން ފެށުމުންނެވެ. މިހަމަލާގައި އިތުރު 22 މީހުންނަށް އަނިޔާތައް […]