މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް ފަރުވާދެނީ

މާލޭގެ ގެއެއްގެ 10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީއަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ މާލޭ، މާފަންނު، ސަބުދެލިމަގުގައި ހުންނަ ގެއެއްގެ މަތިން ފިރިހެނަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ެެއެގޮތުން މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިރޭ 18:20 އެހައިކަންހާއިރުކަމަށް ފުލުހުން ވަނީ ބުނެފައެވެ.ފުލުހުން ބުނީ، އެމީހާ ވެއްޓިފައި ވަނީ އެ އިމާރާތުގެ 10 ވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ކަމަށެވެ.މި ހާދިސާގައި ވެއްޓުނު މީހާ […]
ތެޔޮ ބޯޓުގައި ރޯވި އަލިފާން ނިއްވާލައިފި

ފ.ފީއަލީ ތެޔޮ ޖެޓީގައި އޮތް ތެޔޮ ބޯޓެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ އަދި ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެ ނިއްވާލައިފިއެވެ. މި ހާދިސާގެ ރިޕޯޓް މިއަދު 09:30 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ނިލަންދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.އަދި މިހާދިސާގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، ކުޑަހުވަދޫ ފަޔަރ ސްޓޭޝަނުން ވެސް […]
އުދަރެސް ބޯޓުން ގެއްލުނު މީހާ ޕެލެޓެއްގެ މަތީގައި އޮޔާދަނިކޮށް ސަލާމަތްކޮށްފި

މާލެ އިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި ”އުދަރެސް“ ބޯޓުން ގެއްލުނު ދިވެހި ފިރިހެން މީހާ ޕެލެޓެއްގެ މަތީގައި އޮޔާދަނިކޮށް ސަލާމަތްކޮށްފިއެވެ. އެ ބޯޓު އަޑިއަށް ދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައިގެންނެވެ.އެ ބޯޓު އަޑިއަށް ދިޔައިރު އެ ބޯޓުން 13 މީހަކު ދަތުުރުކުރިއިރު އޭގެ ތެރެއިން ދިވެއްސަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ރެއިން ފެށިގެން އައީ ކުރަމުންނެވެ. އެމްއެންޑީއެފުން މިއަދު ބުނީ ގެއްލިގެން ހޯދަމުން ދިޔަ އިސްމާއިލް އަފީފު ފެނިފައިވާ […]
ވިލިމާލޭގައި ފީނަން ގޮސް އުޅުނު ނޭޕާލު މީހަކު މަރުވެއްޖެ

ވިލިމާލޭގައި ފީނަން ގޮސް އުޅުނު މީހަކު މަރުވެއްޖެއެވެ. ފުލުހުން ދެންމެ ބުނީ ވިލިމާލެ ފަޅުތެރެއަށް ފީނަން ގޮސް އުޅުނު މީހަކު ގެއްލިގެން މިއަދު ހެނދުނު 06:30 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަަށެވެ.އަދި އެ ރިޕޯޓާ ގުޅިގެން، ވިލިމާލެ ޕޮލިސް އާއި މެރިން ޕޮލިސް ގުޅިގެން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ހެނދުނު 06:55 އެހައިކަންހާއިރު މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުނެއެވެ.”އެ މީހާ ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް ވަނީ ނިޔާވެފައި.“ ފުލުހުން […]
އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ތަޙުޤީގު ކުރަނީ

އަތޮޅުތެރޭގެ ރަށެއްގައި ރޭ ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ އަތޮޅުތެރޭގެ ރަށެއްގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަލައެއް 2026 އޭޕްރީލް 6 ވަނަ ދުވަހުގެ ރޭ ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލް ޕްރޮޓެކްޝަންގެ ހާއްސަ ތަހުގީގު ޓީމެއް ހާދިސާ ހިނގި ރަށުގައި މިހާރު ހަރަކާތެރިވަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން […]
މާލޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

މާލޭގެ ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ސަރަޙައްދުގައި، ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ، މިއަދު މެންދުރުފަހު 14:16 އެހާއިކަންހާއިރު ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވި ސައިކަލެއް ކާރުގެ ފަހަތުގައި ޖެހިގެން ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ސައިކަލުގައި ތިބި ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި، އެ މީހުންނަށް މިހާރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ […]
މަސްދަޅުގެ އަގު ބޮޑުނުކުރަން މިފްކޯއިން ނިންމައިފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ)އިން ވިއްކާ މަސްދަޅުގެ އަގު ކުރިން އޮތްގޮތަށް ދެމެހެއްޓުމަށް ނިންމައިފިއެވެ.
މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮއްވާ ފެނުނު މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެނީ

މާލޭގެ މަގެއްގެމަތީގައި ހަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން ފުލުހުން އޭނާ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. ފުލުހުން މިއަދު ބުނީ މާލެ، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި، އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު މިއަދު އިރުއޮއްސި 18:18 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.ފުލުހުން ބުނީ ހަބަރު ހުސްވެފައި އޮއްވާ ފެނިފައި ވަނީ ބިދޭސީ ފިރިހެނެއްކަމަށާއި އެމީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.މި މައްސަލަ ފުލުހުން ގެންދަނީ […]
ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބުކޮށްފި

މިއަދު ކުރިއަށްގެންދިޔަ އިންތިޚާބުތަކުގެ ވޯޓު ގުނުން ކުރިއަށްދާއިރު، އެ އިންތިހާބުތަކުގެ ނަތީޖާއިން ހުރިހާ ސިޓީއެއްގެ މޭޔަރުކަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ. މިއަދު ކުރިއަށްގެންދިޔަ އިންތިޚާބުގައި 3 ވޯޓެއް ނެގިއެވެ.އެއީ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުގެ އިތުރުން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބާއްވައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހެޅި އިސްލާހު ތަސްދީގު ކުރުމާ ގުޅޭގޮތުން ނެގި ހިޔާލު ހޯދުމުގެ ވޯޓެވެ.ެެއެގޮތުން […]
ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ހޭނެތިފައި ތިބި ބަޔަކަށް ފަރުވާދެނީ

މާލޭ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ހޭނެތިފައި ތިބި ބަޔަކު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ގެންގޮސް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ، ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ބަޔަކު ހޭނެތިފައި ތިބިކަމުގެ މަޢުލޫމާތު، މިއަދު ހެނދުނު 6:00 އެހާކަންހާއިރު ލިބިފައި ވާކަމަށެވެ. ”ޑީއެމްއެމްއޭ އެކްސްޕްރެސް 5“ ނަމަކަށް ކިޔާ މި ބޯޓުގައި ހޭނެތިފަައި ތިއްބާ ފެނިފައިވަނީ ފަސް ފިރިހެނުން ކަމަށާއި، އެއީ ދިވެއްސަކާއި ހަތަރު ބިދޭސީން ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ. ޚަބަރު ލިބޭގޮތުގައި މި އެންމެންނަކީވެސް […]