މެދުއިރުމަތީގެ ހަނގުރާމައާ ބެހޭގޮތުން ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް!

އީރާނުގެ ހަނގުރާމައާ ގުޅިގެން ބްރިކްސް އިއްތިހާދުގެ ތެރޭގައި ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިއްޖެއެވެ. އީރާނާއި، އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމައާ މެދު މެންބަރު ޤައުމުތަކަށް އެއްބަސްވުމަކަށް ނާދެވި، މި ހަފުތާގައި އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ބްރިކްސްގެ މުހިންމު ބައްދަލުވުން ނިމިގެންދިޔައީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ. މި ސަމިޓުން ހާމަވެގެންދިޔައީ، އީރާނާއި ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫ.އޭ.އީ) އާ ދެމެދު އޮތް ނުތަނަވަސްކަން އިތުރުވެ، އިއްތިހާދުގެ ތެރޭގައި އޮތް ބައިބައިވުން އިންތިހާއަށް ބޮޑުވެފައިވާ މިންވަރެވެ. ދެ […]

ޕާކިސްތާނާ އީރާން ގުޅިގެން ވިޔަފާރީގެ މުހިންމު ނިންމުންތަކެއް ނިންމައިފި

ވިޔަފާރީގައި އީރާނަށް އެހީތެރި ވެދިނުމުގެ ގޮތުން ޕާކިސްތާނުން މުހިންމު ނިންމުން ތަކެއް ނިންމައިފި އެވެ. ސަރަހައްދުގެ ޓްރޭޑް މެޕަށް ބޮޑެތި ބަދަލުތަކެއް ގެނުވާނެ ކަމަށް ބެލެވޭ މުހިންމު ނިންމުމުގެ ދަށުން ޕާކިސްތާނުން ވަނީ އީރާނުން ތިންވަނަ ގައުމަކަށް ފޮނުވަން ބޭނުންވާ ވިޔަފާރި މުދާ، ޕާކިސްތާންގެ ސަރަހައްދު ހުރަސްކޮށް ގެންދިއުމުގެ ހުއްދަ ދީފައެވެ. ޕާކިސްތާންގެ ކޮމާސް މިނިސްޓްރީން މިހާރުވެސް ވަނީ ޓްރާންސިޓް އޯޑަރ 2026 އަށް އަމަލު ކުރަމުން ގެންދިއުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަކަށް އަންގާފައެވެ.މިބަދަލާއެކު ޕާކިސްތާންގެ އެއްގަމު […]

ވާހަކަ ގިނަނުކޮށް އެބުނާ ބާރުގަދަ ލަޝްކަރުތައް އަވަހަށް ފޮނުވަން އީރާނުން ބުނެފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައަށް މަސްދުވަހަށްވުރެން ގިނަވެގެންދާއިރު ރައީސް ޓްރަމްޕްއަށް ވަގުތު ކުޑަވަމުންދާން ފަށައިފިއެވެ. ނަތީޖާއެއްގެ ގޮތުން ނުރައްކާތެރިކަމުންފުރިފައިވާ އަދި އެ ކަމުގައި އެތައް ބައެއްގެ ފުރާނަ ގެއްލި ތަކެއްޗާއި މާލީގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ތަޖްރިބާކާރުން އިންޒާރު ދެމުން ދިއުމާއެކުވެސް އެއްގަމު މަގުން އަރައި އީރާނު ހިފުމަށް ރައީސް ޓްރަމްޕް ނިންމަވައިފިއެވެ. އަދި މިހާރު މެދުއިރުމަތީގައި ތިބި 7000 ސިފައިންގެތެރެއަށް އިތުރު 10000 ސިފައިން ފޮނުވަން ރައީސް ޓްރަމްޕް ނިންމަވާފައިވާކަމަށް […]

އީރާނުން ހަނގުރާމަކުރަނީ ދިރިދެމިތިބުމަށްޓަކައެވެ. އެކަމުގައި ފަހަތަށް ނުޖެހޭނެއެވެ.

އީރާނުގެ ޚަރްގް ޖަޒީރާގެ ތެޔޮ ވަޅުތަކަށް ލޯއަޅައިގެން ހުންނަވާ އެއްގަމު މަގުން އެ ޖަޒީރާއަށް އަރާގަތުމަށްޓަކައި އެމެރިކާގެ ރައީސް ގެންދަވަނީ ގަލްފް ސަރަހައްދަށް އެމެރިކާގެ ސިފައިން ޖަމާކުރަމުންނެވެ. އީރާނުގެ ސާފު ނުކުރާ ތެލުގެ ބޮޑު ހިއްސާއެއް އެކްސްޕޯރޓް ކުރެވެނީ ޚަރްގް ޖަޒީރާތެރެއިން ލާފައެވެ. އަދި އީރާނުން ޚޮރްމުޒް ކަނޑުއޮޅި ބަންދުކޮށްފައި ބާއްވާނަމަ އެމެރިކާގެ ހޫނު ހަމަލާތަކެއްގެ ވާރޭ އީރާނުގެ މައްޗަށް ވެހިގަންނަން ފަށާނެކަމަށް ވެސް ރައީސް ޓްރަމްޕް ވަނީ އިންޒާރު ދީފައެވެ. ޚަރްގް ޖަޒީރާއަކީ އީރާނުގެ އިގްތިސާދުގެ […]

އީރާނުން އެމެރިކާގެ 500 މިލިއަން ޑޮލަރުގެ ހަނގުރާމަމަތީ ލޭނާރު ބުރިކޮށްލައިފި

މިހާތަނަށް އެމެރިކާގެ މިލިޓްރީ ކޮމާންޑަރުން އެތައް ސަތޭކަ މޭލެއްގެ ދުރުން އެއްގަމާއި ޖައްވުތެރޭގައި ހިނގާ ހަރަކާތްތަކަށް ފާރަލުމަށް ބޭނުންކުރި އެގައުމުގެ މިލިޓްރީ ތާޖުގެ ޖަވާހިރު އެހެން ގޮތަކަށް ބުނާނަމަ 500 މިލިއަން ޑޮލަރުގެ އަގުބޮޑު “ އުދުހޭ ހަނގުރާމައިގެ މައިދާން “ އީ-3 ސެންޓްރީ އެއާރކްރާފްޓް ސައޫދީ އެރޭބިއާގެ ޕްރިންސް ސުލްތާން އެއާރބޭސްގެ ރަންވޭގައި މިއަދު ފެންނަން އެ އޮތީ ފިޔަތައް އުފުރާލައި ބަނޑުފަޅާލާފައިއޮތް ބިޔަ ދޫންޏެއްގެ ސިފައިގައެވެ. ހަތަރު އިންޖީނު ލާފައިހުރި ޔޫ އެސް އެއާރފޯސްގެ […]

އިރާގުން އީރާނާ އެއްކޮޅަށް ތެދުވެ އެމެރިކާގެ ރައްޔިތުން އިރާގުން ފޭބުމަށް އަމުރުކޮށްފި

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގެ ހަގީގަތް ދެނެގަތުމަށްޓަކައި ބައިނަލްއަގްވާމީ މީޑިއާ ތަކުން ދައްކާ ވީޑިއޯތަކާއި ހާމަކުރާ މައުލޫމާތުގެ މައްޗަށް ބުރަވުމުގެ ކުރިން ވަކިފަރާތަކަށްނުޖެހޭ ތަޖްރިބާކާރު އެނަލިސްޓުން އެ ހަނގުރާމަ ހިނގަމުންދާ ގޮތާއި އަދި ކުރިމަގު ލަފާކުރެވޭގޮތާ ދޭތެރޭ ދެއްވަމުންގެންދަވާ ޚިޔާލުތައް އަޑުއަހާލުން ރަނގަޅުވާނެއެވެ. ސަންދާނުގެ ކިއުންތެރިންނަށް މި ގެނެސްދެނީ މި މައުޟޫއުގައި ފޯރަމް ރިޕޯރޓުގެ ބައެއް އުސްއަލިތަކެވެ.އިރާގާ ދެކޮޅަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން 2011 ވަނައަހަރު ކުރި ހަނގުރާމައިގާ އެގައުމު ސުންނާފަތިކޮށްލައި އެތައް މިލިއަން […]

މެދުއިރުމަތީގެ ހަނގުރާމައިގެ ބައެއް އުސްއަލިތަކާއެކު އެނަލިސްޓުންގެ އިންޒާރު

ހޮރްމުޒް ކަނޑުއޮޅިއަކީ ހަމައެކަނި ކަނޑުދަތުރުފަތުރަށް މުހިންމު ކަނޑުއޮޅިއެކޭ ބުނެފައި ހުއްޓައެއް ނުލެވޭނެއެވެ. އެއީ ދުނިޔޭގެ އިގްތިސާދު ދެމިއޮތުން އޭގެ މައްޗަށް ބުރަވެފާއޮތުން ލާޒިމްކުރުވާ ހަމައެކަނި ލޭނާރުކަމަށް ބުނެވިދާނެއެވެ. ކަނޑުދަތުރުފަތުރާ ގުޅުންނެތި އެއްވެސް ގައުމެއްގެ ރައްޔިތުންގެ އަތް އަނގަޔާ ހަމަޔަށް ނުފޯރާނެއެވެ. މިއީ ގަބޫލުކުރަން މަޖުބޫރު ހަގީގަތެއްކަމަށް މިއަދުގެ މީޑިއާތަކުން ކެނޑިނޭޅި ގޮވަމުން އެބަދާކަން ފާހަގަ ކުރެވެއެވެ.މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ކަންކޮޅުތަކަށް ބޭނުންވާ ތެލާއި ގޭހާއި އެހެނިހެން ބާވަތްތަކުގެ މުދާ ފޯރުކޮށްދިނުމަށްޓަކައި ސުޕަރ ޓޭންކަރު […]

ހަނގުރާމައިގެ ހަރަކާތެއް އިންޑިޔާ ކަނޑުން، ރާއްޖެއާވެސް ގާތުން

އިންޑިޔާ ކަނޑުން ދަތުރު ކޮށްފައިދިޔަ އީރާނުގެ ހަނގުރާމަ މަތީ މަނަވަރަކަށް އެމެރިކާގެ ސަބްމެރީންއަކުން ޓޮޕިޑޯއެއް ފޮނުވާލައިގެން މަނަވަރު ގޮއްވާލާ ފައްތާލައިފިއެވެ. މި ހާދިސާ ހިނގިއިރު އީރާނުގެ މަނަވަރު އޮތީ އިންޑިޔާ ކަނޑުގައި ސްރީލަންކާގެ ދެކުނުން ފަންސަވީހަކަށް މޭލު ބޭރުގައެވެ. އެއީ ރާއްޖެއާވެސް ވަރަށް ކައިރި ހިސާބެކެވެ.އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް ޕީޓް ހެގްސެތު ވިދާޅުވީ އެމެރިކާގެ ސަބްމެރީނަކުން އީރާނުގެ ހަނގުރާމަމަތީ މަނަވެއް އިންޑިޔާ ކަނޑުތެރެޔަށް ފައްތާލުމުގައި ކާމިޔާބީ ހާސިލް ކުރެވިފައިވާ ކަމުގައެވެ. އަދި ބޯޓު ކަނޑަށް ފެތިގެން […]

އީރާނާއެކު ޕާކިސްތާނުން ގުޅުން ބަދަހިކުރަންޖެހޭ

އީރާނުގެ ސުޕްރީމް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރި ބްރިގޭޑިއަރ ޖެނެރަލް ޑޮކްޓަރ އަލީ ލަރްޖާނީ ރަސްމީ ދަތުރުފުޅެއްގައި މިދިޔަ ހޯމަދުވަހުގެރޭ ޕާކިސްތާނަށް ވަޑައިގެންނެވި ޚަބަރު ޕާކިސްތާނުގެ މީޑިއާއިން ގެނެސްދީފިއެވެ. ޕާކިސްތާނާނުން އީރާނާއެކު ގުޅުން އިތުރަށް ބަދަހި ކުރަން ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ ފީލްޑް މާޝަލް ސައީދު އާސިމް މުނީރު ގޮވާލައވައިފިއެވެ. ސަރަހައްދުގައި ފެތުރެމުންދާ ޓެރަރިސްޓް ހަރަކާތްތައް ނިމުމަކަށްގެނެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އީރާނާއެކު އިތުރަށް ގުޅުން ބަދަހި ކުރަންޖެހޭ ކަމަށް ރާވަލްޕިންޑީގައި ހުންނަ ޖެނެރަލް ހެޑްކުއާރޓަރގައި އީރާނުގެ ސެކްރެޓަރީ […]

އީރާނަށް ދިންކަމަށްބުނާ ގެއްލުންތައް ދޮގުކަން ހާމަކުރި އިސް ޖެނެރަލް ގެއަށް

މަޝްހޫރު 12 ދުވަހުގެ ހަނގުރާމައިގާ އެމެރިކާއިން އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ދިން ހަމަލާތަކުން އީރާނަށް ލިބިދީފައިވާ ކަމަށް އެމެރިކާއިން ބުނާ ގެއްލުންތަކުގެ ހަގީގަތް ހޯދައި ބަލައި ހާމަކުރުމުން ރައީސް ޓްރަމްޕް ކޯފާ އިސްކުރައްވައި އެ ދިރާސާތަކާއި ތަހްގީގުތައްކުރި އޭޖެންސީގެ ވެރިޔާ އެމެރިކާ ސިފައިންގެ އެންމެ އިސް ޖެނެރަލުންގެ ތެރޭގައި ހިމެނޭ ލެފްޓިނެންޓް ޖެނެރަލް ޖެފްރީ ކުރޫސް ވަޒީފާއިން ވަކިކޮށް ގެއަށް ފޮނުވާލައިފިއެވެ. ހުކުރުދުވަހު ވަޒީފާއިން ވަކިކުރި ޖެނެރަލް އާ ބެހޭގޮތުން ދިފާއީ ވަޒީރު ހެގްސެތު ވިދާޅުވެފައިވަނީ އެމެރިކާގެ […]