ފައްޔާޒް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަނީ

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރަން ތާއީދު ނިންމަވައި އެކަން އިއުލާން ކުރައްވައިފި އެވެ. މިކަން ހާމަކުރައްވާފައި ވަނީ ”ބޮޑު ބަދަލު“ މި ނަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފައްޔާޒް އެކުގައި ބޭއްވެވި ޕްރެސް ބްރީފިންގައި މައުލޫމާތު ދެއްވަމުންނެވެ. އެ ބައްދަލުވުމުގައި ނަޝީދު ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލެއްވިކަން އިއުލާން ކުރައްވާފައެވެ.މީގެ އިތުރުން އެ ބައްދަލުވުމުގައި ނަޝީދު ވަނީ ޕާޓީގެ ކުރިމަގާ މެދު އޮތް ތަޞައްވުރު ހާމަކުރައްވައި، […]

ހަގީގަތެއް ދައްކުވައިދޭ ތަސްވީރެއްގެ ވާހަކަ

ތިރީގައިވާ ތަސްވީރަކީ 1986ގައި ޒިމްބާބުވޭގެ ހަރާރޭގައި ބޭއްވުނު ވަކި ފަރާތަކަށް ނުޖެހޭ – އެމެރިކާ އިސްވެ އޮވެ ހުޅަނގާއި ސޮވިއެޓް ޔުނިއަން އާއި ދެމެދުގައި އޮތް ފިނި ހަނގުރާމައިގެ ދުވަސް ވަރު، ނެގިފައިވާ ފޮޓޯއެކެވެ. އެ ފޮޓޯއިން ދެ ގައުމެއްގެ ވެރިއަކު ފެނެއެވެ. ދާދީ އިހަކަށް ދުވަހު އަވަހާރަކޮށްލެވުނު އީރާނުގެ މަރުހޫމު އަލީ ޚާމަނާއީ އާއި ލީބިޔާގެ މަރުހޫމު ގައްޛާފީއެވެ. މަރުހޫމު އަލީ ޚާމަނާއި އޭރު ހުންނެވީ އިރާނުގެ ރައީސްގެ މަގާމުގައެވެ. (ފަހުން އީރާނުގެ ދީނީ މުރްޝިދުގެ […]

ފަޅުރަށަކަށް ދިޔަ ބަޔަކު ކިނބުލެއް ހިފައިފި

ޅ. އަތޮޅުގެ ފަޅުރަށަކަށް ދިޔަ ބަޔަކު ކިނބުލެއް ހިފައިފިއެވެ. އެމްއެންޑީއެފުން މިއަދު ބުނީ ޅ.އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.ދިގު މިނުގައި 5 ފޫޓް ހުރި މި ކިނބޫފެނިފައި ވަނީ، ޑިންގީއެއްގައި ޅ.އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުއެވެ.ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ.ނައިފަރަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، […]

މަސްތުވާތަކެތި ބޭނުންކޮށް ޖުވާ ކުޅެމުންދިޔަ 38 ބިދޭސީން ޑީޕޯޓުކުރަނީ

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މާލޭގައި ޑްރަގް ބޭނުންކޮށް ޖުވާ ކުޅޭ ބޮޑު ގްރޫޕެއް ހޯދައި، ޑީޕޯޓު ކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މަސްތުވާތަކެތި ގެންގުޅުމާއި އޭގެ ބޭނުންކުރުމުގެ އިތުރުން، ޖުވާކުޅުންފަދަ ގާނޫނާ ހިލާފު އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ގިނަ އަދަދެއްގެ ބިދޭސީން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ، މިފަދަ ކަންކަން ހިންގާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، 2026 […]

މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، ޙަސަން ރަޝީދު ޢައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގެ މަގާމަށް، އަލްފާޟިލް ޙަސަން ރަޝީދު މިއަދު ޢައްޔަންކުރައްވައިފިއެވެ. ވަޒީރަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅުގެ ވަގުތެއްގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުަޙައްމަދު އިބްރާހީމްއެވެ. ހުވައި ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ވަޒީރު ވަނީ ސޮއިކުރައްވާފައެވެ.

ފުލުހުންގެ ބަންދުގައި ހުރި މީހަކު ގޮޅީގައި މަރުވެފައި އޮއްވާ ފެނިއްޖެ

މާލެ ކަސްޓޯޑިއަލް ގައި ފުލުހުންގެ ބަންދުގައި ހުރި މީހަކު ބަންދު ގޮޅީގައި ވެއްޓިފައިއޮއްވާ ފެނިގެން މިއަދުގެ ހަވީރުގެ ވަގުތެއްގައި އައިޖީއެމް ހޮސްޕިޓަލް އަށް ގެންގޮސްފިއެވެ. ފުލުހުން ބުނީ އެ މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނިޔާވެފައި ވަނީ މ. ރޭއަލިވާގެއާގެ / މާލެ، އަޙްމަދު ނަވްޝާދު (41އ) އެވެ. މި ހާދިސާގެ މައުލޫމާތު ހިއުމަށް ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ […]

ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15އަށް މަދުކޮށް، 12 ވަޒީރުން ހުވައި ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު 15 އަށް މަދުކުރައްވައި، އެ މަޖިލިސް އެކުލެވިގެންވާގޮތަށް މިއަދު ބަދަލުތަކެއް ގެންނަވައިފިއެވެ. ވަޒީރުންގެ މަޖިލީހަށް މި ގެންނެވި ބަދަލުތަކާއެކު މިއަދު ޢައްޔަންކުރެއްވި 12 ވަޒީރުންނަށް މަޤާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި 12 ވަޒީރުންނާއި އެ ބޭފުޅުންގެ މަޤާމުތަކަކީ؛ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ […]

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްއަށް

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސްގެ ނަމަށް ބަދަލުކުރައްވައިފިއެވެ. މި ބަދަލަކީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް މުޢިއްޒު ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށްގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ދަށުން ގެންނެވި ބަދަލެކެވެ. އެ ވުޒާރާގެ ނަމަށް ގެނެވުނު ބަދަލާއެކު، އިސްލާމީކަންތައްތަކާ ބެހޭ އެންމެހާ މަސައްކަތްތަކާއި ދިވެހިރާއްޖޭގައި އައުޤާފްގެ ދާއިރާއިން ކުރެވޭ މުހިންމު ހުރިހާ މަސައްކަތް ކުރިއަށް ދާނީ އެ […]

ނަަގައިގަތް ފަނޑިޔާރު

މި ދިވެހިރާއްޖޭގައިވެސް މިހާރު ފުދޭވަރަކަށް ނަގައިގަތް ފަނޑިޔާރުން އެބަތިއްބެވިއެވެ. އެކަމަކު އެތަނުންވެސް ދެތިން ފަނޑިޔާރުން ވަރަށް އައްޗިކޮށް އުޅުއްވާ، ދެންތިއްބެވި ފަނޑިޔާރުން ވަރަށް އަބުއި ދިރިއުޅުއްވުމެއް އެބައުޅުއްވައެވެ. ދާދި މިދާކަށް ދުވަހު (04 އޭޕްރީލް 2026) ގައި ނެގުނު ރިޔާސީ އަދި މަޖިލިސް އިންތިޚާބު އެއްދުވަހަކު ބާއްވަން ފެނޭތޯ ނުވަތަ ނޫންތޯގެ ބަހުޘުގައި ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ދީދީ ވަރަށް ފާޅުގައި 31 މާރިޗު 2026 ގައި ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން އިއްވި ޙުކުމާ ޖަދަލު […]

ޑްރަގް ނެޓްވޯކެއްގައި އިސްކޮށް އުޅުނު 4 މީހަކަށް ދައުވާކުރަން ފޮނުވައިފި

ޑްރަގް ނެޓްވޯކެއްގައި އިސްކޮށް އުޅުނު 4 މީހަކަށް ދައުވާކުރަން ފޮނުވައިފިއެވެ. ފުލުހުން މިއަދު ބުނީ ”އޮޕަރޭޝަން އަލިމަގު“ގެ ދަށުން 2026 ޖެނުއަރި 11 ވަނަ ދުވަހު މާލެ އާއި ގއ. އަތޮޅުގައި ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި ހަތަރު މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިންމުމަށް ފަހު، ދައުވާ ކޮށްދިނުމަށް އެދި 2026 އޭޕްރީލް 9 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައިފައިވާ ކަމަށެވެ. މި މައްސަލާގައި ދައުވާކޮށްދިނުމަށް އެދިފައިވަނީ، ޝެވޯނާ / ގއ. ވިލިނގިލި، ޝައްފާޙް ލަޠީފް […]