ފައިނޭންޝަލް އޮތޯރިޓީގެ ޗެއާޕާސަން ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ޖިނާއީ ބޮޑު މައްސަލައެއް

Loading

Facebook
Twitter
WhatsApp

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަންގެ މަގާމަށް މި ސަރުކާރުން އައްޔަނު ކުރެއްވި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ޖިނާއީ ބޮޑު މައްސަލައެއް ކޯޓުގައި އެބަ އޮތެވެ. 

ޖިހާދު އެ މަޤާމަށް އައްޔަނު ކުރައްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. 

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އޮފީހުން ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވީ ޖޮއިން ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކުއެވެ. 

އެގޮތުން މި މައްސަލައިގައި ދައުލަތުން ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އެވެ. އެ މައްސަލަ އަދިވެސް ކޯޓުގައި އެބަކުރިއަށް ގެންދެއެވެ. 

ޖިހާދު ސަރުކާރު ހިންގާ ޕީޕީއެމްއާ ގުޅިވަޑައިގަތީ  ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައި އޮއްވައެވެ.

ޖިހާދުގެ މައްޗަށް ކޮރަޕްޝަންގެ ޖިނާއީ ބޮޑު މައްސަލައެއް މިހާރުވެސް ކޯޓުގައި ކުރިއަށް ދާއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި-3 ފްލެޓު ހުސް ނުކުރި މައްސަލައިގައި ދައުލަތުން ސިވިލް ކޯޓުގައި އޭނާގެ މައްޗަށް އުފުލި ދައުވާ އަނބުރާ ގެންގޮސްފައި ވަނީ ވެސް މި ސަރުކާރުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް