އިޒްރޭލް އީރާނު ހަމަލާތަކުގައި ޝަހީދުވި އަސްކަރީ ވެރިންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

އިޒްރޭލާ އިރާނާ ދެމެދު ކުރިޔަށް ދިޔަ 12 ދުވަހުގެ ހަނގުރާމައިގައި ޝަހީދުވި އިސް މިލިޓަރީ ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ހިމެނޭހެން 60 މީހެއްގެ ޖަނާޒާ މިއަދު ރަސްމީ އިއްޒަތުގައި ބާއްފާފައިވެއެވެ. ވެރިރަށް ތެހްރާންގެ މެދުތެރޭގައިވާ ގަބުރުސްތާނެއްގައި ޖަނާޒާ ކުރިޔަށް ދިޔައީ ގިނަ ބައެއްގެ ހާޒިރުގައެވެ. ކަޅުހެދުމުގައި އެއްވެފައިވާ މީހުން ވަނީ މަރުވި މީހުންގެ ފޮޓޯތަކާއި އަދި އިރާނުގެ ދިދަ ބޭނުންކޮށް ހިތާމަ ފާޅުކުރުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. މިއަދު ފަސްދާނުލެވުނު އެންމެ އިސް ބޭފުޅުންގެތެރޭގައި އެންމެ އިސް މިލިޓަރީ […]
ނިއުކްލިއަރ އެއް ސައިޓްގެ ފުންމިން އެނގޭތީ އެތަނަށް އެމެރިކާގެ ބީ-2 އިން އިން ހަމަލާ ދީފައެއް ނުވޭ

އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއެކުގައި އިސްރާއީލުން އީރާނަށްދިން ހަމަލާތައް ބައިނަލް އަގްވާމީ މީޑިއާތަކުގެ ފަލަ ސުރުޚީން އަދިވެސް އެއްފަރާތް ކުރެވޭ ގޮތެއް ނުވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ސެނޭޓަށް މައުލޫމާދެމުން އީރާނުގެ އެއް ނިއުކްލިއަރ ސައިޓްގެ ފުންމިން އެނގޭތީއާއި އެ ފުންމިނަށް ހަމަލާ ނުދެވޭނެތީވެ ބަންކަރ ބަސްޓަރުން އެ ސައިޓަށް ހަމަލާ ނުދޭ ކަމަށް އެމެރިކާ މިލިޓްރީގެ އެންމެ އިސް ޖެނެރަލް ހާމަކޮށްފިއެވެ. އެމެރިކާގެ ޖޮއިންޓް ޗީފް އޮފް ސްޓާފް ޗެއާރމަން ޖެނެރަލް ޑޭން ކެއިން ބުނެފައިވަނީ […]
އީރާނުގެ އެންމެ ބޮޑު ދުޝްމިނުން އީރާނުގެ ތެރޭގައި

ގައުމެއްގެ ހަލާކު އެ ގައުމެއްގެ ތެރެއިން އުފަން ވެއްޖެނަމަ އެއީ ބޮޑުވެގެންވާ މުސީބާތަކަށް ވެގެން ހިނގައިދާނެއެވެ. މި ޚަބަރައިގެން ކުރިއަށް ދިއުމުން އަޅުގަނޑުމެންގެ އަމިއްލަ ގައުމުގައި ކަންތައް ހިނގަމުންދާ ގޮތާ ދޭތެރޭ ވިސްނާލުމަށް ސަންދާނު ކިއުންތެރިންނަށް ހަނދާންކޮށްދޭން ބޭނުމެވެ. ފަހުގެ ތާރީޚުގައި ވެރިކަން ކުރެއްވި އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ރިޔާސީ ދިގު މުއްދަތުގެ ތެރޭގައި އަދި އޭގެ ކުރިން ދިވެހި ގައުމުގައި އޮތް ވެރިކަމުގެ ނިޒާމަށްވުރެން މާ މޮޅު ނިޒާމެއް ދޮންމީހުންގެ މަޝްވަރާގެ މަތިން ދިވެހިރާއްޖެއަށް […]
އިސްރާއީލުން އީރާނާ ދެކޮޅަށްކުރި ހަނގުރާމައިގެ މިލިޓްރީ އިލްމީ ދިރާސާއެއް

ޒަމާންތަކަކަށް އިސްރާއީލުން ދުނިޔެއަށް ދައްކަމުން ގެންގޮސްފައިވަނީ އެ ގައުމާ ނުކުޅެވޭނެ ކަމެވެ. އެ ގައުމުގެ ހައިބަތާއި ބާރުގަދަކަމެވެ. އެ ގައުމުގެ ރައްޔިތުންނަކީ އެހެން އިންސާނުންނަށްވުރެން މާތް ބައެއް ކަމެވެ. އިސްރާއީލު އާރާއި ބާރުގެ ފަހަތުގައި ދުނިޔޭގެ ހަމައެކަނި ސުޕަރޕަވަރ އޮތީ ބޭނުންވި ކޮންމެ ކަމަކަށް އާއެކޭ ބުނާށެވެ. ދުނިޔޭގެ ކަންކޮޅުތަކަށް އިސްރާއީލުގެ މި މެސެޖް ވަނީ ޢާންމުކޮށްފައެވެ. ގައުމުތަކުންވެސް ދިޔައީ އެއްވެސް ޝައްކަކާނުލައި އެ މެސެޖް ގަބޫލު ކުރަމުންނެވެ. ހަގީގަތަށް ކުރިމަތިލުމުގެ ހިތްވަރު އެއްވެސް ގައުމަކަށްނެތް ކަހަލައެވެ. […]
ހަނގުރާމައިގާ އިސްރާއީލަށް ލިބުނު ގެއްލުން މީޑިއާގެ ސިހުމަކަށް

އިސްރާއީލާއި އީރާނުންކުރި 12 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަށްފަހު ފުރަތަމަ ފަހަރު އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި އާންމު ރައްޔިތުންނާއި އަދި ސަރުކާރާއި މިލިޓްރީގެ އިސް ބޭފުޅުންނާއި ވީޑިއޯގެ ޒަރީޢާއިން ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ. އެ މަނިކުފާނު ވިދާޅުވެފައިވަނީ އީރާނުން އެމެރިކާގެ މޫނުމަތީގައި ހަނދާން ނައްތާނުލެވޭ ވަރުގެ ތަފާލެއްޖަހާލެވިއްޖެ ކަމަށާއި އަދި މީގެ ފަހުން އީރާނާ ދިމާނުކުރަން އިންޒާރު ދެއްވިއެވެ. އީރާނުގެ ރަސްމީ ޓީވީ މެދުވެރިކޮށް ރައްޔިތުންނާ ބައްދަލު ކުރެއްވިއިރު މޫނުފުޅުމަތިން ވަރުބަލިވެފައި […]
އިޒްރޭލަށް ޖާސޫސް ކޮށްދިން އިރާނުގެ އިތުރު 3 މީހަކަށް މަރުގެ އަދަބުދީ 700އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

އިރާނާ އިޒްރޭލާ ދެމެދު ކުރިޔަށް ދިޔަ 12 ދުވަހުގެ ހަނގުރާމަ އާއި ގުޅިގެން،އިޒްރޭލަށް ޖާސޫސް ކޮށްދިންކަމުގެ ކުށް އިރާންގެ ބައެއްގެ މައްޗަށް ސާބިތުވެ، 6 މީހަކަށް މަރުގެ އަދަބު ދީ، އަދި ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.މަރުގެ އަދަބުދިން 6 މީހުންގެ ތެރެއިން ތިން މީހުންނަށް ފުރަތަމަ އަދަބު ދީފައިވަނީ ހަމަލާތައް ކުރިޔަށް ދަނިކޮށެވެ. އަނެއް ތިން މީހުންނަށް އަދަބު ދީފައިވަނީ ހަމަލާތައް ނިމުމަކަށް އައި ފަހުން ބުދަދުވަހު އެވެ. މަރުގެ އަދަބު ދީފައިވާ މީހުންގެތެރޭގައި، އެ ޤައުމުގެ […]
އިސްރާއީލުން އިރާނަށް ދޭންފެށި ހަމަލާތައް ނިންމުމަށްފަހު ފެންނަ މަންޒަރުން ތަންކޮޅެއް

އީރާން އާއި އިސްރާއީލުގެ ހަނގުރާމައިގެ ފަސްމަންޒަރުތަކަށް ބަލާލާއިރު ކުރިން އެނގިފައި ނުވާ ގިނަ ހަގީގަތްތަކެއް ފެންމަތިވަމުން އެބަ ދެއެވެ. އެންމެ ފުރަތަމަ ފާހަގަކުރެވުނު ކަމަކީ އެމެރިކާގެ ރިޕޯރޓަރުން އިސްރާއީލުން މީޑިއާތަކަށް ކޮށްފައިވާ ރިޕޯރޓްތަކެވެ. އެ ރިޕޯރޓްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި އިސްރާއީލުން ސިއްރު ކޮށްގެން ތިބި ގެއްލުންތައް އެއީ މީގެ ކުރިން އެއްވެސް ތަނަކުން ފެނިފައިނުވާފަދަ ވީރާނާ ކުރުންތަކެކެވެ. ބައެއް ރިޕޯރޓަރުން ބުނެފައިވަނީ ސައިންސްގެ ފިކްޝަން ދައްކުވައިދޭ ފިލްމުތަކުން ވެސް އެފަދަ މަންޒަރުތަކެއް ދެކިފައި ނުވާކަމަށެވެ. […]
އީރާނުގެ ހަމަލާއަށްފަހު ގަތަރުގައި ހުންނަ އެމެރިކާގެ މިލިޓްރީބޭސް

އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާގެ ބަދަލުގައި މެދު އިރުމައްޗާއި އަދި ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުރި އެމެރިކާގެ މިލިޓްރީ އަދި އެހެނިހެން ވަސީލަތްތަކުން ކުރިމަތިލާން ޖެހޭނެކަމަށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިގެ ވަރަށް އަރިސް ބޭފުޅަކު ކަމުގައިވާ އަލީ އަކްބަރ ވިލާޔަތީ މިދިޔަ ހޯމަ ދުވަހު ވަނީ ވިދާޅުވެފައެވެ. އީރާނުން ދިން ރައްދު ހަމަލާ އެންމެ ފުރަތަމަ އަމާޒުކުރީ ގަތަރުގައި ހުރި އެމެރިކާގެ އަލް އުދައިދު އެއާރބޭސް އަށެވެ. އަލްއުދައިދު އެއާރބޭސްއަކީ […]
ހަމަލާ ބަދަލުކުރުން ހުއްޓާލަން ވެފައިވާ އެއްބަސްވުމަށް އިޒްރޭލް އަދި އިރާނުންވެސް ޚިލާފްވެފައިވޭ: ޓްރަމްޕް

ޔަހޫދީ އިޒްރޭލުން އިސްވެ އިރާނަށް ދޭންފެށިހަމަލާ ތަކާގުޅިގެން ފެށިގެން ދިޔަ ހަނގުރާމަ ހުއްޓާލުމަށް ދެފަރާތުން އެއްބަސްވުމަށްފަހުވެސް ދެފަރާތުންވެސް އެއްބަސްވުމާއި ޚިލާފް ވެފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ފާއިތުވި ބާރަ ދުވަހު އީރާނާއި ޔަހޫދީން ބަދަލުކުރަމުންދިޔަ ޙަމަލާތައް ހުއްޓާލުމަށް އެއްބަސްވެފައިވާ އަންގާރަދުވަހުގެރޭ އިޢުލާން ކުރައްވާފައިވަނީ ޓްރަމްޕެވެ. ނަމަވެސް ދެ ފަރާތުން ވެސް ވަނީ އެއްބަސްވުން ތަންފީޒުކުރަން ފެށިތާ ދެގަޑިއިރު ފަހުން ޙަމަލާބަދަލުކޮށްފައި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އަދި އެއީ އޭނާ ހިތްހަމަޖެހިވަޑައިގަންނަވާ ކަމެއް ނޫން […]
ހަނގުރާމަ ހުއްޓާލަން އީރާނުން އެއްބަސްވެއްޖެކަމަށް ޓްރަމްޕް އިއުލާން ކުރައްވައިފި

އީރާނާއި އިސްރާއީލުން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އެހެންނަމަވެސް އެމެރިކާ ޚާރިޖިއްޔާގެ ކުރީގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވެފައިވަނީ ރައީސް ޓްރަމްޕް އެ ވިދާޅުވިއެއްޗެއްގެ އެއްވެސް ހެއްކެއް ދެއްކިފާ ނެތްކަމަށެވެ. ރައީސް ބައިޑްންގެ ރިޔާސަތުގައި އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާނަކަށް ހުންނެވި ނެޑް ޕްރައިސް ވިދާޅުވެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުމުގެ ފުރުސަތު ބަންދުކުރެވެން އޮތް ހަމައެކަނި މަގު ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައި ވަނީ ބޮޑެތި ބާރުތަކުން އީރާނާއެކު ވެފައިވާ […]