ޕާކިސްތާނު ޕަންޖާބު ޕްރޮވިންސުގެ އެސެމްބްލީ އުވާލައިފި

Loading

Facebook
Twitter
WhatsApp


ހަލަބޮލިވަމުންދާ ޕާކިސްތާނުގެ ސިޔާސީ މަސްރަހުން ޕަންޖާބު ޕްރޮވިންސުގެ އެސެމްބްލީ އުވާލައިފިއެވެ. ޕަންޖާބު ޕްރޮވިންސުގެ ޗީފް މިނިސްޓަރަކީ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ސިޔާސަތަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. 

އާންމު އިންތިޚާބު އަވަސްކުރަން ގޮވާލައި ހޮނިހިރު ދުވަހުގެ ރޭ ޗީފްމިނިސްޓަރ ޗައުދަރީ ޕަރްވޭޒް އިލާހީ ފާސްކުރެއްވި މަޝްވަރާއަށް ޖަވާބު ދެއްވުމަށްޓަކައި ގަވަރްނަރ ބާލިޣުއްރަޙްމާނަށް 48 ގަޑިއިރުގެ މުޙުލަތެއް ދެއްވިއެވެ. 

އެމަނިކުފާނުގެ ޓްވިޓަރ އެކައުންޓުގައި ވިދާޅުވެފައިވަނީ އެކަމުގައި ބައިވެރިވެވަޑައި   ނުގަންނަވާނެ ކަމަށެވެ. ޕާކިސްތާނުގެ ގާނޫނު އަސާސީ ބުނާގޮތުން ވަކިކަމަކާއި ގުޅޭގޮތުން ޗީފް މިނިސްޓަރުގެ މަޝްވަރާއަކަށް ވަގުތު ކަނޑައަޅައި ގަވަރްނަރަށް ހުށައެޅުމުން އެ މުއްދަތުގެ ތެރޭގައި އިޖާބަ ނުދެއްވައިފިނަމަ ލެޖިސްލޭޗަރ އުވާލަން ޖެހޭނެއެވެ.

އެ ޕްރޮވިންސްގައި ތިން ދުވަހުގެތެރޭގައި ވަގުތީގޮތުން ޗީފްމިނިސްޓަރަކަށް ހަމަޖައްސަވާނެ ބޭފުޅަކާ ބެހޭގޮތުން މަޝްވަރާކުރަން ވަޑައިގަތުމަށް ޕަރްވޭޒް އިލާހީއަށާއި އިދިކޮޅު ލީޑަރ ހަމްޒާ ޝަރީފަށް ގަވަރްނަރ މިހާރުވަނީ ދަންނަވާފައެވެ.

ވަގުތީގޮތުން ހަމަޖައްސާނެ ޗީފް މިނިސްޓަރަކާއިމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ ޕާލަމެންޓަރީ ޕެނަލަކުން ބޭފުޅަކު ހަމަޖެއްސޭތޯ ބަލަން ޖެހޭނެއެވެ. މިއިން އެއްވެސް ގޮތަކަށް އެއްބަސް ނުވެވުނުނަމަ ވަގުތީގޮތުން ބޭފުޅަކު ހަމަޖެއްސުމުގެ އިޚްތިޔާރު އިލެކްޝަން ކޮމިޝަނަށް ލިބިގެންވެއެވެ.                                                         

އާންމު އިންތިޚާބު އަވަސްކުރުމަށް ބާރު އެޅުމުގެ ގޮތުން އިމްރާން ޚާނަށް ތާއީދުކުރާ ހުޅަނގު އުތުރުގެ ޚައިބަރ ޕަޚުތުންޚުވާޕްރޮވިންސުގެ އެސެމްބްލީވެސް އުވާލާނެކަމަށް އިމްރާން ޚާން ވަނީ އިންޒާރު ދެއްވާފައެވެ.          

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް