މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފި

މާލޭ އުސްފަސްގަނޑުގައި ތަރައްޤީކުރި ސްކޭޓް ޕާރކް އެރީނާ ހުޅުވައިފިއެވެ. ސްކޭޓް ޕާރކް އެރީނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އަބުދުﷲ ރާފިޢުއެވެ. ސްކޭޓް ޕާރކް ހުޅުވުމަށްފަހު ތިން އުމުރު ފުރައެއްގެ ކުދިން ވަނީ، އެކުދިންގެ ސްކޭޓް ކުރުމުގެ ހުނަރު ދައްކާލާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އެ ކުދިންނާއިއެކު ގްރޫޕް ފޮޓޯއެއް ނަންގަވައި ސްކޭޓް ޕާރކް ބައްލަވާލެއްވިއެވެ. […]
ބީއެމްއެލް އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓިއެމް އިފްތިތާހުކޮށްފި

ބޭންކް އޮފް މޯލްޑިވްސް އިން 70 ޑޮލަރު އޭޓީއެމް ހިމެނޭހެން 90 އޭޓީއެމް ރޭ އިފްތިތާހުކޮށްފިއެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްގައި މި އާ ޚިދުމަތްތައް އފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. އެ ރަސްމިއްޔާތުގައި ބޭންކުގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އާއި ބޭންކުގެ ސީއީއޯ އެންޑް މެނޭޖިންގ ޑިރެކްޓަރގެ އިތުރުން ބޭންކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.އެގޮތުން ރޭ އިފްތިތާހުކުރެވުނު 20 ރުފިޔާ އޭޓީއެމް ބަހައްޓާފައި ވަނީ ބޭންކުގެ ބްރާންޗްތައް މިހާރުވެސް ހިންގަމުންދާ ރަށްރަށުގައެވެ. 70 ރަށެއްގައި […]
ފުލެޓުތަކުގެ ލޯނު ދައްކާނީ އަހަރެމެން ގެދޮރު ނެތް މީހުންގެ އަތުން ޓެކްސް ނަގައިގެން: އިބްރާ

ސަރުކާރުން ދެ އަހަރު ދުވަހަށް މާފުކޮށްދީފައިވާ ހިޔާ ފުލެޓުތަކުގެ ކުލި ދައްކާނީ ހިޔާ ފުލެޓު ލިބިފައިނުވާ އާންމު ރައްޔިތުންގެ ޓެކްސް ފައިސާވެސް ހިމަނައިގެން ކަމަށް، ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާޢީލް (އިބްރާ) ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، މި ހިނގާ އޭޕްރީލް މަހުން ފެށިގެން ދެ އަހަރު ދުވަހަށް ހިޔާ ޕުލެޓުތަކުގެ ކުލި މާފުކޮށްފައި ވީނަމަވެސް، އެ ތަންތަނަކީ ސަރުކާރުން ލޯނު ދައްކަންޖެހޭނެ ތަންތަން ކަމަށާއި، ކުލި މާފުކޮށްފައިވާ މުއްދަތުގައިވެސް އިންވެސްޓަރަށް […]
މ.އަތޮޅު ތައުލީމީ މަރުކަޒުގެ 3 ބުރި އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

މ. އަތޮޅު ތައުލީމީ މަރުކަޒުގެ 3 ބުރި އިމާރާތް ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިނިސްޓްރީގެ ފަރާތުން އެގްރިމެންޓްގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދެވެ. އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދް ޖަމްޝީދު އެވެ. އެމްޓީސީސީން ބުނީ މި އެއްބަސްވުމުގެ ދަށުން މ. އަތޮޅު ތައުލީމީ މަރުކަޒުގައި 3 ފަންގިފިލާގެ […]
ސްކޭމްކޮށްގެން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި

ސްކޭމްކޮށްގެން މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލަތަކަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލަތަކާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ / ފެހިވިނަމާގެ، އަޒުހީމް ސަޢީދު (36އ) އާއި ޏ. ފުވައްމުލައް / ދޫޑިގަން.ގޯލްޑަންގޭޓް، ޢަލީ ޝަފާޒު (31އ) އާއި ސ. ހިތަދޫ / ކުޅިބަލާގެ، މުޙައްމަދު ޖުނައިދު (47އ) އެވެ. ފުލުހުން ބުނީ މި ތިންމީހުންގެ ތެރެއިން އަޒުހީމް ސަޢީދު (36އ) ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑއާ ހެކްކޮށްގެން، އެހެން މީހެއްގެ ނަމުގައި އެކައުންޓެއް […]
ހުޅުމީދޫގައި ޤާއިމުކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފި

އައްޑުއަތޮޅު ހުޅުމީދޫގައި ޤާއިމުކުރި މަސް ޕްރޮސެސިންގ ފެސިލިޓީ ހުޅުވައިފިއެވެ. މިފްކޯ އިން ބުނީ މިއީ، ރާއްޖޭގެ ދެކުނުން ކަންނެލި ގަނެ ޕްރޮސެސް ކުރުމުގެ މަޤްޞަދުގައި ހުޅުވި ފެސިލިޓީއެއް ކަމަށެވެ. މި ފެސިލިޓީ ހުޅުވީ މިކަމަށްޓަކައި ހުޅުމީދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ. މިތަން ރަސްމީކޮށް ހުޅުވައިދެއްވީ، މަަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އާމިނަތު ޙުސައިން ޝަރީފެވެ. މި ރަސްމިއްޔާތުގައި މިފްކޯގެ ސީއީއޯ ފަރުޙަތު ޝަހީރާއި، މިފްކޯގެ އިސްވެރިންނާއި، އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އިސްވެރިން […]
ބީއެމްއެލް އިން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ 364 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފި

ބީއެމްއެލް އިން ހުޅުމާލޭ ފޭސް އެކެއްގައި އަޅާ އަޅާ 364 ހައުސިން ޔުނިޓްގެ ބިންގާ އަޅައިފިއެވެ.މި ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. އަބްދުﷲ މުއްތަލިބާއި ބީއެމްއެލްގެ ޗެއަޕަރަސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ އެމްޑީ ހަސަން ޝާމް އާއި އަމީން ކޮންސްޓްރަކްޝަންސްގެ ޗެއަރމަން ޢަބުދުﷲ މުޙައްމަދު، ބައިވެރިވެވަޑައިގެންނެވިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވާ އަމީން […]
މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

މާލެއިން މާއުނގޫދުއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މާއުނގޫދޫ / ނިރޮޅު، އަޙްމަދު ނަޢީމް (48އ) އެވެ. ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި މާއުނގޫދޫ ޕޮލިސް ގުޅިގެން މާރިޗު 30 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި މާއުނގޫދޫ ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު […]
ބަނގުރަލުގެ ވިޔަފާރިކުރި 2 ބިދޭސީން ޑީޕޯޓުކުރަނީ

ބަނގުރާ ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ހައްޔަރު ކުރި ދެ ބިދޭސީން ޑީޕޯޓުކުރަން ނިންމައިފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމަށްވާ، ޖާހިރު ހޮސައިން (33އ) އާއި ސޮޖަން ސުލްތާން (36އ) އެވެ.މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ފޭސް 1 ގެ ކޮންޓެއިނަރ ޖެޓީން މާލެއަށް ބަނގުރާ ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. ހުޅުމާލެ ފޭސް 1 ގެ ފުލުހުންނާއި ބުރިޖު އެންޑް […]
ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފި

ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފިއެވެ.މިކަމަށްޓަކައި މިއަދު ލ.ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤު އިބްރާހީމެވެ. އާރުޓީއެލް ޚިދުމަތް ކޮންމެ އަތޮޅެއްގައިވެސް ފަށަނީ، އެއް ހަފުތާއަށް އެ އަތޮޅެއްގެ ރައްޔިތުން އަހުލުވެރި ކުރުމަށް ހިލޭ ދަތުރުކުރެވޭ ގޮތަށް ޚިދުމަތް ދިނުމަށް ފަހުއެވެ.އޭގެ ފަހުން އަތޮޅުގެ އެކި ރޫޓުތަކާއި އެހެން އަތޮޅުތައް ގުޅުވާލެވޭ ރޫޓުތަކުގައި އަގު ނަގަން ފަށައެވެ.އެމްޓީސީސީން ބުނީ މި ޚިދުމަތް ދެނީ، ސަރުކާރުން ސަބްސިޑައިޒު ކުރާ ގޮތަށް […]