އިރާންގެ ޑްރޯން ޕްރޮގްރާމަށް ފަންޑުކުރާ މައްސަލަ ބެލުމަށް އެމެރިކާ އޮފިޝަލުން މެލޭޝިއާއަށް!

Loading

Facebook
Twitter
WhatsApp

އިރާނަށާއި އިރާނުގެ “ޕްރޮކްސީ ޖަމާއަތްތަކަށް” ޑްރޯން އުފެއްދުމަށްޓަކައި ފަންޑުކުރާ މައްސަލަ ބަލައި އެކަން ހުއްޓުވުމަށްޓަކައި އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓްގެ އޮފިޝަލުން މި ހަފްތާގެ ތެރޭގައި މެލޭޝިއާއަށް ދާނެކަމަށް ރޮއިޓަރސް އިން ރިޕޯޓުކޮށްފިއެވެ.

މިގޮތުން، ޓްރެޝަރީގެ އަންޑަރ ސެކްރެޓަރީ ފޮރ ޓެރަރިޒަމް އެންޑް ފައިނޭންޝަލް އިންޓެލިޖެންސް، ބްރަޔަން ނެލްސަންއާއި، ޖެނެރަލް ކައުންސެލް، ނީލް މެކްބްރައިޑް ދަތުރުކުރާއިރު، ސިންގަޕޫރުގައިވެސް މި އޮފިޝަލުންގެ ބައްދަލުވުންތަލެއް ވަނީ ތާވަލުކުރެވިފައެވެ.

ނަންހާމަނުކުރާ މަސްދަރަކާއި ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ މެލޭޝިއާގެ މާލީ ވްސީލަތްތައް މެދުވެެރިކޮށް އިރާނާއި، ހަމާސް ހިމެނޭގޮތަށް އިރާނުގެ ބައިވެރިންނަށް ފައިސާ ފޮނުވާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރެޗިފައިވާ ކަމަށެވެ.

މެލޭޝިއަކީ ފެށުނީއްސުރެ ހަމާސްއަޡް ތާއީދުކުރާ ގައުމެކެވެ. އެއީ މުސްލިމް ގައުމުތަކުގެ ތެރެއިން ޑިޕްލޮމެޓިކް މިންގަނޑެއްގައި ހަމާސް ބަލައިގަންނަ މަދު ގައުމުތަކުގެ ތެރެއިން އެއް ގައުމުކަމަށްވާއިރު، މެލޭޝިއާއާއި، ތުރުކީއާއި، ޤަތަރާއި، އިރާނުގައި ހަމާސްގެ ސިޔާސީ ވެރީން މިނިވަންކަމާއެކު ހަރަކާތްތެރިވުމަށް އެގައުމުތަކުގެ ސަރުކާރުން ހުރަހެއް ނާޅައެވެ.

އެހެން މުސްލިމް ގައުމުތަކުން ފަލަސްތީނުގެ ދިފާއުގައި ފިޔަވަޅު އެޅުމަށް ނުވަތަ ބަހެއް ބުނުމަށް ޖެހިލުންވެއެވެ.

Loading

One Response

  1. ވެރިކަމުގެ ދަހިވެތިކަމުން އެމެރިކާގެ ފައިބުޑަށް ވެއްޓިފައި ވުމުން ހިޔާލު ފާޅުކުރަން ނުކެރިގެން އެއުޅެނީ

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް