ޔޫކުރެއިންގެ ދާޚިލީވަޒީރާއި އިތުރު 16 މީހުން ހެލިކޮޕްޓަ ކްރޭޝްގައި މަރުވެއްޖެ

Loading

Facebook
Twitter
WhatsApp


މީޑިއާތަކުގެ ފަލަޝުރުޚީތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަދުގެ ވަގުތެއްގައި ޔޫކްރެއިންގެ ދާޚިލީ ވަޒީރު ދަތުރުފުޅު ކުރައްވަމުން ދިޔަ ހެލިކޮޕްޓަރެއް ޔޫކްރެއިން ވެރިކަން ކުރާރަށް ކީވްގެ ރަށްބޭރު ސަރަޙއްދަކަށް ވެއްޓި އެއިން ދަތުރުކެއްވި މިނިސްޓަރާއި އެކު 16 މީހުން މަރުވެއްޖެއެވެ. 

އޭގެ ތެރޭގައި 3 ކުޑަކުދިންވެސް ހިމެނެއެވެ. މި ހެލިކޮޕްޓަރ ވެއްޓުމަކީ ދިމާވި ޙާދިސާއެއްކަން ނުވަތަ ރަޝިޔާއާއި އެކު ހިނގަމުންދާ ދެކޮޅުވެރިކަމާއި ގުޅުންހުރިކަމެއްކަން މިހާތަނަށް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ހެލިކޮޕްޓަރ ވެއްޓުނު ސަރަޙައްދުގައި ހަނގުރާމައިގެ އެއްވެސް ޙަރަކާތެއް ހިނގާކަމަކަށް ނުވެއެވެ. ޔޫކްރެއިންގެ ނޭޝަނަލް ޕޮލިސްގެ ވެރިޔާ ވިދާޅުވަނީ މި ޙާދިސާގައި ދާޚިލީ ވަޒީރާއި އެމަނިކުފާނުގެ ނައިބު އަދި އެވުޒާރާގެ ސްޓޭޓް ސެކްރެޓަރީ ވަނީ މަރުވެފައެވެ. އަދި ޔޫކްރެއިންގެ އިމަރޖެންސީ ސަރވިސަސް އަށް ނިސްބަތްކުރެވޭ 9 ބޭފުޅަކުވެސް ހިމެނެއެވެ.                               

ދާޚިލީ ވަޒީރު ޑެނީސް މޮނާސްޓީސްކުވީ އަކީ ޔޫކްރެއިންގެ ފުލުހުންނާއި އަދި ކުއްލި ނުރައްކަލުގެ ޙާލަތުގައި ސަރުކާރުގެ ފަރާތުން ހުންނަވާ އެންމެ އިސް ބޭފުޅާއެވެ. އަދި އެބޭފުޅާއަކީ ރަޝިޔާއާއިއެކު މިހާރު ކުރެވެމުންދާ ހަނގުރާމަ ފެށުނީއްސުރެން ޔޫކްރެއިން އަވަހާރަވި އެންމެ އިސް އޮފިޝަލް ކަމުގައިވެއެވެ.                    

ކީވްގެ ސަރަޙައްދީ ގަވަރނަރ ވިދާޅުވެފައިވަނީ ހެލިކޮޕްޓަރ ވެއްޓުނީ ކީވްގެ ރަށްބޭރުގައި އޮންނަ ބްރޯވަރީގެ ކުޑަކުދިންގެ ސްކޫލެއްގެ ކައިރިއަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ މިހާދިސާގައި 15 ކުޑަކުދިންނާއެކު ޖުމުލަ 29 މީހުން ވަނީ ޒަޚަމް ވެފައިވާކަމަށެވެ.                                        

ސްވިޒަރލޭންޑުގެ ޑެވޯސްގައި ބައިވެރިވެ ވަޑައިގަންނަވާ ޔޫކްރެއިންގެ ފަސްޓްލޭޑީ ކީރިތި ކުރައްވަމުން ވިދާޅުވީ މިއަދަކީ ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އެއް ހިތާމައަށް ލުޔެއް ނުލިބެނީސް އަނެއް ހިތާމައާއި ކުރިމަތިލާން ޖެހުނީއެވެ. އެ ޖަލްސާގެ ރިޔާސަތުން ވަނީ ޔޫކްރެއިންގެ އޮފިޝަލުންނަށް ޓަކައި 15 ސިކުންތުގެ ސުކޫތެއް ޢީއުލާން ކުރައްވާފައެވެ.                                                          

ޔޫކްރެއިން ރައީސް އޮފީހުގެ ޑެޕިއުޓީ ހެޑް ވިދާޅުވެފައިވަނީ ދެކުނު ޔޫކްރެއިންގައި އާންމުން ދިރިއުޅޭ އިމާރާތަކަށް ރަޝިޔާއިން ދިން މިސައިލް ޙަމަލާގައި 6 ކުޑަކުދިންނާއެކު 45 މީހުންމަރުވެގެންދިޔަ ހިތާމަ ނުފިލާ އުޅެނިކޮށް އަނެއް ހިތާމަ ކުރިމަތިވީއެވެ.                                                    

ޔޫކްރެއިންގެ ސެކިއުރިޓީ ބާރުތަކުން މިހާރު ގެންދަނީ މި ހާދިސާ ހިނގަން މެދުވެރި ސަބަބު ބަލަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް