ޓްރަމްޕް ނޭޝަނަލް ގޯލްފް ކްލަބް ގައި ގޮތްނޭންގޭ ހަރަކާތްތަކެއް

ދެފަހަރެއްގެ މަތިން ގަވައިދާ ޚިލާފަށް ހަތިޔާރު ބޭނުންކޮށްފައިވާ ދެކުނު ކެލިފޯނިއާގެ ޑައުނީއަށް ނިސްބަތްކުރެވޭ ޖީނިން ޖޯން ޓައިލޭ އޭ ކިއުނު ސެކިއުރިޓީ އޮފިސަރަކު ރަންޗޯ ޕާލޯސް ވާރޑެސްގައި ހުންނަ ރައީސް ޓްރަމްޕްގެ ނޭޝަނަލް ގޯލްފް ކޯސް އަށް އެ މަނިކުފާނުގެ ރަސްމީ ހެލިކޮޕްޓަރ މެރިން-1 ޖެއްސުމުގެ ކުރިން ދެފަރެއްގެ މަތިން އެތަނަށް ދިއުމުގެ ބޭނުމަކީ ކޮބައިތޯ ހޯދުމަށް ކަމާބެހޭ އިދާރާތަކުން މަސައްކަތް ފަށައިފިއެވެ. އޭނާއާ ބެހޭގޮތުން ހުށައަޅާފައިވާ ޖިނާއީ ތުހުމަތުގެ ރިޕޯރޓުގައި މިދިޔަ ހުކުރު ދުވަހާއި އަދި […]

ތައިލަންޑް: ކުޑަކުއްޖަކު، ކާފައާއި މާމަގެ އިތުރުން އިތުރު 7 މީހުން މަރާލައިފި!

މިދިޔަ ހުކުރު ދުވަހުގެ ފަތިހު 14 އަހަރުގެ ދަރިވަރަކު އޭނާގެ ކާފަ އާއި މާމަ މަރާލުމަށްފަހު، ބަހެއްގައި 18 ކިލޯމީޓަރު ދަތުރުކޮށް ބެންކޮކް ކައިރީގައި އޮންނަ ޑެބްސިރިން ނޮންތަބުރީ ސްކޫލަށް ގޮސް ހެނދުނު 10 ޖަހާކަންހާއިރު އެތަނުގައި ތިބި ކުދިންނަށް ބަޑިން ހަމަލާދޭން ފެށިއެވެ. 40 މިނެޓަށް ދެމިގެންދިޔަ މި ނުރައްކާތެރި ހާދިސާގައި ނުވަ މީހުން މަރުވެ 23 މީހުން ޒަހަމްވިއިރު، އެންމެ ފަހުން އެ ކުއްޖާ ވަނީ އަމިއްލައަށް މަރުވެފައެވެ. މިއީ 2022 ވަނަ އަހަރަށްފަހު […]

އީރާނުން އެމެރިކާއަށް ހުށަހެޅި ޝަރުތުތައް!

އެމެރިކާއިން އެގައުމުގެ ”އަމަލުތައް އިސްލާހުކުރަންދެން“ ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި އޮންނާނެ ކަމަށް އީރާނުގެ ސުޕްރީމް ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން އިއުލާނުކޮށްފިއެވެ. އަދި މި މުހިންމު ކަނޑުއޮޅިއާ ގުޅޭގޮތުން ކުރިއަށްދާ މަޝްވަރާތަކަށް ހުރަސްއެޅޭ ފަދަ ބޮޑެތި އާ ޝަރުތުތަކެއް އީރާނުން ވަނީ ހުށަހަޅާފައެވެ. ކައުންސިލްގެ ސެކްރެޓަރީ އަދި ރިވޮލިއުޝަނަރީ ގާޑްގެ ކޮމާންޑަރު މުހައްމަދު ބާގިރު ޒުލްގަދަރު ނެރުއްވި ބަޔާނެއްގައި ބާރުއަޅުއްވާފައިވަނީ، އީރާނާއި އެގައުމާ ގުޅިފައިވާ ބާރުތަކާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމަ ދާއިމީކޮށް ހުއްޓާލުމަށާއި، އީރާނުގެ ބަނދަރުތަކަށް އަޅާފައިވާ […]

ލަންކާގެ ޖަލުތަކުގެ ހަޅުތާލު ބޮއްސުންލައި 23 މީހުން ޒަޚަމްވެއްޖެ

ސްރީލަންކާގެ ތޮއްޖެހިފައިވާ ޖަލުތަކުގައި މި ހަފުތާގައި އަލުން ބޮޑެތި ހަމަނުޖެހުންތައް ފެށި، ދެ ޖަލެއްގައި ހިނގި ކުރިމަތިލުންތަކެއްގައި ތިން ގައިދީން މަރުވެ، މަދުވެގެން 23 މީހުން ޒަޚަމްވެއްޖެއެވެ. މިއީ ޖުލައި މަހުން ފެށިގެން އެ ގައުމުގެ ޖަލުތަކުގައި ހިނގަމުންދާ ނުރައްކާތެރި ހަމަނުޖެހުންތަކުގެ ސިލްސިލާގެ އެންމެ ފަހުން ހިނގި ހާދިސާތަކެވެ. ކޮލަމްބޯގެ ނިއު މެގަޒިން ޖަލުގައި ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ހިނގި ހަމަނުޖެހުމެއްގައި އެކަކު މަރުވެ 10 މީހުން ޒަޚަމްވިއެވެ. އޭގެ މަދު ގަޑިއިރުތަކެއް ފަހުން، ވެރިރަށް […]

އެމެރިކާގެ ހަމަލާއެއްގައި އީރާން އަނދައިގެންދާއިރު މުޅިސަރަހައްދުއެއްކޮށް އަނދައިގެންދާނެ

މީގެފަހުން އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ އީރާނުން ދޭ ރައްދުގައި ގަލްފުގެ ހުރިހާ ގައުމެއް ހިމެނިގެން ދާނެކަން އީރާނުން އިންޒާރު ދީފިއެވެ. އީރާނުގެ މި އިންޒާރު އައިސްފައިވަނީ ޖުލައި މަހު 28 ވަނަ ދުވަހު އެމެރިކާއިން އީރާނުގެ ހަކަތައާއި އިންފްރާސްޓްރަކްޗަރތަކަށް ދޭނެކަމަށް ވައުދުވަމުން ގެންދެވި ’ ބޮޑު ހަމަލާ ’ އާއި ގުޅިގެންނެވެ. މިކަމާބެހޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސަ އަރާގްޗީ ވަނީ ސައޫދީ އެރޭބިއާއާއި ތުރުކީ އަދި ގަތަރުގެ ޚާރިޖީ ވަޒީރުންނާއެކު ޕާކިސްތާނުގެ މިލިޓްރީ ޗީފް މާރޝަލް […]

ހަސީނާ: ”މަރުގެ ހުކުމް ތަންފީޒުކުރިޔަސް ވަރިހަމަ“

ބަންގްލަދޭޝްގެ ވެރިކަމުން ދުރުކޮށްފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ، އިންސާނިއްޔަތާ ޚިލާފު ޖަރީމާތަކުގެ ކުށުގައި އެކަމަނާގެ މައްޗަށް މަރުގެ ހުކުމެއް އައިސްފައިވީ ނަމަވެސް، އަންނަ ޑިސެމްބަރު މަހު އެނބުރި ގައުމަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެއްޖެއެވެ. މިއީ މީގެ ދެ އަހަރު ކުރިން އިންޑިއާއަށް ފިލައިވަޑައިގަތް ފަހުން މީޑިއާއަށް ދެއްވި ފުރަތަމަ ބަޔާނެވެ. ދިއްލީގެ ފޮރިން ކޮރެސްޕޮންޑެންޓްސް ކްލަބާ އޯޑިއޯ ލިންކެއް މެދުވެރިކޮށް ވާހަކަދައްކަވަމުން، އުމުރުފުޅުން 78 އަހަރުގެ ހަސީނާ ވަނީ އެކަމަނާ ޖަލަށް ލެވިދާނެ […]

ގައުމު ދޫކޮށް އޮސްޓްރޭލިޔާ އަށްދިޔަ އީރާންގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ދެކުޅުންތެރިންނަށް އެގައުމުގެ ރަށްވެހިކަން ދީފި

ގައުމު ދޫކޮށް އޮސްޓްރޭލިޔާ އަށްހިޖްރަ ކުރި އީރާންގެ ނެޝަނަލް އަންހެން ފުޓްބޯޅަ ޓީމުގެ ދެކުޅުންތެރިއަކަށް އެގައުމުގެ ރަށްވެހިކަން ދީފިއެވެ. އުމުރުން 22 އަހަރުގެ ފާތިމާ ޕަސަންދީދާ އަދި އުމުރުން 34 އަހަރުގެ އާތިފާ ރަމިޒަންޒާދޭ އަށް އޮސްޓްރޭލިޔާގެ ސިޓިޒަންޝިޕް ދިނުމަށް ބޭއްވި ބައްދަލްވުން އޮތީ ބުދަދުވަހު ބްރިސްބޭންގައި ކަމަށް ރަސްމީ އިދާރާއިން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ. އަދި އެދެމީހުންނަށް ހުވާލާދެއްވީ އޮސްޓްރޭލިޔާގެ އިމިފްރޭޝަން މިނިސްޓަރ ޓޯނީ ބަރކް ކަމަށްވެސް ބުނެފައި ވެއެވެ. މި […]

ކޮކްރޯޗް“ މުޒާހަރާތަކުގެ ސަބަބުން މޯދީއަށް ބޮޑު ލޮޅުމެއް އަރައިފި

އިންޑިއާގެ ޒުވާނުން އިސްވެ ފެށި ”ކޮކްރޯޗް“ ހަރަކާތް އުފަންކުރުވި، ތަޢުލީމީ ދާއިރާގެ އެކްޓިވިސްޓް ސޯނަމް ވަންގްޗުކް ބުނާ ގޮތުގައި، 26 ދުވަހުގެ ބަނޑުހައިހޫނުކަމުގެ ހަޅުތާލުގެ ސަބަބުން ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދި މީގެ ސަބަބުން ބަދަލަކަށް ވަކާލާތުކުރުމަށް އިންޑިއާގެ ޒުވާނުންނަށް އާ ހިތްވަރެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ. އުމުރުން 59 އަހަރުގެ މި އިންޖިނޭރު، ޖޫން އަދި ޖުލައި މަހުގެ ގަދަ ހޫނުގައި ދިއްލީގައި ހަޅުތާލު ކުރިއަށް ގެންދިޔައީ […]

ސްޕޭސް އެކްސްގެ ރޮކެޓެއް މިއަދު ހަނދަށް ވެއްޓިއްޖެ!! ދެން ވާނީ ކިހިނެއް؟

2025 ވަނަ އަހަރު ގެ ޖަނަވަރީމަހު ޖައްވަށް ފޮނުވާލި ސްޕޭސްއެކްސްގެ ރޮކެޓް ފެލްކަން9 ގެ މަތީބައި ޖަށްވަށް ދޫކޮށްލުމުން ޖައްވުގައި އެނބުރުމަށްފަހު މިއަދު، ބުދަދުވަހުގެ ވަގުތެއްގައި ހަނދާ ”ކޮލައިޑް“ ވާނެކަމަށް ނުވަތަ ބާރު ފޯސްއަކާއެކު ހަނދަށް ވެއްޓޭނެ ކަމަށް ސައިންޓިސްޓުން ބުނެފިއެވެ. ސްޕޭސް އެކްސްގެ ރޮކެޓް ނުވަތަ ރޮކެޓްގެ މަތީބައި ޖައްވުގައި އެނބުރިފައިވަނީ ސިކުންތަކު 2.43ކިލޯމީޓަރުގެ ބާރު މިނުގައެވެ.އަދި އެބައިގެ ބަރުދަނުގައި 4000 ކިލޯގްރާމް ހުރިއިރު ފަސްބުރި އިމާރާތެއްހާ ބޮޑު ކަމަށް ވެއެވެ.އެމެރިކާގެ ސްޕޭސް އޭޖެންސީން ބުނެފައިވަނީ […]

ސްރީލަންކާގައި ބިންގަނޑު ކަނޑައިގެން ދިއުމާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފި

ސްރީލަންކާގެ މެދުތެރޭގެ އުސްބިންތަކަށް ބޯކޮށް ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމާއި ކުއްލި ފެންބޮޑުވުމުގެ ހާދިސާތަކުގައި މަދުވެގެން ހަތް މީހުން މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން އެ ސަރަހައްދުގެ ސްކޫލްތައް ބަންދުކުރުމަށް އޮގަސްޓް 4 ވަނަ ދުވަހު ކަމާބެހޭ ފަރާތްތަކުން އަމުރުކޮށްފިއެވެ. ސަރުކާރުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ތަރުޖަމާނު ޕްރަދީޕް ކޮޑިއްޕިލީ ވިދާޅުވި ގޮތުގައި، މަރުވި މީހުންގެ ތެރެއިން ފަސް މީހުން މަރުވީ މެދުތެރޭ ސަރަހައްދުގެ ދެ ގެއެއްގެ މައްޗަށް ބިންގަނޑު ކަނޑައިގެން ގޮސް، ގޭގައި ތިބި […]