އޮންލައިން ވިއުގަތަކުގައި އިޒްރޭލަށް ފުރައްސާރަކުރާ މީހުން ދެނެގަނެ ސައުދީ ސަރުކާރުން ހައްޔަރުކުރަން ފަށައިފި

ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް އިޒްރޭލުން ކުރަމުން ގެންދާ ހަނގުރާމައިގައި މީސްމީޑިއާގައި އިޒްރޭލާއި ދެކޮޅަށް ވާހަކަދައްކާ ފަރާތްތައް ސައުދީ އަރަބިއާއިން ހައްޔަރުކުރަން ފަށާފައިވާއިރު، ފަލަސްތީނަކީ ވަކި ސްޓޭޓެއްކަމަށް ނިންމައިފިނަމަ ޔަހޫދީ އިޒްރޭލާއެކު ޑިޕްލޮމެޓިކް ގުޅުން ބާއްވަން ތައްޔާރަށް އޮތްކަން ސައުދީ ސަރުކާރުން ވަނީ ހަމަކޮށްފައެވެ. މިގޮތުން، މީގެ 10 އަހަރު ދުވަސްކުރިން މީސްމީޑިއާގައި ކޮށްފައިހުރި ކޮމެންޓުތަކާއި ގުޅިގެންވެސް ސައުދީ ސަރުކާރުން މީހުން ހައްޔަރުކޮށްފައިވާއިރު، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ގެއްލުވާލުމަކީ ސައުދީ އަރަބިއާގެ ސަގާފަތެކެވެ. އެހެންނަމަވެސް، ރިޔާދުގައި ތިބި ޑިޕްލޮމެޓުންނާއި، […]

އިރާންގެ ޑްރޯން ޕްރޮގްރާމަށް ފަންޑުކުރާ މައްސަލަ ބެލުމަށް އެމެރިކާ އޮފިޝަލުން މެލޭޝިއާއަށް!

އިރާނަށާއި އިރާނުގެ “ޕްރޮކްސީ ޖަމާއަތްތަކަށް” ޑްރޯން އުފެއްދުމަށްޓަކައި ފަންޑުކުރާ މައްސަލަ ބަލައި އެކަން ހުއްޓުވުމަށްޓަކައި އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓްގެ އޮފިޝަލުން މި ހަފްތާގެ ތެރޭގައި މެލޭޝިއާއަށް ދާނެކަމަށް ރޮއިޓަރސް އިން ރިޕޯޓުކޮށްފިއެވެ. މިގޮތުން، ޓްރެޝަރީގެ އަންޑަރ ސެކްރެޓަރީ ފޮރ ޓެރަރިޒަމް އެންޑް ފައިނޭންޝަލް އިންޓެލިޖެންސް، ބްރަޔަން ނެލްސަންއާއި، ޖެނެރަލް ކައުންސެލް، ނީލް މެކްބްރައިޑް ދަތުރުކުރާއިރު، ސިންގަޕޫރުގައިވެސް މި އޮފިޝަލުންގެ ބައްދަލުވުންތަލެއް ވަނީ ތާވަލުކުރެވިފައެވެ. ނަންހާމަނުކުރާ މަސްދަރަކާއި ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ މެލޭޝިއާގެ މާލީ ވްސީލަތްތައް މެދުވެެރިކޮށް އިރާނާއި، […]

ފްރާންސުން ޔޫކްރޭނު ހަނގުރާމައިގައި ބައިވެރިވުމުގެ ވާހަކަތަކަށް އިޓަލީއިން ރައްދުދީފި

ޔޫކްރޭނާއި ރަޝިއާއާއި ދެމެދު ހިނގާ ހަނގުރާމައިގައި ފްރާންސުން ޔޫކްރޭނަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރުކަމަށް ބުނުމާއި ގުޅިގެން އިޓަލީގެ ދިފާޢީ ވަޒީރު ގީޑޯ ކްރޮސެޓޯ ފްރާންސްގެ ބޮޑުވަޒީރު މެކްރޮންއަށް ރައްދުދީފިއެވެ. ކްރޮސެޓޯ ބުނެފައިވަނީ، އަސްކަރީ އެހީތެރިކަން ފޯރުކޮށްދީ ހަނގުރާމައިގައި ބައިވެރިވުމަށް ސިފައިން ފޮނުވުމަކީ އޭގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވުމުގެ ފުރުސަތު އިތުރުވެގެންދާނެ ކަމެއްކަމަށާއި، ޔޫކްރޭނަށް އޭގެ ސަބަބުން ވާނެ ފައިދާއެއް ނޯންނާނެކަމަށެވެ. މިގޮތުން، ކޮރޮސެޓޯ އިތުރަށް ބުނީ، ޔޫކްރޭނު ރަޝިއާ ހަނގުރާމައިގައި އިޓަލީއިން ބައިވެރިނުވާނެ ކަމަށެވެ. […]

މާލޭ ގެއެއް ބަލައި ފާސްކޮށް 4 ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

މާލޭ ގެއެއް ބަލައި ފާސްކޮށް 4 ކިލޯގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މާލޭ ގެއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ 36 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.  މި މަހުގެ 2 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނުގައި […]

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާއަށް 3 އަހަރު: އިންސާފު ގާއިމުކުރުމަށް އެމަނިކުފާނުގެ ޕާޓީން ގޮވާލައިފި

ކުރީގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާއަށް 3 އަހަރު ފުރިފައިވާއިރު އަދިވެސް އިންސާފު ގާއިމުކުރެވިފައިނުވާތީ އެމަނިކުފާނުގެ ޕާޓީ ދަ ޑިމޮކްރެޓްސްއިން އެކަން ކުށްވެރިކޮށްފިއެވެ. ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތުއެވެ. ޑިމޮކްރެޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ މިއަދަކީ ރައީސް ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް […]

ފައިނޭންޝަލް އޮތޯރިޓީގެ ޗެއާޕާސަން ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ޖިނާއީ ބޮޑު މައްސަލައެއް

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމަށް މި ސަރުކާރުން އައްޔަނު ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ޖިނާއީ ބޮޑު މައްސަލައެއް ކޯޓުގައި އެބަ އޮތެވެ.  ޖިހާދު އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.  ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އޮފީހުން ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި […]

އެމެރިކާއާއި ސަޢޫދީގެ ކޮންމެ މަޝްވަރާއެއްގައި އިސްރާއީލު ބައިވެރިކުރާކަށް ނުޖެހޭ

މެދުއިރުމަތީގެ މަސްލަޙަތު ފުޅާދާއިރާއެއްގައި އެޑްރެސް ކުރެވޭގޮތަށް އޭގައި ފަލަސްތީނާއި އަދި އިސްރާއީލުވެސް ހިމެނޭ ގޮތުގައި އެމެރިކާއާއި ސަޢޫދީ އެރޭބިޔާ ގުޅިގެން ސަޢޫދީ ޕްލޭން ބީ ގެ ނަމުގައި އެއްބަސްވުމެއްގެ ދެލި ކޮޕީއެއް އެކުލަވާލައިފި ކަން ދެފަރާތުންވެސް ހާމަކޮށްފިއެވެ. އެހެންނަމަވެސް ފަހުގެ ރިޕޯޓްތަކުން ބުނާގޮތުގައި ގައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމަށާއި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް އިސްރާއީލުގެ ސަރުކާރުންނާއި އަދި ބޮޑުވަޒީރު ނަތަންޔާހޫ ގަދައަށް ދެކޮޅުހަދަމުން ގެންދާތީ އެ ދެލިކޮޕީއާއި ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުގައި އިސްރާއީލުން ބައިވެރިކުރުވާކަށް ސަޢޫދީ އެރޭބިޔާ ބޭނުމެއް ނުވެއެވެ.         އެމެރިކާއާއި […]

ޔޫކްރެއިންގެ ހަނގުރާމައިގާ ޝައިތާނީ ރެޖީމްތައް ކަކޫމައްޗަށް ތިރިކުރުވާނަން: ޔޫރަޕް

ނޭޓޯގެ ބައިވެރިންގެ މަދަދާއި އެހީތެރިކަން ޔޫކްރެއިނަށް އޮހެމުންދާއިރު އުތުރު ކޮރެޔާގެ މިސައިލްތަކާއި އީރާނުގެ ޑްރޯންތަކާއި އަދި ޗައިނާގެ ޓެކްނިކަލް އެހީތެރިކަން ރަޝިޔާއަށް ނުލިބޭނަމަ ޔޫކްރެއިނާއިއެކު ރަޝިޔާއަށް ހަނގުރާމަ ނުކުރެވޭނެއެވެ. ޔޫކްރެއިންގެ ޚާރކީވްއަށް ރަޝިޔާއިން ދީފައިވާ ޙަމަލާތަކުގައި ގޮއްވާލާފައިވާ މިސައިލްތަކުގެ ބައިތަކަކީ އުތުރު ކޮރެއާގެ ވާސޯންގް-11 މަރުކައިގެ ބެލިސްޓިކް މިސައިލްގެ ބައިތަކެއްކަން ޔުނައިޓެޑް ނޭޝަންސްގެ އިންސްޕެކްޓަރުން ވަނީ ކަށަވަރުކޮށްދީފައެވެ. އިންސްޕެކްޓަރުން ބުނެފައިވަނީ އުތުރު ކޮރެއާގެ ބެލިސްޓިކް އަދި ނިއުކްލިއަރ ޕްރޮގްރާމުގެ ސަބަބުން އ ދ ގެ އެތައް ސެންކްޝަންތަކެއް 2006 ވަނަ އަހަރުން ފެށިގެން އެގައުމާ […]

ނަމުގައި ރައްޔިތުންގެ މަޖިލިސް -2

https://sandhaanu.today/39160/ އާއި ގުޅޭ… މިހާ ހިސާބުން ރައްޔިތުންގެ ފައިދާއަށްޓަކައި ހަދާފައި ހުރި ބައެއް ގާނޫނުތައް ތަންފީޒު ކުރެވެމުންދާ ގޮތުގެ މައްޗަށްބަލާލުންވެސް ބޭނުމެވެ. އެންމެ ފުރަތަމަ ދިވެހިރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އަމާޒުކޮށްފައިވާ ބައެއް ގާނޫނުތަކަށް އަވަސް ކަޅިއެއް ހިންގާލަމާ ހެއްޔެވެ.                       ރާއްޖޭގެ ރަންބިސް އަޅާކުކުޅު ޓްއަރިޒަމް ވިޔަފާރި ހިންގަމުން ގެންދާތާ ފަންސާސް އަހަރަށް ވުރެން ގިނަ ވެއްޖެއެވެ. މުޅި މާރކެޓްގައި ތިބި ބޮޑު މުސާރަ ލިބޭ ހުރިހާ މީހުންނަކީ […]

ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަަމަށާއި އުދައިގެ އަސަރު ކުރާނެކަމަށް މެޓް އޮފީހުން ލަފާކޮށްފި

ރާއްޖޭގެ ބައެއް ރަށްތަކަށް މިރޭ ބޯކޮށް ވާރޭވެހޭނެ ކަަމަށާއި އުދައިގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ. މިރޭގެ މޫސުން ލަފާކުރާ ގޮތުގެ މައުލޫމާތު ހާމަކުރަމުން މެޓް އޮފީހުން ބުނީ ދެކުނާއި މެދުރާއްޖެތެރޭގެ އެކި ހިސާބަށް ވިއްސާރަކޮށް ބައެެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް ވެސް […]