މުސްލިމުންގެ ގައުމަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ޓްރަމްޕު ވައުދުވެއްޖެ

ލުބުނާނުގެ ރައީސް ޖޯސެފް އައުންއާ އެކު ވައިޓް ހައުސްގައި ބޭއްވި ބައްދަލުވުމެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ މުސްލިމުންގެ ގައުމެއް ކަމުގައިވާ ލުބުނާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ. ނަމަވެސް، އިސްރާއީލުގެ ސިފައިން އަދިވެސް ތިބި ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުން އެ ސިފައިން ފޭބުމާ ގުޅޭ ސާފު ތާވަލެއް ހާމަކުރައްވާފައެއް ނުވެއެވެ. ޖުލައި 21 ވަނަ ދުވަހު އައުންއާ އެކު ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިސްރާއީލު ސިފައިން އެހެން ސަރަހައްދުތަކަށް ބަދަލުކުރުމުގެ ”މަރުހަލާ ކުރިއަށްދާ“ ކަމަށެވެ. […]

ގަލްފުގެ ބޮޑު ބަޔަކަށް ހަނގުރާމަ ފެތުރި، ގިނަ ގައުމުތަކެއް ކާރިސާއެއްގެ އެލާޓުގައި!

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް ނުރައްކާތެރި އާ މަރުހަލާއަކަށް ވަދެފައިވާއިރު، ތެހެރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތައް އިސްރާއީލުން ބޭރަށް ފުޅާކޮށް، ބަހްރޭނާއި އުރުދުންގައި ހުރި އެމެރިކާއާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށްފިއެވެ. އަދި މި ހަމަލާތައް ކުވެއިތާ ހަމައަށްވެސް ވަނީ ފޯރާފައެވެ. މި ހަމަލާތައް ފުޅާވުމާ ގުޅިގެން ސަރަހައްދީ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ބޮޑުވެ، ކަނޑުދަތުރުފަތުރުގެ މަގުތަކަށް ބުރޫއަރައި، މި ކާރިސާ ކޮންޓްރޯލް ކުރުމަށްޓަކައި ޑިޕްލޮމެޓިކް މަސައްކަތްތައް ވަނީ ވަރުގަދަކޮށްފައެވެ. އީރާނުގެ އަސްކަރިއްޔާގެ ބަޔާންތަކާ […]

ޓްރަމްފު އަނެއްކާވެސް އީރާނަށް އިންޒާރުދީ ބިރުދައްކަން ފަށައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގައި އެމެރިކާގެ އިތުރު ސިފައިންގެ މީހަކު މަރުވެއްޖެ ނަމަ، ތެހެރާނުން އޭގެ ނުރައްކާތެރި ނަތީޖާތަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަށް ވަރުގަދަ އިންޒާރެއް ދެއްވައިފިއެވެ. މި އިންޒާރު ދެއްވާފައި މިވަނީ، މީގެ އެންމެ މަހެއްހާ ދުވަސް ކުރިން ސުލްހައިގެ އޮނިގަނޑެއް އިއުލާނުކޮށްފައި އޮތް ނަމަވެސް، އެމެރިކާ އާއި އީރާނާ ދެމެދު ކުރިމަތިލުންތައް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. ޓްރަމްޕްގެ ”ޓްރޫތް ސޯޝަލް“ ޕްލެޓްފޯމުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ”އީރާނުން […]

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑީ ބަރނަމް އޭނާގެ ފުރަތަމަ ކެބިނެޓް ބައްދަލްވުން ބާއްވަވައިފި

އިނގިރޭސިވިލާތުގެ އައު ބޮޑުވަޒީރު އެންޑީ ބަރނަމް އޭނާގެ ފުރަތަމަ ކެބިނެޓް ބައްދަލްވުން ބާއްވަވައިފިއެވެ. މިބައްދަލް ވުމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވަނީ އުނދަގޫ ނިންމުންތައް ނިންމަން ތައްޔާރަށް ތިބެންޖެހޭނެ ކަމަށް މިނިސްޓަރުންނަށް ގޮވާލައްވާފައެވެ. އަދި އޭނާގެ ސަރުކާރު ވެގެން ދާނީ ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކޮށްދޭނެ ސަރުކާރަކަށް ކަމުގައި ވިދާޅުވެފައި ވެއެވެ. މިގޮތުން އެހީ އެބަ އަންނަ ކަމުގެ އިހުސާސް އާންމު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ވިދާޅުވެފައި ވެއެވެ. ބަރނަމް ވަނީ އޭނާގެ ވެރިކަމުގައި ޤައުމުގެ […]

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް އަމްޖަދު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ. އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. އަދި އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ވަނީ ޝަރީޢާއިން […]

އަފްޢާނިސްތާން ގައި ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 20 މީހުން މަރުވެ 100މީހުން ގެއްލިއްޖެ

އަފްޢާނިސްތާން އަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 20 މީހުން މަރުވެ 100އަށް ވުރެ ގިނަމީހުންނަށް ވީނުވީގޮތެއް ނޭނގި ގެއްލިފައިވާކަމަށް ޠާލިބާން ސަރުކާރުން ބުނެފިއެވެ. މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ނުރިސްތާން ޕްރޮވިންސްގެ ވެރިރަށް ޕާރުން އަށް ކަމަށް ވެއެވެ. އެތަނުން ގެއްލިފައިވާ މީހުންގެ ތެރޭގައި މޭޔަރުވެސް ހިމެނޭ ކަމަށް ވެއެވެ. މީގެ އިތުރުން ޕާރުން ސަރަހައްދުގެ 80 ވަރަކަށް މީހުންނަށް އެކި އަނިޔާތައް ލިބިގެންވެސް ރިޕޯޓް ކޮށްފައި ވެއެވެ.އަފްޣާނިސްތާންގެ ވެރިކަމުގައި މިހާރު އޮތް […]

ރައީސް ޓްރަމްޕް އެވަޑައިގަންނަވަނީ އީރާނުން ޖަހާފައިވާ ދަންތޫރައަކާ ދިމާލަށްތަ !

ރައީސް ޓްރަމްޕް މިހާރު އެ ވަޑައިގަންނަވަނީ އީރާނުން ޖަހާފައިވާ ދަންތޫރައަކާ ދިމާލަށް ކަމުގައި އިނގިރޭސި ވިލާތުގެ މަޝްހޫރު ނިއުސް އޭޖެންޓްގެ ޕޮޑްކާސްޓް ގެ ޕްރޮގްރާމެއްގައި ބުނެފިއެވެ. ނިއުސް އޭޖެންޓަކީ އާންމުގޮތެއްގައި އެސޯޝިއޭޓެޑްޕްރެސް އާއި ރޮއިޓާރސްއެކޭ އެއްފަދައިން ބައިނަލް އަގްވާމީ މީޑިއާގައި އިސްދައުރެއް އަދާކުރާ ޕްލެޓްފޯމެކެވެ. ނިއުސް އޭޖެންޓްގެ ޕޮޑްކާސްޓްގައި ބުނެފައިވާގޮތުން ރައީސް ޓްރަމްޕްއަށް އޮތީ 2 އިޚްތިޔާރެކެވެ. ފުރތަމަ އިޚްތިޔާރަކީ ހޮރްމުޒް ކަނޑުއޮޅި އީރާނުން ބޭނުންވާގޮތަކަށް ދޫކޮށްލުމަށްފަހު އަމާންދިނުމެވެ. ދެވަނަ އިޚްތިޔާރަކީ އެމެރިކާގެ އެތައްހާސް ސިފައިން އީރާނަށް […]

މި ފެންނަނީ އެމެރިކަން އެމްޕަޔަރ ވެއްޓުމުގެ ކޮޅުމަތި ހެއްޔެވެ !

އެމެރިކާގެ އިގްތިސާދީ މާހިރު… ޗިކާ އޮފިޝަލް ޕްލެޓްފޯރމުން ނަގާފައިއަހަރެމެން ދިރިއުޅެމުން މިގެންދަނީ ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއްގައެވެ. ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރގެ ބޭނުން ކުޑަވަމުންދާކަމަށް މިހާރު އިންކާރު ނުކުރެވޭނެއެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު 1945 ވަނައަހަރުން ފެށިގެން މިހާތަނަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަކީ ދުނިޔޭގައިއޮތް ހަމައެކަނި މިލިޓްރީގޮތުން ބާރުގަދަ މުއްސަނދިކަމުގައި ދެވަނައެއްނެތް ގައުމެވެ. ޖަޕާނާއި އިނގިރޭސި ވިލާތާއި އިޓަލީއާއި ޖަރުމަނާއި މި ހުރިހާ ގައުމަކީވެސް ދެވަނަ ބޮޑު ހަނގުރާމައިގާ ނިކަމެތިވެ […]

އީރާން ހަނގުރާމަ، 143 ވަނަ ދުވަސް – އެނގެންޖެހޭ މުހިންމު ކަންތައްތައް

އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކަށް 143 ދުވަސް ވެފައިވާއިރު، މަސްރަހު ހަމަޔަކަށް އެޅޭނެ ކަމުގެ އެއްވެސް ނިޝާނެއް ނުފެނި، ދެ ފަރާތުން ދަނީ ހަމަލާތައް ބަދަލުކުރަމުންނެވެ. އަދި މެދުއިރުމަތީގެ އެކި ސަރަހައްދުތަކަށް މި ނުތަނަވަސްކަން ވަނީ ފެތުރިފައެވެ. އެންމެ ފަހުގެ ކުރިއެރުންތަކާއެކު، ކަނޑުމަތީގެ ސަލާމަތާއި، ހަކަތަ ފޯރުކޮށްދިނުމާއި، އަދި ހަނގުރާމަ ހުއްޓާލުމަށް ކުރެވޭ ޑިޕްލޮމެޓިކް މަސައްކަތްތަކާ މެދު އޮތް ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ. އީރާނުގެ އަމާޒުތަކަށް ވިދިވިދިގެން 10 ވަނަ ރޭވެސް އަސްކަރީ ހަމަލާތައް ދީފައިވާކަން […]

’ލެޔަށް ލޭ‘: އީރާނުން ހަރުކުރި ބިރުވެރި ބިލްބޯޑަކާއެކު ޓްރަމްޕަށް ދޭ އިންޒާރުތައް ވަރުގަދަކޮށްފި

ތެހެރާންގެ މެދުތެރޭގައި ހަރުކުރި އުދުވާނީ ބިލްބޯޑެއްގައި، އެމެރިކާގެ ދިދަ އޮޅާފައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އާއިލާ ދައްކުވައިދީ، ފާރިސީ ބަހުން “ލެޔަށް ލޭ“ މި ޝިއާރު ލިޔެފައިވުމާއެކު، އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން އަނެއްކާވެސް ވަނީ އިތުރުވެފައެވެ. ތެހެރާންގެ އެންމެ ކާރުބާރޫ ބޮޑު އެއް ސަރަހައްދުގައި ހަރުކުރި މި ބޮޑު ބެނާގައި ޓްރަމްޕާއެކު ފަސްޓް ލޭޑީ މެލަނިއާ ޓްރަމްޕާއި އެ ދެމަފިރިންގެ ފަސް ދަރިން ކަމަށްވާ އިވަންކާ، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ، އެރިކް، […]