ޔަމަނާއި ސައޫދީއާ ދެމެދު ބަދަލުކުރެވުނު ހަމަލާތަކަށް ބަލައިލުމެއް

ޖުލައި 24 ވަނަ ދުވަހުގެ ރޭ ސައޫދީން ޔަމަނުގެ ހުޅަނގު ޕްރޮވިންސެއް ކަމަށްވާ ހުދައިދާގެ ބަނދަރަށް ދިން ގިނަ ހަމަލާތަކަކާ ގުޅިގެން، އަންޞާރުﷲ އިން ވަނީ ވަރުގަދަ ރައްދެއް ދީފައެވެ. ހޫޘީންގެ އަލް-މަސީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައޫދީގެ ހަމަލާތައް އަމާޒުވެފައިވަނީ ހުދައިދާ ސިޓީގައި ހުރި ޓެލެކޮމިއުނިކޭޝަން ކޯޕަރޭޝަންގެ ވަސީލަތްތަކަށެވެ. އަދި މި ހަމަލާގައި އެތަނުގެ މުވައްޒަފަކަށް އަނިޔާވި ކަމަށް އެ ނޫހުން ބުނެއެވެ. މީގެއިތުރުން އެ ޕްރޮވިންސްގެ އެހެން ބައެއް ސަރަހައްދުތަކަށްވެސް ހަމަލާދީފައިވާ އިރު، ކަމަރާން […]
ފްރާންސާއި ސްޕެއިންގެ އަލިފާންގަނޑު: 200،000 މީހުން ރައްކާތެރި ހިސާބުތަކަށް!

ފްރާންސާއި ސްޕެއިންގެ ބައެއް ސަރަހައްދުތަކުގައި ބޮޑެތި އަލިފާންގަނޑުތަކެއް ފެތުރެމުންދާތީ، ގާތްގަނޑަކަށް 200,000 މީހުން އެމީހުންގެ ގެދޮރާއި ޗުއްޓީ ހޭދަކުރާ ތަންތަން ދޫކޮށް ދިއުމަށް ވަނީ މަޖުބޫރުވެފައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ކަމާބެހޭ ފަރާތްތަކަށް އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ސްޕެއިންގައި، ބާރުގަދަ އަދި ލަފާކުރަން ދަތި ވައިގެ ސަބަބުން އަލިފާންގަނޑު އާ ސަރަހައްދުތަކަށް ފެތުރިދާނެ ކަމުގެ ބިރު އޮތްއިރު، ހޮނިހިރު ދުވަހު ފަޔަރ ފައިޓަރުން ދިޔައީ ވެރިރަށް މެޑްރިޑް ކައިރީގައި ރޯވެފައިވާ […]
ހުރިހާ ބޯޓުފަހަރުގެ ދަތުރުތައްރައްކާތެރިކުރުމަކީ އެމެރިކާ ކުރަންޖެހޭ ކަމެއް ނޫން: ރޫބިއޯ

އީރާނާދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާއިން ބޭނުންވަނީ ސިޔާސީގޮތުން މަޝްވަރާކޮށްގެން ހައްލު ހޯދަން ކަމަށާއި އީރާނުގެ ސުލޫކު ހުންނަގޮތުން ކާމިޔާބު ނުކުރެވިގެން އުޅެނީކަމަށް މެނީލާގައި އާސިއާން ކޮންފަރެންސް އަށްފަހު އާދީއްތަދުވަހު ހަވީރު އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ ވިދާޅުވެއްޖެއެވެ. އަދި އެ މަސައްކަތް ހުއްޓާ ނުލައްވާނެކަމަށްވެސް ވިދާޅުވިއެވެ. ހޮރްމުޒް ކަނޑުއޮޅިން މިހާރުވެސް ބޯޓުފަހަރަށް ދަތުރުކުރެވެނީ އެމެރިކާއިން ރައްކާތެރިކަން ފޯރުކޮށް ދެމުންގެންދާތީއެވެ. އެމެރިކާގެ އެހީތެރިކަމާއެކު އެ ކަނޑުއޮޅިން ދަތުރުކުރެވޭނެ މަގު ހަމަޖެހިފައި އޮންނާތީވެ އެކަމަށް އެމެރިކާއަށް އުޖޫރައެއް ލިބެން […]
ސްރީލަންކާގައި ޑެންގޫ ފެތުރޭ މިންވަރު އިތުރުވެ، ފެންހެދިފައިހުންނަ ތަންތަން ހޯދުމަށް ޑްރޯން ބޭނުން ކުރަނީ

ސްރީލަންކާގައި ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭވެސް ނުފެތުރޭ ވަރަށް ޑެންގޫ ހުން ފެތުރެމުންދާކަމަށް ޚަބަރު ލިބެއެވެ. އެހެން ކަމުން ބަލި ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތުގައި، ފުރާޅުތަކުގެ މަތީގައާއި އެހެންވެސް މަދިރި ބިސްއަޅާނެ ކަމަށް ބެލެވޭ ދަތި ތަންތަނުގައި ފެން ހެދިފައި ހުރިތޯ ބެލުމަށް މިލިޓަރީ ޑްރޯންތައް ބޭނުން ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. ސްރީލަންކާގައި ޑެންގޫ ޖެހިގެން މިއަހަރުގެ މިހާތަނަށް 56 މީހުން މަރިވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. އަދި 77،000މީހުންނަށްބަލިޖެހިފައިވާ ކަމަށް ވެއެވެ. މީގެ ހަތަރުބައިކުޅައެއްބަޔަށް […]
ޣައްޒާ: ޚިދުމަތްތައް ހުއްޓި، ދުވަސް ނުފުރާ ވިހާ ކުދިންގެ ފުރާނައަށް ބޮޑު ނުރައްކަލެއް!

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މާބަނޑު އަންހެނުންނާއި، އަލަށް އުފަންވާ ކުދިންނާއި، އަދި މިހާރުވެސް ނާޒުކު ފައްތަރެއްގައި އޮތް ސިއްހީ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއެކު، ދުވަސް ނުފުރާ އުފަންވާ ކުދިން ދިރިތިބުމަށްޓަކައި ކުރަންޖެހޭ ހަނގުރާމަ ދަނީ ދުވަހުން ދުވަހަށް އުނދަގޫވަމުންނެވެ. ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ކާނާގެ މިންވަރު މަދުވުމާއި، ނަފްސާނީ ބަލިމަޑުކަމާއި، ގެދޮރު ދޫކޮށް ދާންޖެހުމުގެ އިތުރުން މާބަނޑު ދުވަސްވަރު ލިބެންޖެހޭ ފަރުވާ މަދުވުމަކީ ދުވަސް ނުފުރާ ކުދިން އުފަންވުމާއި، އުފަންވާއިރު ބަރުދަން ލުއިވުން އިތުރުވާ […]
ލަންްކާ އަށް ޑްރަގް އެތެރެކުރި މައްސަލައެއްގައި 2 ދިވެހިން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން މަސްތުވާތަކެތީގެ މައްސަލައެއްގައި ސްރީ ލަންކާ އިން 2 ދިވެހިން ހައްޔަރުކޮށްފި އެވެ. އެނގިފައިވާ ގޮތުގައި ވައިގެމަގުން ލަންކާ އަަށް މަސްތުވާތަކެތި އެތެރެކުރި މި މައްސަލައިގެ ތުހުމަތަށް އެ ގައުމުގެ ފުލުހުން ހައްޔަރުކުރީ 40 އަހަރާއި 28 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.މިދިޔަ ބުދަ ދުވަހުގެ ރޭ،މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރާ 40 އަހަރުގެ ފިރިހެން މީހާ ހައްޔަރުކުރީ ބަންޑާރަނައިކެ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.އޭނާ ހައްޔަރުކުރީ، ހަށިގަނޑުގައި ބަނދެގެން ލަންކާ އަށް އެތެރެކުރި […]
ލަމީން ޔަމާލް މަންމައާ ކޮއްކޮ ގޮވައިގެން ޢުމުރާއަށް

އެންމެ 19 އަހަރުގައި ސުޕެއިންގެ ފުޓުބޯޅަ ކުޅުންތެރިޔާ ލަމީން ޔަމާލް ވޯލްްޑު ކަޕް ކާމިޔާބުކޮށް ރީތި މިސާލުދައްކައިދީފިއެވެ. އުމުރާއަށް ގޮސްހުރެ އޭނާ އޭނާ ދިން މެސެޖުގައި ބުނެފައިވަނީ އުމުރުން އެންމެ 19 އަހަރުގައި ﷲتعاليވަނީ އޭނާގެ ހުރިހާ ބޭނުމެއް ފުރިހަމަކޮށް ދެއްވާފައި ކަމަށާއި އެކަމަށްޓަކައި އޭނާ ގެރައްބަށް ދުޢާ ކޮށްފައިވާނެކަމަށެވެ. އަދި މިއީ އެކަލާންގެ އޯގާތެރި ޙާއްޞަ ރަޙުމަތުގެ ނަތީޖާ ކަމަށާއި ވޯލްޑުކަޕްގެ ކުރިން ވެސް ﷲގެ ރަޙުމަތުން ކާމިޔާބުވާނެކަމަށް ފުރިހަމައަށް ޔަޤީންކުރިކަމަށް ޔަމާލް ބުނެފައި ވެއެވެ. […]
ބަންގްލާދޭޝްގެ ރައީސް އިސްތިއުފާދެއްވާކަން އިއުލާން ކުރައްވައިފި

ބަންގްލާދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން އިސްތިއުފާ ދެއްވާކަން އިއުލާން ކުރައްވައިފިއެވެ. ޝަހާބުއްދީން އަކީ ކުރީގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ވަރަށް އަރިސް ބޭފުޅެކެވެ. އަދި ދާދި ފަހުން ހަސީނާ ވަނީ އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައި ވީނަމަވެސް ގައުމަށް އެނބުރި ވަޑައިގަންނަވާނެކަން އިއުލާން ކުރައްވާފައެވެ. ޝެއިޚް ހަސީނާގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނީ އޭނާގެ ސަރުކާރާ ދެކޮޅަށް 2024ވަނަ އަހަރު ކިޔަވާ ކުދިން ކުރިޔަށް ގެންދިޔަ މުޒާހަރާތައް މަތަކުރުމަށް ސިފައިންލައްވާ ބާރުގެ ބޭނުން ކޮށް ސަތޭކަޔަށްވުރެގިނަ […]
އީރާން ހަނގުރާމައަށް އިސްރާއީލަށް 1.15 ޓްރިލިއަން ޑޮލަރު ދޭން އެމެރިކާއިން ފާސްކުރަނީ؟

ދިފާއީ ހަރަދުތައް ބޮޑުތަނުން އިތުރުކޮށް، އިސްރާއީލާއެކު އަސްކަރީ ޓެކްނޮލޮޖީގެ އެއްބާރުލުން ފުޅާކުރުމަށާއި، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ކެމްޕޭނަށް އެހީތެރިވުމަށް އެކުލަވާލާފައިވާ 1.15 ޓްރިލިއަން ޑޮލަރުގެ އަސްކަރީ ހަރަދުތަކުގެ ޕެކޭޖް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް އިން ފާސްކޮށްފިއެވެ. މި ބިލް މިހާރު ވަނީ ސެނެޓަށް ފޮނުވާފައެވެ. ނަމަވެސް ޑިމޮކްރެޓުންގެ ވަރުގަދަ ދެކޮޅުވެރިކަމާ ހުރެ، ސެނެޓުން މި ބިލް ފާސްވުމާމެދު ވަނީ ސުވާލު އުފެދިފައެވެ. 2027 ވަނަ އަހަރުގެ ނޭޝަނަލް ޑިފެންސް އޮތޮރައިޒޭޝަން އެކްޓް ގެ […]
އެމެރިކާއާއި މެދުއިރުމައްޗަށް އީރާނުން މިހާތަނަށް ދިން އެންމެ ވަރުގަދަ އެއް އިންޒާރުދީފި

އެމެރިކާއާއެކު މަސްރަހު ގޯސްވި ފަހުން އީރާނުން ދިން އެންމެ ވަރުގަދަ އެއް އިންޒާރުގައި ބުނެފައިވަނީ، އީރާނުގެ ސާފުނުކުރާ ތެޔޮ އެކްސްޕޯޓް ކުރުން ހުއްޓުވައިފިނަމަ، ގަލްފުގެ އެއްވެސް ގައުމަކަށް ތެޔޮ ނުވިއްކޭނެ ކަމަށެވެ. މި ވާހަކަތައް އައިސްފައިވަނީ ދުނިޔޭގެ ތެލުގެ ބޮޑު ބައެއް އުފުލާ އިސްތިރާތީޖީ ކަނޑުއޮޅިއެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ވަރުގަދަވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ މަޖިލީހުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ގާލީބާފް ވިދާޅުވީ މި ހަމަނުޖެހުން މިހާރު އޮތީ […]