ރާއްޖޭގެ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގައި މިހާތަނަށް އަޅާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އިމާރާތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީއާއެކު ހައުސިން މިނިސްޓްރީން މިއަދު ސޮއިކޮށްފި އެވެ. އެގޮތުން ހައުސިން މިނިސްޓްރީގައި މިއަދު އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރު އެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެވެ. ހައުސިން މިނިސްޓްރީން ބުނިގޮތުގައި ހުޅުމާލޭ ފޭސް އެކެއްގެ […]
ހަތް އަތޮޅަކަށް ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފި

މި ސަރުކާރުން އިޢުލާނުކޮށްފައިވާ ”5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު“ ގެ ދަށުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ގުޅިގެން ރާއްޖޭގެ ހަތް އަތޮޅެއްގައި ހައިވަކަރު ގަސް ބެހުމުގެ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢުގެ ދަށުން ހައިވަކަރު ގަސް ބަހަމުންދަނީ ވ. އަތޮޅު، ފ. އަތޮޅު، ނ. އަތޮޅު، ލ. އަތޮޅު، ތ. އަތޮޅު، ގއ. އަތޮޅު އަދި ގދ. އަތޮޅުގެ ރަށްތަކުގައެވެ. މިއީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގަސްގަހާގެހި ގިނަ ކުރުމަށް […]
ތ. ގުރައިދޫ އެއަރޕޯޓު ތަަރައްޤީކުރަން ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ތ. ގުރައިދޫގައި އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. ގުރައިދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގެދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަންވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން، 13.80 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ. އަދި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި،609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ […]
ތުލުސްދޫ ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ފަށަނީ

ކ. ތުލުސްދޫގައި އަޅާ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. ޖުމްލަ 101.71 މިލިއަން ރުފިޔާއަށް، މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މިއީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި މަޝްރޫޢުގެ ދަށުން، 1،729.12 އަކަފޫޓުގެ ސެންޓަރު ބްލޮކަކާއި، 238.11 އަކަފޫޓުގެ ސަރވިސް ބްލޮކަކާއި 167.63 އަކަފޫޓުގެ އެކޮމޮޑޭޝަން ބްލޮކެއް އިމާރާތްކުރާނެއެވެ. މީގެ އިތުރުން، ހެލްތު ސެންޓަރު ބްލޮކުގައި ޑޮކްޓަރަށް ދައްކާ ކޮޓަރިއާއި، މެޑިކަލް ވޯޑުތަކާއި، ޕްރައިވެޓް ރޫމްތައް […]
ބޮޑުތަކުރުފާނު މަގު ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފި

ބޮޑުތަކުރުފާނު މަގު ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. މިގޮތުން ޚިޔާލު ހުށަހެޅުމަށްޓަކައި ދީފައިވާ ކިއު އާރު ކޯޑް ސްކޭން ކުރުމަށްފަހު ޚިޔާލު ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ. މީގެ އިތުުރުން، ދީފައިވާ ލިންކުގައިވާ ގޫގުލް ފޯމުންވެސް ޚިޔާލު ހުށަހެޅޭނެކަމަށް […]
މާވަށުގެ ބަނދަރު މަޝްރޫޢު ނިއްމާލައިފި

ލ އަތޮޅު މާވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ. އެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީ އިންނެވެ. އެ ކުންފުނިން ވިދާޅުވެފައިވަނީ މާވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ. މާވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް 568 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެ އެވެ. […]
އެމްޓީސީސީގެ ބޯޑަށް ބޭފުޅަކު އައްޔަން ކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނު ކުރައްވައިފި އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން، އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަނު ކޮށްފައި ވަނީ މުހައްމަދު ފަރީދު، ރޭވަވިލާ، ފ. ފީއަލީ އެވެ. އޭނާ ބޯޑަށް އައްޔަނު ކޮށްފައި ވަނީ ނަން އެގްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ. އެމްޓީސީސީ ގެ ބޯޑު ޑިރެކްޓަރުންގެ ތެރޭ ދެން ހިމެނެނީ މުހައްމަދު ފަހީމް – ޗެއާމަން އާދަމް އާޒިމް – ސީއީއޯ ޝާހިދު ހުސެން މޫސާ – ސީއޯއޯ […]
އެމްޓީސީސީގެ ސީއެފްއޯ ހިލްމީ ވަޒީފާއިން ވަކިކޮށްފި

އެމްޓީސީސީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުގައި ހުންނެވި މުހައްމަދު ހިލްމީ ވަޒީފާއިން ވަކިކޮށްފިއެވެ. އެމްޓީސީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ޗީފް ފައިނޭންސް އޮފިސަރުގެ މަގާމުން ހިލްމީ ވަކިކުރުމަށް ނިންމާފައިވަނީ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުން ކަމަށެވެ. ނަމަވެސް އެމްޓީސީސީގައި ދިހަ އަހަރު ހޭދަކޮށްފައިވާ ހިލްމީ އެކުންފުނިން ވަކިކޮށްފައިވަނީ ކޮން ސަބަބަކާ ހުރެކަމެއް ހާމަކޮށްފަ އެއް ނުވެއެވެ. އަދި އެ މަގާމަށް މީހަކު ހަމަޖައްސާފަ އެއް ނުވެއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން ޕްރައިވެޓައިޒޭޝަން ބޯޓުން އެމްޓީސީސީގެ […]