އީރާނަށް ދިންކަމަށްބުނާ ގެއްލުންތައް ދޮގުކަން ހާމަކުރި އިސް ޖެނެރަލް ގެއަށް

މަޝްހޫރު 12 ދުވަހުގެ ހަނގުރާމައިގާ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާތަކުން އީރާނަށް ލިބިދީފައިވާ ކަމަށް އެމެރިކާއިން ބުނާ ގެއްލުންތަކުގެ ހަގީގަތް ހޯދައި ބަލައި ހާމަކުރުމުން ރައީސް ޓްރަމްޕް ކޯފާ އިސްކުރައްވައި އެ ދިރާސާތަކާއި ތަހްގީގުތައްކުރި އޭޖެންސީގެ ވެރިޔާ އެމެރިކާ ސިފައިންގެ އެންމެ އިސް ޖެނެރަލުންގެ ތެރޭގައި ހިމެނޭ ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކުރޫސް ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލައިފިއެވެ. ހުކުރުދުވަހު ވަޒީފާއިން ވަކިކުރި ޖެނެރަލް އާ ބެހޭގޮތުން ދިފާއީ ވަޒީރު ހެގްސެތު ވިދާޅުވެފައިވަނީ އެމެރިކާގެ […]

12 ދުވަހުގެ ހަނގުރާމައިގާ ލަދުހަޔާތް ނެތުމުން ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭނެ

ބްލޭކް ސްޓިލްވެލ އަކީ ދަ މިލިޓްރީ.ކޮމްގެ އެސޯޝިއޭޓެޑް އެޑިޓަރެކެވެ. ޔޫ އެސް އެއާރ ފޯސްގައި އޭނާ މަސައްކަތް ކޮށްފައި ވެއެވެ. އޭ ބީ ސީ ނިއުސް އާއި ފޮކްސް ނިއުސް އާއި ޝިކާގޯ ޓްރައިބިއުނަލް ފަދަ އެތައް މީޑިއެއްގައި އޭނާވަނީ މަސައްކަތް ކޮށްފައެވެ. އޭގެ އިތުރުން ވައިޓް ހައުސްގެ ކޮމިއުނިކޭޝަން ޑިޕާރޓްމެންޓުގައިވެސް 2 އަހަރު ދުވަހު މަސައްކަތްކޮށްފައި ވެއެވެ. އޭނާ މިލިޓްރީ.ކޮމް އާއި ގުޅުނީ 2019 ވަނައަހަރުއެވެ.                                                              އީރާނުގެ މިލިޓްރީ އަދި ނިއުކްލިއަރ ސައިޓްތަކަށް އިސްރާއީލުން […]

އިޒްރޭލުގެ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ

އިޒްރޭލުގެ ނެޝަނަލް އިންޓެލިޖަންސް އޭޖެންސީ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި، ތަންތަން ގޮއްވާލަން ބޭނުންކުރާ ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ ކަމަށް އީރާނުގެ އިންޓެލިޖަންސް އިދާރާއިން ޚަބަރުދީފިއެވެ. ވެރިރަށް ތެހެރާންގައި ސިއްރުން ހިންގަމުން އައި ޑްރޯން އުފައްދާ ފެސިލިޓީ ފުލުހުން ރެއިޑްކުރިއިރު ހައިޓެކް ޑްރޯން އުފެއްދުމަށް ބޭނުންކުރާ ގިނަ އަދެއްގެ ބައިތައް ފެނި އަތުލާފައިވެއެވެ. މީގެ އިތުރުން އެތަން ހިންގުމުމަށް އެހީތެރިވެދިންކަމަށް ތުހުމަތު ކުރެވޭ އެތައްބަޔަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ޖޫންމަހު […]

އީރާނުން ޗައިނާގެ އެޗްކިއު-9ބީ މިސައިލްތައް ޑިޕްލޮއިކޮށް، ގަލްފްގެ ވައިގެ ދިފާޢީ ނިޒާމު ބަދަލުކޮށްލައިފި

ސަރަހައްދީ ޖާސޫސީ މަސްދަރުތަކާއި، ޑިފެންސް އެނަލިސްޓުން ބުނާ ގޮތުގައި، ދިފާއީ ސާމާނުގެ ބަދަލުގައި ކްރޫޑް އޮއިލް ނުވަތަ ސާފުނުކުރާ ތެޔޮ ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން ޗައިނާއިން އީރާނަށް އެޗްކިއު-9ބީ ލޯންގް ރޭންޖް ސަރފޭސް ޓު އެއާ މިސައިލް ސިސްޓަމްތަކެއް ދީފިއެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ޖޫން 24 ވަނަ ދުވަހު، އީރާނާއި އިސްރާއީލާ ދެމެދު ހަނގުރާމަ ހުއްޓާލިތާ މާގިނަ ދުވަހެއް ނުވެ ޗައިނާއިން އިރާނަށް ދީފައިވާ މިތަކެއްޗަކީ، ދާދި ފަހުން ދިން ޑްރޯންތަކާއި މިސައިލް ހަމަލާތަކާ ގުޅިގެން […]

އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް 2 އަހަރުވެސް ހަނގުރާމަ ކޮށްފާނަން: އީރާން

އިސްޜާއީލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައަށް ބިއްލޫރިފަދަ ވަގުތީ ހަނގުރާމަ ހުއްޓުމެއް އިއުލާން ކުރެވިފައި އޮތް އިރު އިސްރާއީލުގެ ބޮޑުވަޒީރު އަވަދިނެތި އުޅެނީ އެމެރިކާއަށް ގޮސް އެ ގައުމުގެ ރުހުމާއެކު  އަލުން ހަނގުރާމަ ފެށުމުގެ ހުއްދައާއި މަދަދު ހޯދުމުގައެވެ. އަދި އިސްރާއީލުގެ ބޮޑުވަޒީރު ބޭނުންވަރަކަށް އީރާނާ ދެކޮޅަށް ހަނގުރާމަ ކުރަން އެމެރިކާގެ ރައީސް ވަނީ ރުހުން ދީފާކަމަށް ބައެއް މީޑިއާތަކުން ބުނެފައިވެއެވެ.                                                              ތަޖްރިބާކާރުންގެ ރައުޔަށް ބިނާކޮށް ބައެއް މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެމެރިކާއާއި އިސްރާއީލާ […]

މިސައިލް އަދި ޑްރޯން ކެޕޭސިޓީ ފުޅާކުރުމުގައި އީރާނަށް އެހީތެރިވުމަށް ޗައިނާއިން ނިންމައިފި

މިސައިލް އަދި ޑްރޯން ކެޕޭސިޓީ ފުޅާކުރުމުގައި އީރާނަށް އެހީތެރިވުމަށް ޗައިނާއިން ނިންމައިފިއެވެ. މިސައިލް އަދި ޑްރޯން ޕްރޮގްރާމްތައް އިތުރަށް ފުރިހަމަ ކުރުމަށް އީރާނަށް އެހީތެރިވުމަށް ޗައިނާއިން އެއްބަސްވެފައިވާއިރު، މިއީ ދެގައުމުގެ އަސްކަރީ އެއްބާރުލުން ދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ. އީރާނުން ވައިގެ ދިފާއީ ނިޒާމުތަކާއި، އަސްކަރީ ތައްޔާރީތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާއިރު، މި ޕާޓްނަޝިޕްގެ ސަބަބުން މެދުއިރުމަތީގެ ސްޓްރެޓެޖިކް ބެލެންސަށް އަސަރުކުރާނެ ކަމަށް ބެލެވެއެވެ.މި ފިޔަވަޅު އަޅާފައި މިވަނީ، ދާދިފަހުން އިސްރާއީލާއެކު ފަށާފައިވާ ހަނގުރާމައިގައި، އީރާނުން […]

އެމެރިކާއިން އީރާނަށް ހަމަލާދޭން ފޮނުވި ބީ-2 މަރުކާގެ ސްޓެލްތު ބޮމަރއަކަށް ވީގޮތެއް ނޭނގުނު

އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ހަމަލާދިނުމަށްޓަކައި މިސޯރީގައި އޮންނަ އެމެރިކާގެ ވައިޓްމަން އެއާރފޯސް ބޭސް އިން ބީ-2 މަރުކާގެ ސްޓެލްތު ބޮމަރ ހިމެނޭ ގޮތުގައި 2 ގުރޫޕެއް ފޮނުވިއެވެ. އެއް ގުރޫޕް ފޮނުވީ އީރާނުގެ އިންޓެލިޖެންސަށް އޮޅުވާލުމުގެ ބޭނުމުގައި ޕެސިފިކް ކަނޑާ ދިމާލަށެވެ. އަނެއް ގުރޫޕް ގައި ހިމެނޭ ބީ-2 މަރުކާގެ 7 ބޮމަރ ދަތުރުފެށީ ސީދާ އިރުމަތިން އީރާނާ ދިމާއަށެވެ.                                   ދެވަނަ ގުރޫޕްގައި ހިމެނޭ 7 ބޮމަރ 37 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު އެ ލަޝްކަރަށް […]

އީރާނުން ޖީޕީއެސް ބޭނުންކުރުން ހުއްޓާލައިފި

ދުނިޔޭގެ މޫސުމާއި ދަތުރުފަތުރާއި ގައުމުތަކުގެ ސަލާމަތާ ރައްކާތެރިކަމަށް ބޭނުންވާ ގިނަ މައުލޫމާތުތަކެއް ވަގުތުން ވަގުތަށް ދެނެގަތުމުގެ ވަސީލަތެއްގެ ގޮތުގައި ދުނިޔޭގެ ބިމުން ފެށިގެން ގާތްގަނޑަކަށް 11000 މޭލު މަތީގައި 31 ޖީޕީއެސް (ގްލޯބަލް ޕޮޒިޝަނިންގ ސިސްޓަމް) ސެޓެލައިޓް ވަނީ ގާއިމް ކުރެވިފައެވެ. އޭގެތެރެއިން އެންމެ މުހިންމު ސެޓެލައިޓް ތަކަކީ އެމެރިކާގެ ޖީޕީއެސް އާއި ޔޫރަޕްގެ ގަލީލިއޯ އާއި ރަޝިޔާގެ ގްލޯނަސް އާއި އަދި ޗައިނާގެ ބައިޑޯ އެވެ.                                             ޗައިނާގެ ބައިޑޯ ނެވިގޭޝަނަލް ސެޓަލައިޓް ސިސްޓަމް (ބީޑިއެސް) […]

ޗައިނާގެ ޖޭ-10ސީ މަރުކާގެ ޖެޓް ހޯދަން އީރާނުން މަސައްކަތް ކުރަނީ

އެމެރިކާއިން އިސްރާއީލަށް ފޯރުކޮށްދީފައިވާ އެފް-35 އައި މަރުކާގެ ފައިޓަރ ޖެޓަށް ކައުންޓަރ އެޓޭކް ދިނުމަށްޓަކައި ޗައިނާގެ ޖޭ-10 ސީ މަރުކާގެ ޗެންގްޑޫ މަލްޓިރޯލް ފައިޓަރ ޖެޓާއި އެވެކްސް (އެއާރބޯރން ވޯރނިންގ އެންޑް ކޮންޓްރޯލް ސިސްޓަމް) ގަތުމާބެހޭގޮތުން އީރާނުގެ ދިފާއީ ވަޒީރު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް މަތީ ފެންވަރުގައި މަޝްވަރާ ކުރެއްވި ކަމަށް އަރަބި ގައުމުތަކުގެ ވަރަށް ގިނަ މީޑިއާތަކުން ޚަބަރު ދީފިއެވެ. ތެހެރާންގެ މި މަޝްވަރާތަކަކީ އެ ގައުމުގެ އެއާރފޯސްގެ ބާރު އިތުރުކުރުމުގެ ގޮތުން […]

އީރާނުން އައިއޭއީއޭގެ ”ފާރަ ކުއްތާއަށް“ މީގެފަހުން އެއްބާރުލުމެއް ނުދޭނެ

އައިއީއޭއީގެ ”ފާރަ ކުއްތާ“ އަށް އެއްބާރުލުން ނުދިނުމަށް އީރާނުގެ މަޖިލީހުން ނިންމުމާގުޅިގެން އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ސިއްރު ޔަގީންކުރެވޭ ދުވަހަކާ ހަމަޔަށް މީގެ ފަހުން އީރާނުން އެއްބާރުލުން ނުދޭނެކަމަށް ވިދާޅުވެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ސޯޝަލް މީޑިގައި ޕޯސްޓްކުރައްވައިފިއެވެ. އީރާން މަޖިލީހުގެ ނައިބު ރައީސް ވިދާޅުވީ އައިއޭއީއޭ އިން އީރާނުގެ ނިއުކްލިއަރ ސައިޓްތައް އިންސްޕެކްޓް ކުރުމަށްފަހު އެ ރިޕޯރޓް އެހެން ގައުމުތަކަށް ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިއީ ވާޖިބު އަދާކުރުމުގައި ރަފައެލް ގްރޮއްސީގެ އިޚްލާސްތެރި […]