އެމެރިކާއިން އިތުރު ހަމަލާއެއްދީފިނަމަ ”ފުނޑުފުނޑުވާފަދަ“ ޖަވާބެއް ދޭނަން: އީރާން

އެމެރިކާއިން އީރާނަށް އިތުރު ހަމަލާއެއްދީފިނަމަ ”ފުނޑުފުނޑުވާފަދަ“ އިތުރު ޖަވާބެއް ދޭނެކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ބުނެފިއެވެ. އައިއާރުޖީސީގެ ކޮމާންޑަރ އިން ޗީފް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާޅުވީ އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފިނަމަ އީރާނުން އެމެރިކާއަށް އިތުރު ފުނޑުފުނޑު ޖަވާބެއް ދޭނެ ކަމަށެވެ. އިސްރާއީލުގެ ވެރިކަން ދެމިއޮތުމަށްޓަކައި އެމެރިކާގެ ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަށްޓަކައި އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާ އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އީރާނާ ދެކޮޅަށް އަނިޔާވެރިކަން ތަކުރާރުކޮށްފިނަމަ ތާރީހަށް ފިލާވަޅަކަށް […]

ޤުރުއާނާއި ޙަދީސުގެ އަލީގައި އީރާން

އަޅުގަނޑު އީރާން ދެކެ ލޯބިވެ ސަޕޯޓުކުރާ ތަފާތު ސަބަބުތައް އެބަހުއްޓެވެ. އެއީ :1- އެތާގެ ރައްޔިތުންގެ 99% އަކީ މުސްލިމުން ކަމުގައި ވާތީއެވެ. 2- އެމީހުންގެ ތައުރީފުގައި ކީރިތި ރަސޫލާ صلعمގެ މިޙަދީސު ބަސްފުޅު އައިސްފައިވާތީއެވެ. وَالَّذِي نَفْسِي بِيَدِهِ لَوْ كَانَ الْإِيمَانُ مَنُوطًا بِالثُّرَيَّا لَتَنَاوَلَهُ رِجَالٌ مِنْ فَارِسَ (މާނައީ ﷲ ގަންދީ ވިދާޅުވަމެވެ. ޢިލްމާއި އީމާންކަން އަސްމާނީ ތަރިތަކުގައި އެލުވިފައި ހުއްޓަސް ފާރިސް ކަރައިގެ (އީރާނު) މީހުން އެކަންކަން ޙާޞިލުކުރާނެއެވެ.) [މިއީ […]

އީރާން އިސްރާޢީލުގެ ހަނގުރާމައަށް ބަލާލުމެއް

މިހާރު ހިނގަމުންދާ މެދުއިރުމަތީގެ ހަނގުރާމަ ދިރާސާކޮށް ގެނެސްދޭ މި ލިިޔުމަކީ އެއްވެސް ޙާލެއްގައި ސުންނީ އަދި ޝިޔަޢީ ނުވަތަ އެހެންވެސް މަޒުހަބެއްގެ ކޯޅުމެއްކަމަށް ބެލެވެންނެތް ކޯޅުމެއްގެ ގޮތުގައި ބެލުން އެދެމެވެ. އެހެނީ މުޅިދުނިޔޭގެ ބޮޑު މެޖޯރިޓީ ދެކޭގޮތްކަމަށް ވުމުންނެވެ.  އަދި ގިނަ މުސްލިމުން ދެކޭގޮތުގައި މިއީ މިއީ މުހައްމަދުގެފާނުގެ އުންމަތަށް ދެވޭ ޙަމަލާއެކެވެ. ކުރިން ބުނެވިދިޔަ ދެ ގްރޫޕްގެ ޢަގީދާގެ މައްސަލައެއްގައި ވަކިފަރާތަކަށް ޖެހިލެވިގެން ހުރެވެން ނެތް ގަތުލުއާންމެއް ކަމަށް ވުމުންވެސް މެއެވެ. ފަލަސްތީނު ފޭރިގަނެގެން ތިބި […]

ރަޝިޔާ އާއި ޗައިނާވެސް އީރާނާއި އެއްކޮޅަށް މަސައްކަތް ފަށައިފި

ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން އާއި ޗައިނާގެ ރައީސް ޝީޖިން ޕިންގ އާ ދެބޭފުޅުންވެސް އިޒްރޭލުން އިރާނަށް ދިން ހަމަލާތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވާފައިވާކަން ކްރެމްލިން އިން ހާމަ ކޮށްފިއެވެ.ދެބޭފުޅުން ވަނީ ބުރާސްފަތި ދުވަހު ފޯނުން ގުޅުއްވާ ވާހަކަދައްކަވާފައެވެ. ފޯންކޯލް އަށް ފަހު ކްރެމްލިންގެ އެއިޑް ޔޫރީ އުޝަކޯވް ރޮއިޓާސް އަށް މައުލޫމާތު ދީފައިވާ ގޮތުގައި ރައީސް ޝީވަނީ އިޒްރޭލުގެ އަމަލުތަކަކީ އދގެ ޗާޓަރާ އަދި ބައިނަލްއަގްވާމީ ގާނޫނު ތަކާވެސް ޚިލާފް ކަމެއް ކަމަށްވިދާޅުވެ އެކަން […]

އީރާނުގެ ހައްޖުވެރިންނަކީ ސައޫދީ އެރޭބިއާގެ ޝާހީ މެހެމާނުން

އިސްރާއީލާއި އީރާނާ ދެމެދު ކުރެވެމުންދާ ހަނގުރާމައިގާ އީރާނުގެ ވައިގެ ބަނދަރުތައް ބަންދުކޮށްފާ ހުރުމުގެ ސަބަބުން މިއަހަރު އީރާނުން ހައްޖަށް ދިޔަ 85000 ހައްޖާޖީން ސައޫދީ އެރޭބިޔާއިން ނުނިކުމެވި ތިބެންޖެހިއްޖެއެވެ.                                                            މިކަން އެނގިވަޑައިގަތުމުން އީރާނުގެ ވައިގެ ބަނދަރުތައް ހުޅުވި އެ ހައްޖާޖީންނަށް އެނބުރި ގައުމަށް ދެވޭ ދުވަހަކާ ހަމަޔަށް އެމީހުންނަނީ ސައޫދީ އެރޭބިއާ ސަރުކާރުގެ ޚާއްސަ ޝާހީ މެހެމާނުންގެ ގޮތުގައި ސައޫދީ ސަރުކާރުގެ ފަރާތުން މިހާރު ވަނީ ހަމަޖައްސަވާފައެވެ. އަދި އެމީހުންނަށް އެއްވެސް ދަތި އުދަނގުލެއް ކުރިމަތި […]

އިސްރާއީލާ ގުޅިގެން އީރާނަށް ހަމަލާދޭން ރައީސް ޓްރަމްޕް ވިސްނަވަނީ

އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތަކުގައި އެމެރިކާއިން ބައިވެރިވެގެން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދޭން އެމެރިކާގެ ރައީސް ވިސްނަވަމުން ގެންދަވާކަމަށް މައުލޫމާތު އެނގޭފަރާތަކުން ސީ ބީ އެސް އަށް ކިޔާދީފިއެވެ. އެމެރިކާއިން ގަސްދުކުރާ އެއް އަމާޒަކީ އީރާނުގެ ފޯރޑޯގެ ބިމުއަޑީގައިހުރި އީރާނުގެ ނިއުކްލިއަރ ސައިޓްތަކެވެ. ސީ ބީއެސް އަށް މައުލޫމާތު ދިން އެމެރިކާގެ އޮފިޝަލުންގެ ތެރޭގައި ދިފާއީ ވުޒާރާގެ އޮފިޝަލުންވެސް ހިމެނޭކަމަށް ބުނެފައި ވެއެވެ. އެހެންނަމަވެސް އެކަންކުރާނެގޮތަކާ ދޭތެރޭ ރައީސް ޓްރަމްޕްގެ އެޑްވައިޒަރުންނަށް މިހާތަނަށް އެއްބަސް ވުމަކަށް އާދެބިފައެއް […]

ރުޅިވެރިކަމާއެކު ބަދަލު ހިފާނަން: ނަތަންޔާހޫ

އިރާނުން ބުރާސްފަތި ވިލޭރޭ އިޒްރޭލަށް ދީފައިވާ ހަމަލާތައް ރުޅިވެރިކަމާއެކު ކުށްވެރިކޮށް ބަދަލު ހިފާނެކަމުގެ އިންޒާރު އިޒްރޭލުގެ ބޮޑުވަޒީރު ދީފިއެވެ. އީރާނުން ހަމަލާ ދީފައިވަނީ، އިޒްރޭލުގެ ކޮމާންޑު އެންޑު އިންޓެލިޖެންސް ހެޑްކުއާވާޓާރޒު އާއި އިންޓެލިޖެންސް ކޭމްޕާއި މިނޫނަސް ގިނަ ތަންތައް ހިމެނެއެވެ. މި ހަމަލާތަކުގައި 47 މީހުން މަރުވެ 6 މީހަކު ޒަހަމުވެފައިވެއެވެ. މި ހަމަލާތަކާއި ގުޅިގެން އިޒްރޭލުގެ ހައްދުފަހަނައަޅާފައިވާ މިނިސްޓަރ އޮފް ނޭޝަނަލް ސެކިއުރިޓީ އިޓަމާ ބެން ގްވީރު ބުނެފައިވަނީ، އީރާނުން އިޒްރޭލުގެ ސަލާމަތަށް ނުރައްކާ ކޮށްފި […]

ޗައިނާއިން އީރާނަށް ސިއްރިޔާތުގައި ޓްރާންސްޕޯރޓް ޕްލޭންތަކެއް ފޮނުވައިފި

މިދިޔަ ހުކުރު ދުވަހު އިސްރާއީލުން އީރާނަށް ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދިންތާ އެއްދުވަސް ފަހުން މުދާ އުފުލާ ބިޔަ މަތިންދާބޯޓެއް ޝެންގހާއީން ނައްޓާލިއެވެ. އޭގެ އަނެއް ދުވަހު ޗައިނާގެ ގޮނޑުދޮށު އެއާރޕޯރޓަކުން އޭގެ އަނެއް ފްލައިޓް ނައްޓާލިއެވެ. އެއަށްފަހު ހޯމަ ދުވަހު ހަމަ އޭގެ އަނެއް ފްލައިޓް ޝެންގހާއީ އިން ނައްޓާލިއެވެ. އެ 3 ފްލައިޓް ދަތުރުކުރި މަގަށް ބަލާއިރު ފެންނަނީ ޗައިނާއިން ފުރައިގެން ހުޅަނގަށްގޮސް ކަޒަކިސްތާން ހުރަސްކޮށް ދެކުނަށް މިސްރާބު ޖަހައި އުޒުބަކިސްތާނާއި ތުރުކްމެނިސްތާނު ހުރަސްކޮށް […]

އިރާނުގެ ”މިސްޓީރިއަސް“ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީއާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް؟

އިޒްރޭލުން އިރާނަށް ދިން ހަމަލާގައި އެންމެ ފުރަތަމަވެސް އަމާޒަކަށް ހަދާފަ އޮތީ އުމުރުފުޅުން 80 އަހަރުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއި އަވަހާރަކޮށްލުން ކަމަށް ޚަބަރުތަކުގައި ބުނެފައި ވެއެވެ. ނަމަވެސް މި ޕްލޭން ބަދަލު ކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމް އެކަން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ އެކަމަށް ހުރަސް އެޅުއްވުމުންނެވެ. މިހާރު އުފެދޭ ސުވާލަކީ ޚާމަނާއީ އަކީ ކޮން ބޭފުޅެއް ހެއްޔެވެ؟ އަދި އިޒްރޭލުން ޚާމަނާތީ އަވަހާރަ ކޮށްލުމުގެ މަގްސަދަކީ ކޮބާހެއްޔެވެ.؟އަލީ ކާމަނާއީ […]

ހަނގުރާމަފެށީ ކަލޭމެންނެވެ. ނިންމާނެ ގޮތަކާއި ވަގުތު ފައިސަލާކުރާނީ އަހަރެމެންނެވެ.

އިސްރާއީލާއި އީރާނުގެ ޚަބަރުތައް ގެނެސްދޭ ވަސީލަތްތަކަށް ބަލާއިރު އިސްރާއީލުގެ ހަމަލާތަކުގައި އީރާނަށް ލިބެމުންދާ ގެއްލުންތައް ބަރާބަރަށް ބޮޑެތި މީޑީއާތަކުން ގެންދަނީ ހާމަކުރަމުންނެވެ. އެއީ އެކަން ހިނގާނެ މަގު ކަމަށް ގަބޫލުކުރަންޖެހޭނެވެސް މެއެވެ. ބޮޑެތި މީޑިއާތަކަކީ މިނިވަން ވަސީލަތްތަކެއް ކަމަށް ދައުވާ ކުރިއަސް އެ ވަސީލަތްތައް ދެމެހެއްޓުމަށްޓަކައި އެންމެ ބޮޑު ހޭދައެއް ކުރަނީ ހުޅަނގުގެ ގައުމުތަކުންނެވެ. ދިވެހިންގެ ހަރު ބަހެއްގައި ބުނެފައިވާފަދައިން ”ކާންދޭ އަތުގައި ދަތް އެޅުމަކީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ.“      ފާއިތުވެގެން ދިޔަ […]