ޔޫކުރެއިންގެ ދާޚިލީވަޒީރާއި އިތުރު 16 މީހުން ހެލިކޮޕްޓަ ކްރޭޝްގައި މަރުވެއްޖެ
މީޑިއާތަކުގެ ފަލަޝުރުޚީތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ޔޫކްރެއިންގެ ދާޚިލީ ވަޒީރު ދަތުރުފުޅު ކުރައްވަމުން ދިޔަ ހެލިކޮޕްޓަރެއް ޔޫކްރެއިން ވެރިކަން ކުރާރަށް ކީވްގެ ރަށްބޭރު ސަރަޙއްދަކަށް ވެއްޓި އެއިން ދަތުރުކެއްވި މިނިސްޓަރާއި އެކު 16 މީހުން މަރުވެއްޖެއެވެ. އޭގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ. މި ހެލިކޮޕްޓަރ ވެއްޓުމަކީ ދިމާވި ޙާދިސާއެއްކަން ނުވަތަ ރަޝިޔާއާއި އެކު ހިނގަމުންދާ ދެކޮޅުވެރިކަމާއި ގުޅުންހުރިކަމެއްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ހެލިކޮޕްޓަރ ވެއްޓުނު ސަރަޙައްދުގައި ހަނގުރާމައިގެ އެއްވެސް ޙަރަކާތެއް ހިނގާކަމަކަށް ނުވެއެވެ. ޔޫކްރެއިންގެ ނޭޝަނަލް ޕޮލިސްގެ ވެރިޔާ ވިދާޅުވަނީ މި ޙާދިސާގައި ދާޚިލީ ވަޒީރާއި […]
އިންޑިއާއިން ރާއްޖޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަން ސޮއިކޮށްފި
އިންޑިއާގެ ހިލޭ އެހީގެ ދަށުން ރާއްޖޭގައި އިތުރު މަޝްރޫޢުތަކެއް ހިންގަން މިއަދު އެއްބަސްވުންތަކުގައި ސޮއިކުރައްވައިފިއެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެެރެއިން ނ.މަނަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތިން އެެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. ރާއްޖެއާއި އިންޑިއާ ދެމެދު ސޮއިކުރި ތިން އެއްބަސްވުން: 01 – އިންޑިއާގެ ހިލޭ އެހީގެ ދަށުން މުޖުތަމަޢުއަށް ފައިދާހުރި މަޝްރޫޢުތައް ކުރިއަށްގެންދާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ފެށުން : މި އެއްބަސްވުމުގައި […]
ދެކުނު އެފްރިކާއިން ރަޝިޔާއާއި ޗައިނާއާއިއެކު އަސްކަރީ ތަމްރީނު
ދެކުނު އެފްރިކާއިން ހަނދުބަލާމަހުގެ ތެރޭގައި ރަޝިޔާއާއި ޗައިނާއާއިއެކު އެ ގައުމުގެ އިރުމަތީ ކަނޑުގެ ސަރަޙައްދުގައި އަސްކަރީ ތަމްރީނުތަކެއް ހިންގަން ނިންމައިފިއެވެ. މިއީ ދެކުނު އެފްރިކާއާއެކު ބައިނަލް އަގްވާމީ ބޮޑެތި ވިޔަފާރިތައް ކުރަމުން ގެންދާ ބައެއް ގައުމުތަކުން ބަލަން ބޭނުންވާނެ މަންޒަރެއް ނޫނެވެ. ދެކުނު އެފްރިކާގެ އެންމެބޮޑު އިދިކޮޅު ސިޔާސީ ޕާރޓީންވެސް ވަނީ މި އަސްކަރީ ތަމްރީނުތައް ބޭއްވުމުގެ ހިކުމަތަކީ ކޮބައިތޯ ސުވާލު އުފައްދާފައެވެ. އެ ޕާރޓީން ދެކޭގޮތުގައި މިކަމުން ދޭހަކޮށްދެނީ ދެކުނު އެފްރިކާއިން ގެންގުޅޭ ވަކިފަރާތަކަށް ނުޖެހުމުގެ ސިޔާސަތު ބަދަލު ވަމުންދާ ކަމުގައެވެ.އިދިކޮޅު ޑިމޮކްރެޓިކް އެލަޔަންސުގެ […]
ރައީސް ޔާމީނާމެދު ސަރުކާރުން އަމަލުކުރަމުންދާ ގޮތުން އިދިކޮޅުގެ ވަފުދެއް އީޔޫ ސަފީރުންގެ އަރިހަށް
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން އަމަލު ކުރައްވަމުން ގެންދަވާކަމަށް ބުނެ އެ ކަންބޮޑުވުންތައް ޔޫރަޕްގެ ޤައުމުތަކުގެ ސަފީރުންނަށް ހުށަހަޅުއްވައިފިއެވެ. އިދިކޮޅު ކޯލިޝަންގެ ވަފުދު ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ތިއްބަވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ޤައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވާފައިވަނީ އިއްޔެގައެވެ. އިދިކޮޅުގެ ވަފުދުގައި ހިމެނިވަޑައިގަންވަނީ: ރައީސް ޔާމީންގެ ވަކީލު ޑރ.މުޙައްމަދު ޖަމީލު. ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު. […]
ޕާކިސްތާނު ޕަންޖާބު ޕްރޮވިންސުގެ އެސެމްބްލީ އުވާލައިފި
ހަލަބޮލިވަމުންދާ ޕާކިސްތާނުގެ ސިޔާސީ މަސްރަހުން ޕަންޖާބު ޕްރޮވިންސުގެ އެސެމްބްލީ އުވާލައިފިއެވެ. ޕަންޖާބު ޕްރޮވިންސުގެ ޗީފް މިނިސްޓަރަކީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސަތަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އާންމު އިންތިޚާބު އަވަސްކުރަން ގޮވާލައި ހޮނިހިރު ދުވަހުގެ ރޭ ޗީފްމިނިސްޓަރ ޗައުދަރީ ޕަރްވޭޒް އިލާހީ ފާސްކުރެއްވި މަޝްވަރާއަށް ޖަވާބު ދެއްވުމަށްޓަކައި ގަވަރްނަރ ބާލިޣުއްރަޙްމާނަށް 48 ގަޑިއިރުގެ މުޙުލަތެއް ދެއްވިއެވެ. އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓުގައި ވިދާޅުވެފައިވަނީ އެކަމުގައި ބައިވެރިވެވަޑައި ނުގަންނަވާނެ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު އަސާސީ ބުނާގޮތުން ވަކިކަމަކާއި ގުޅޭގޮތުން ޗީފް މިނިސްޓަރުގެ މަޝްވަރާއަކަށް […]
ދުންޔާ ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ބައެއްކަމަށް ޝާހިދު އެއްބަސްވެވަޑައިގެންފި ކަމަށް
ދިވެހިރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު އެއްބަސްވެވަޑައިގެންފި ކަމަށް ކުރީގެ ޚާރިޖީ ވަޒީރު އަދި އެމްއެންޕީގެ ނައިބު ރައީސް ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވީ ރާއްޖެއަކީ އިންޑިއާގެ ބައެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސަޢުދުﷲ އަޙްމަދު ވިދާޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. ދުންޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ އެހެން ޤައުއުމެއްގެ ބައެއް ކަމަށް މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވިއިރު, އެއީ ސަރުކާރުގެ ވިސްނުން ނޫން ކަމަކަށް ޚާރިޖީ […]
މިވަގުތު ރާއްޖޭގައި ގައުމީ އެއްބައިވަންތަ ސަރުކާރެއް އުފެދުން މުހިންމީ
ވަގުތާއި ޙާލަތަށް ބަލައި ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށްވުރެ މިވަގުތު ރައްޔިތުންނަށާއި ގައުމަށް ފައިދާ ބޮޑީ ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާލުން ކަމުގައި ދެކޭ މީހުން ވަރަށް ގިނައެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ގައުމީ އެއްބައި ވަންތަކަމުގެ ސަރުކާރެއް އުފެއްދުމަށްޓަކާ ފެންނަ ނުފެންނަ ވޯޓަކަށްގޮސް ފައިސާ ޕްރިންޓްކޮށްގެން ރައްޔަތުންނަށް ފޫނުބެއްދޭވަރުގެ ބޮޑު ޚަރަދެއް ކުރާކަށް ނުޖެހެއެވެ. ރައްޔަތުން އަތާއި އަނގަޔާއި ދިމާނުވެ މިތިބި ދަނޑިވަޅުގައި އެފަދަ ޚަރަދެއް ރައްޔަތުންގެ ޖީބުން ކުރުމަކީ ހެޔޮވާވަރުގެ ކަމެއްވެސް ނޫންތާއެވެ. ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް އެކުލަވާ ލުމަށްޓަކާ ގާނޫނީ އެއްވެސް ހުރަހެއް […]
ރައީސް ޔާމީންގެ ކެމްޕޭނު ރަސްމީކޮށް ފަށަން އަންނަ މަހު މަހާސިންތާއެއް ބާއްވަނީ
އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމަވާފައިވާ ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު ޔާމީން ޢަބްދުލްޤައްޔޫމުގެ ރިޔާސީ ކެމްޕޭން ހަރަކާތްތައް ފެށުމަށް ބާއްވާ މަހާސިންތާ އަންނަ މަހު ފަށަން ހަމަޖައްސައިފިއެވެ. ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ރައީސް ޔާމީން މިހާރު ގެންދަވަނީ 11 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ރައީސް ޔާމީންގެ ވަކީލުން މިހާރު ގެންދަވަނީ އެ ޙުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. އެއީ މަތީ މަރުހަލާގެ ކޯޓަކުން ދަށު ކޯޓުގެ […]
ރައީސް ނަޝީދު ޕީޕީއެމްއަކަށް ހެވެއްނޭދޭނެ, އެ އުޅުއްވަނީ އަމިއްލަ އެދުމެއް އޮތީމަ: އަދުރޭ
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމަކީ ތަންދޮރު ދެނެވަޑައިގަންނަވާ ބޭފުޅެއްކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަ ދައްކަވަނީ އަމިއްލަ އެދުމެއް އޮތުމުން ކަމަށް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް (އަދުރޭ) ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގެތެރެއިން ނަޝީދު އިއްޔެ ބޭއްވެވ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ރައީސް ޔާމީނަކީ ވަރަށް އިންޓަލެކްޗުއަލް, ވަރަށް އެކަޑަމިކް ބޭފުޅެއް ކަމަށް ވިދާޅުވެފައެވެ. ރައީސް ޔާމީނަކީ ތަންދޮރު ދެނެވަޑައިގަންނަވާ […]
އެވެރިން ގެންގުޅުއްވާ “ފޯމިއުލާ“ ވަރަށް ސާފު
“ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިޚާބު ކާމިޔާބުކޮށްފިން. ރިޔާސީ އެއް އިންތިޚާބު ކާމިޔާބުކޮށްފިން. އިންތިޚާބު ކާމިޔާބު ކުރާ ފޯމިއުލާ, ރައްޔިތުންގެ ވޯޓު ހޯދާނެ ގޮތް އަޅުގަނޑަށް ވަރަށް ސާފު.“ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން އެމްޑީޕީގެ މައި ހަރުގޭގައި މި މަހުގެ ހަތަރުވަނަ ދުވަހުގެރޭ “ކުރިއަށް އިބޫ2023“ ނަމުގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ. މި މަހުގެ 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ […]