މާވަށުގެ ބަނދަރު މަޝްރޫޢު ނިއްމާލައިފި

Loading

Facebook
Twitter
WhatsApp

 

ލ އަތޮޅު މާވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު ނިންމާލައިފިއެވެ.

އެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ އެމްޓީސީސީ އިންނެވެ. އެ ކުންފުނިން ވިދާޅުވެފައިވަނީ މާވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ނިމިފައިވާ ކަމަށެވެ.

މާވަށު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 26،885 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް 568 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާފައިވެ އެވެ.

އަދި 55 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް އެ މަޝްރޫޢުގެ ދަށުން ކުރިއަށް ގެންގޮސްފައިވާއިރު، މާވަށު ބަނދަރު މަޝްރޫޢަށް 27.3 މިލިއަން ރުފިޔާ ވަނީ ހަރަދު ކޮށްފަ އެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް